Skip to content
ދުނިޔެ

އިނގިރޭސި ވިލާތުގެ އެއާރޕޯރޓްތަކުގެ ޓްރެފިކް ކޮންޓްރޯލް ހަލާކުވެއްޖެ

ސަންދާންސަންދާން

އިނގިރޭސި ވިލާތުގެ އެއަރޕޯރޓް ތަކުގެ ޓްރެފިކް ކޮންޓްރޯލްއަށް ދިމާވިޓެކްނިކަލް މައްސަލައަކާ ގުޅިގެން  500 އަށްވުރެން ގިނަ ފްލައިޓްތައް ކެންސަލް ކުރަންޖެހިއްޖެއެވެ.

ނޭޝަނަލް އެއާރ ޓްރެފިކް ސަރވިސް އިން ހާމަކޮށްފައިވާ ގޮތުގައި މަތިންދާ ބޯޓުފަހަރުގެ ދަތުރު ޕްލޭން މިހާރު ދޭންޖެހެނީ މެނުއަލްކޮށެވެ.            

ބީ ބީ ސީ އިން ޚަބަރު ދީފައިވާ ގޮތުގައި ހޯމަދުވަހުގެ މެންދުރުފަހު 2.30 އާހަމަޔަށް ފުރަން ހަމަޖެހިފައިވާ 232 ފްލައިޓާއި ޖައްސަން ހަމަޖެހިފައިވާ 271 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. 

އަދިވެސް އިތުރު ފްލައިޓްތައް ކެންސަލް ކުރެވިގެން ދާނެކަމަށް ބެލެވެއެވެ.ހީތުރޯއިން ހާމަކޮށްފައިވާ ގޮތުގައި ޓްރެފިކް ކޮންޓްރޯލް ސިސްޓަމް ރަނގަޅުކުރެވުނު ކަމުގައިވިޔަސް ފްލައިޓްތަކުގެ ދަތުރުތައް ހަމައަކަށް އެޅެން ވަގުތު ނަގާނެއެވެ. ބްރިޓިޝް އެއަރވޭސްގެ އެއްވެސް ދަތުރެއް ހޯމަ ދުވަހު ހަވީރު 6 ގެކުރިން ނޯންނާނެކަން ފަސިންޖަރުންނަށް މިހާރުވަނީ އަންގާފައެވެ

ޓްރާންސްޕޯޓް ސެކްރެޓަރީ މާރކް ހާޕަރ އާއި އޭވިއޭޝަނާބެހޭ ވަޒީރު ޔަގީންކޮށްދެއްވާފައި ވަނީ އެބޭފުޅުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން އޮތީ ހުޅުވާލައްވާފައި ކަމަށެވެ.                                 

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply