ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ ނުވަތަ ބޯހަމަނުޖެހޭ މީހެއް ނޫން ކަމަށާ އެގޮތް ދައްކަމުން ދިޔަނަމަވެސް ގަބޫލު ނުކުރުމަށް އިދިކޮޅު ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރަނިންމޭޓް ޓިމް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.
ވަރަށް ގިނަބައެއްގެ ތާއީދު ލިބިފައިވާ ޓިމް ވޯލްޓްޒް ވިދާޅުވީ ޓްރަމްޕް
ރައީސްކަން ހޯއްދަވަން އުޅުއްވަނީވެސް ހަމައެކަނި އަމިއްލަ މުއްސަދިކަން އިތުރު ކުރެއްވުމަށް ކަމަށާ އެމެރިކާއަށް އެއްވެސް ހެޔޮކަމެއް ކޮށް ދިނުމުގެ ނިޔަތެއް ޓްރަމްޕް ގެ ކިބައިގައި ނެތް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލްވުން ތަކުގައިވެސް ނޫސްވެރިންނާ ދިމާލަށް ކަލޭ ވަރަށް ސްޓޫޕިޑް، ސުވާލު ކޮށް ނުނިމެނީސްވެސް ތިޔަކުރީ ވަރަށް ސްޓޫޕިޑް ސުވާލެއް، ތީ ފޭކް ނިއުސް ޗެނެލެއް، މިފަދަ އިބާރާތްތައް ޓްރަމްޕް އާންމުކޮން ބޭނުން ކުރައްވައެވެ.އަދި ހަމަ ނުޖެހޭ ގޮތްތަކެއް ގެންގުޅުއްވި ނަމަވެސް ޓްރަމްޕް ގެ ހަގީގީ އަމާޒަކީ ކޮންމެގޮތެއް ހަދައިގެން ނަމަވެސް ވެރިކަމަށް ވަޑައިގެން،އޭނާއާއި އޭނާގެ މުއްސަދި ރަހުމަތްތެރިންނަށް ފައިދާވާ ގޮތަށް، މުއްސަދިން އަތުން ނަގާ ޓެކްސް ވަރަށް ބޮޑަށް ކުޑަކުރުން ކަމަށް އިދިކޮޅު ޑިމޮކްރެޓިކް އޮފިޝަލުން ވިދާޅުވެއެވެ. މިހެން ހަދައިފި ނަމަ ގިނަ ބަޔަކަށް ވަރަށް ދަތިވާނެއެވެ. އެކަމާ ޓްރަމްޕް ގެފަރުވާލެއްނެތެވެ.އެހެނީ ޓްރަމްޕް ހިމެނޭ ގޮތުން، އެންމެ މުއްސަނދި 11 އިންސައްތަ އިތުރަށް މުއްސަދި ވެގެން ދާނެތީއެވެ.
ޓެކްސް ކުޑަކޮށްލުމުން ގައުމީ ރެވެނިއު ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ. ޓްރަމްޕް ވަނީ އޭނާގެ ވެރިކަމެއްގައި ގިނަބަޔަކަށް މެޑިކަލް އިންޝުއަރެންސް ކަނޑާލާނެ ކަމަށް ވިދާޅުވެފައެވެ. މިހެން ހަދަން ޖެހެނީ ޓެކްސް ކަޑާލުމުންނެވެ.
ރިޕަބްލިކަން ޕާޓީން ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވަމުން ދާއިރު ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވަނީ ކަމަލާ ހެރިސްއެވެ.

ޓްރަމްޕް ގެ ”އެކްޓިންގ ދަ ފޫލް“ ޕޮލިސީގެ ދަށުން ކަމަލާ އަށް ވެސް ހިތަށް އެރި އެއްޗެއް ވިދާޅުވަމުން ގެންދަވައެވެ. މޮޔައެއްކަމަށާ، މަގާމާ އެކަށީގެންނުވާކަމަށް ވިދާޅުވެ، ކަޅު ނަސްލުގެ ބޭފުޅަކަށް ވީތީ މަލާމާތް ކުރައްވައެވެ.އަދި ކަމަލާ ހެރިސް ހިނިފުޅު ވަޑުވާގޮތަށްވެސް މަލާމަތް ކުރައްވާ އެއީ މޮޔައެއްގެ ހިނިގަނޑު ކަމަށް ވަރަށް ގިނައިން ވިދާޅުވެއެވެ.
ކަމަލާ ހެރިސް އަށް ތާއީދު ކުރާފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ހުނުމަކީ އިންސާނުން ކުރާ/ކުރަންޖެހޭ ކަމަކަށްވާއިރު ޑޮނަލްޑް ޓްރަމްޕް ހިނިފުޅުވަޑުވާތަން ދުވަހަކުވެސް އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ.
މިހާރުވެސް ނާއިބް ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ހެރިސްވަނީ ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ ލޯ ސްކޫލް އިން މަތީ އޮނާސް ތަކާއެކު ފާސްވުމަށް ފަހު ޑިސްޓްރިކްޓް އެޓާނީ ކަމާ އެޓާނީޖެނެރަލް ކަމުގެ އިތުރުން ސެނެޓަރ ކަންވެސް ކުރައްވާފައެވެ.
އަނެއްކޮޅުން ލިޔެފަ އޮންނަ އެއްޗެއް ރަނގަޅަށް ކިޔާލަންވެސް ޓްރަމްޕަށް ނޭގޭ ކަމަށް އޭނަކައިރީ މަސައްކަތް ކުރި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ކަމުން މަގާމަށް ކުފޫ ބޮޑަށް ހަމަވަނީ ކާކުތޯ ޑިމޮކްރެޓުން ސުވާލު ކުރެއެވެ.
ކަމަލާގެ އެއްވުންތަކަށް ދާމީހުން މާގިނައެވެ.މިކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވަނީ ފޮޓޯތަކާ ވީޑިއޯ ތަކަކީ ”އޭއައި“ ކޮށްފައިވާ ތަކެތި ކަމުގައެވެ.