ރަހަފަތް: ޕުޑިން

Loading

Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:

6 ބިސް

ް1 ދަޅު ގެރިކިރު

1 ޖޯޑު ފެން

3 ސަމުސާ ހަކުރު

1 ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:އެންމެ ފުރަތަމަ ކޭކު ފިހާ ކަހަލަ ތަށްޓަކަށް ހަކުރުކޮޅު އަޅާފައި މަޑުގިނީގައި ކައްކާށެވެ. ދެން ހަކުރުކޮޅު ރަތްވީމާ، އުނދުން މަތިން ބާލާށެވެ. ދެން ޕުޑިން އަޅާ ތަށީގައި ހަކުރު ހާކާފައި ހިހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ، ހަކުރުކޮޅު ހުންނާނީ ރީތިކޮށް ހަރުވެފައެވެ. އެއަށްފަހު ބޮޑުތަށްޓަކަށް ބިހާއި ގެރިކިރާއި ފެނާއި އެސެންސް އަޅާފައި ގިރާލާށެވެ. މިއަށްފަހު ހަކުރު ތައްޔާރުކޮށްފައި ހުރި ތަށްޓަށް މި އެއްޗެހި އޮއްސާލާށެވެ. ދެން އަވަނަށް ލައިގެން ފިހެލާށެވެ. ނުވަތަ އާވިން ކައްކާށެވެ.

ބައިގަޑިއެއްހައި އިރު ވުމުން ޕުޑިން ހުންނާނީ ތައްޔާރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް