​ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓައިލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިސްރާއީލުން އަނެއްކާވެސް ހަމަލާދީފި!

Loading

Facebook
Twitter
WhatsApp

ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައިވާ ވަގުތު ކުޑަތަންވެފައި އޮއްވާ، އިސްރާއީލުން ޣައްޒާއަށް ހަމަލާއެއް ދީފިއެވެ.

މެދުކެނޑުމެއް ނެތި 11 ދުވަސް ވާންދެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މިޞްރު ބައިވެރިޔަކަށް އޮވެ، ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުށް ހަމަލާތައް ހުއްޓާލަން ނިންމާފައި ވަނީ ރޭ އިސްރާއީލްގެ ގަޑިން މެންދަމު 02:00 ގައެވެ.

ރޭ ރާއްޖޭ ގަޑިން 3:55 ހާއިރު އިސްރާއީލުން ޣައްޒާގެ މެދުގައިވާ އަވަށަކަށްވަނީ ބޮން އޮޅާ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

​ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިސްރާއީލްގެ ސަލާމަތީ ކަންކަމާއި ގުޅޭ ކެބިނެޓުން ނިންމި ނަމަވެސް ހަރުކަށި ފިކުރުގެ ބައެއް މެންބަރުން ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާކަން ދެކޮޅު ހަދާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 232 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސް ޖަމާޢަތުން ދިން ބަދަލު ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރައިލާފައެވެ.

Loading

One Response

Leave a Reply to Anju Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް