ޒަރީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި ފަސް ވަނަ ދުވަހުއެވެ.
މަގާމުން ރަޒީނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީނާ މާގާމުން އިސްތިއުފާ ދެއްވީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންވެގެންނެވެ.
ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތު ތެރޭގައި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި
ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުން ހިމެނެއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




”“ ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތު ތެރޭގައި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި
ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުން ހިމެނެއެވެ.““