ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަން ހޯދަން އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް އޭނާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ.

 މިކަމާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އަޙްމަދު ޝަފްރާޒް، ޏ. ފުވައްމުލައް /  މިސްކިތްމަގު. ކެމީ، 37އ އެވެ.

އޭނާގެ ވަނަވަރާއި ފޮޓޯއާންމުކޮށް ފުލުހުން މިއަދު ބުނީ ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ފުވައްމުލައް ސިޓީ ޕޮލިހަށް  2024 އޮގަސްޓް 25 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް ޝަފްރާޒްއަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް