ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

Loading

September 12, 2024
sandhaanu news
Facebook
Twitter
WhatsApp
Maldives Dhivehi News

ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން ބުނީ މި މަހުގެ 05ވަނަ ދުވަހުގެ ރޭ 2:48 އެހައިކަންހާއިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ލ. އިސްދޫ / ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.ހަމަ އެހެންމެ މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އަސާސެއްނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް