ޒަރީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ  ޖުލައި ފަސް ވަނަ ދުވަހުއެވެ.

މަގާމުން ރަޒީނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި ހަ  އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީނާ މާގާމުން އިސްތިއުފާ ދެއްވީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންވެގެންނެވެ.

ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތު ތެރޭގައި  ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި

ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުން ހިމެނެއެވެ.

Loading

One Response

  1. ގުރޭޓަރ މާލޭ އޭރިއާ ސަރުކާރުން ކަލައި އެޗްޑީސީ އަށް ދިންއިރު އޭނާގެ ވަޒީފާ އަދާކުރިތޯއެވެ. އެކަމާވެސް އޭނާ ނުރުހުނުތޯއެވެ؟ މިހެން މި އަހާލީ: ތިރީގައި މިވާ ޕެރެގްރާފް ކިޔާލާފައެވެ.

    ”“ ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތު ތެރޭގައި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި

    ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުން ހިމެނެއެވެ.““

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް