އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހޮސްޕިޓަލުގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ އަކީ އައިޖީއެމްއެޗުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ހަމައެހެންމެ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީވެ މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
2 Responses
ނެތެއްނު ދެން ސަލާމަތެއް! އައިޖީއެމްއެޗްގެ ނަރުހަކު މީހެއްގެ ފިރިއަކު ލައްވާ އެމީހާގެ އަނބިމީހާ މަރާލައިފި. އެވެސް ވަކި ހުއްދައަކަށް ނޫނީ ދޫނުކުރާ އިންޖެކްޝަންތަކެއް ވަގަށް ނަގައިގެން.
އައިޖީއެމްއެޗްގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވީ.
ހައްތަހާވެސް އަންހެނުން. ކަލޭނޭ ދުނިޔެ ނިމެނީ. ރައްކާތެރިކަން ފޯރުކޮށްދޭން ތިބި މީހުންނަށް އިތުބާރު ކެނޑި އަހަރެމެން ނަފުސާނީ ވެއްޖެ.
Mulhigaumu masthuge thereah genbemun dhaathan mi fennanee.
Kihineh thoa mivaruge thaneggaa aman amaankan onnaaneee,!!??