އިޒްރޭލުން ގަލްފުގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp
ABU DHABI, UNITED ARAB EMIRATES - JUNE 29: (----EDITORIAL USE ONLY â MANDATORY CREDIT - " ISRAELI FOREIGN MINISTRY / HANDOUT" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS----) Israeli Foreign Minister, Yair Lapid (2nd L) attends the opening of Israeli Embassy in Abu Dhabi on June 29, 2021 in Abu Dhabi, United Arab Emirates. Yair Lapid is the first minister to visit UAE following the normalization deal between the two countries. (Photo by Israeli Foreign Ministry / Handout/Anadolu Agency via Getty Images)

އިޒްރޭލުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ޔާއިރް ލައިޕަޑް ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅަކާ އެކު ގަލްފުގައި އިޒްރޭލުގެ އެމްބަސީއެއް ވަނީ ހުޅުއްވައިދެއްވާފައެވެ.

ލައިޕަޑް ކުރެއްވެވި ޓްވީޓެއްގައި މިކަން އިއުލާނުކުރައްވައި، ޔޫ.އޭ.އީގެ މިނިސްޓަރ، ނޯރާ އަލް ކާބިއާ އެކު އެމްބަސީ ހުޅުއްވައިދެއްވުމުގެ ރަސްމިޔާތުގައި ނަންގަވާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާރގައި ޕޯސްޓުކުރައްވާފައެވެ.

ޓްވީޓުގައި މިނިސްޓަރ މިކަން ސިފަކުރައްވާފައި ވަނީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައެވެ.

މުސްލިމު ގައުމުތަކުގެ ބިންތައް އެމެރިކާގެ އެހީގައި ފޭރި ފަލަސްތީނު ރައްޔިތުންނަށް އިޒުރޭލުން ބޮޑެތި އަނިޔާތައް ކުރަމުންދާއިރުވެސް މުސްލިމުންގެ އަޣުލަބިއްޔަތު ލިބިފައިވާ ބައެއް ގައުމުތަކުން ދަނީ އިޒުރޭލާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ.

ސައުދީ އާއި ޔޫ.އޭ.އީ އަކީ ސުންނީ މުސްލިމުންގެ ބޮޑު އާބާދީއެއްގެ މައްޗަށް އެކުލެވިގެންވާ ދެ ގައުމެވެ. ޔޫ.އޭ.އީއިން އިޒުރޭލާ ސިޔާސީ ގުޅުން ބަދަހިކޮށްފައިވާއިރު ސައުދީ އަރަބިޔާއިން ވެސް ދަނީ އިޒުރޭލާ ސިއްރުން ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

 

Loading

One Response

  1. Dhuniye miotheefahuzamaanah gossai dheeneh ogaatherikameh beynumeh neh mulhidhuniye othee amilla edhumun bondibandhefai komme meehakuves edhenvee allohugehazurathu e alhaage rakkaatherikamah

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް