މެލޭޝިއާގެ އިނދިކޮޅު ލީޑަރު ވިދާޅުވަނީ އިމަޖެންސީ ބާރުތަކެއް ހޯދަން އުޅުމަކީ ސަރުކާރު ފެއިލްވެފައިވާ ކަމުގެ ނިޝާނެއް ކަމަށް،

އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ތުހުމަތު ކުރައްވާ ގޮތުގައި ޕެރިކަޓަން ނޭޝެނަލް ފެޑެރަލް ސަރުކާރަކީ ނާގާބިލު ސަރުކާރެކެވެ. ކޮވިޑު-19 އާއި ކުރިމަތިލުމަށް އިމަޖެންސީ ބާރުތަކެއް ހޯދަން މަސައްކަތް ކުރާކަމަށް ގިނަބަޔަކު ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.
އަންވަރު ވިދާޅުވާ ގޮތުން އޭޝިއާގެ އެހެން ހުރިހާ ގައުމަކުން ބަލަމުންދަނީ މި ބަލިމަޑުކަން މެނޭޖުކޮށް އިގުތިސާދު އަލުން ހުޅުވާލެވޭތޯއެވެ. އެހެންނަމަވެސް މެލޭޝިއާ ދަތުރުކުރަމުންދަނީ އަނެއް މިސްރާބަށެވެ.
”ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށް އިއުލާންކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ހާލަތްތަކުގައެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރަކީ އޭގެ ޒާތުގައި ގައުމަށް އޮތް ނުރައްކަލަކަށް ވެފައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ ޚުދުމުޚުތާރުކަމާއި ހަންފެތުރުން ރީތިގޮތުގައި ކުރިއަށް ގެންދިއުމަށް“ ކަމަށް އަންވަރު ވިދާޅުވިއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




One Response