ހުރްމުޒް ކަނޑުއޮޅި ސަރަހައްދަށް މިހާރު ބޮން އެޅުމުގެ ބޭނުމެއް ނެތް

ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށް އެމެރިކާއިން ބޮން އެޅުން ހުއްޓާލަން މެދުއިރުމަތީގައި ހުންނަ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މަޝްވަރާދީފިއެވެ. ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށް އެމެރިކާއިން ބޮން އެޅުމުގެ ބޭނުމެއް މިހާރު ނެތްކަމަށާއި ބޭނުންވީ ލަނޑުދަނޑިއަށް ވާސިލު ވެވިއްޖެކަން ދޭހަވާ މޭރުމަކުން މެދުއިރުމަތީގައި ހުންނަ އެމެރިކާ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ހާމަކޮށްފައިވާކަން ނިއެސް މެކްސް އިން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުން އީރާނުގެ ހަމަލާތައް މީގެފަހުން އައުމުގެ […]

ކޮލަމްބިއާއި އިސްރާއީލުން ކުރަން މިއުޅެނީ ކީއްބާ؟

ކޮލަމްބިއާގެ އާ ސަރުކާރުން އިސްރާއީލާއެކު ފުރިހަމަ ހާރިޖީ ގުޅުން އަލުން ގާއިމުކުރުމަށް ނިންމައިފިއެވެ. މިއީ މަގާމުން ވަކިވެވަޑައިގަންނަވާ ރައީސް ގުސްތާވޯ ޕެޓްރޯ ގެންގުޅުއްވި ހާރިޖީ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. އިންތިހާބީ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ވިދާޅުވީ، އޮގަސްޓް 7 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފަލަސްތީނުގައި އެމްބަސީއެއް ހުޅުވުމަށް އޮތް ރޭވުން މެދުކަނޑާލައި، އޭގެ ބަދަލުގައި ގުދުސްގައި ކޮލަމްބިއާގެ އެމްބަސީ ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ނިންމުމަކީ ފާއިތުވި އެތައް އަހަރެއްގެ […]

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ، ދެވަނަ ފަހަރަށް ފެށުމަށްފަހު 13 ދުވަސް ފަހުން މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް ދިޔައީއޭ ބުނާގޮތަށް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ. މިބަދަލާއެކު ބްރެންޓް ކްރޫޑް ގެ އަގު ވަނީ ނުވަ އިންސައްތަ ދަށަށް ގޮސް ފީފާއެއް 88 ޑޮލަރަށް ވެއްޓިފައެވެ. އޭގެކުރިން ބްރެންޓް ކްރޫޑްގެ އަގުހުރީ ފީފާއެއް 100ޑޮލަރަށް ވުރެމަތީގައެވެ.ތެލުގެ އަގުމިހާބޮޑަށް ދަށްވެގެން ގޮސްފައިވަނީ ވާހަކަތަކަށް ފުރުސަތު ދިނުމަށް އެމެރިކާގެ […]

ޔޫކްރެއިނުގެ ހަމަލާއާ ގުޅިގެން އީރާނުން ބަދަލުހިފާނެކަމުގެ އިންޒާރު ދީފި

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު އީރާނުން ޔޫކްރެއިނަށް ދީފިއެވެ. މިއާއެކު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން މެދުއިރުމަތިން ބޭރަށް ފެތުރި، މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހުގެ ހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ، މިއީ އދ. ގެ ޗާޓަރާ ޚިލާފު އަމަލެއް ކަމަށާއި، މި ހަމަލާއަށް ”ޖަވާބު ނުދީ ދޫކޮށްނުލެވޭނެ“ […]

އީރާނުން ދޫދިނުމުން ކަމަށްބުނެ، އެމެރިކާއިން ހަމަލާތައް މެދުކަނޑާލައިފި

ދެ ހަފުތާއެއްހާ ދުވަހު ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުމަށްފަހު، އީރާނުން ބަދަލުހިފުމުގެ ގޮތުން ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާ ގުޅިގެން ކަމަށްބުނެ، އެމެރިކާއިން އީރާނަށް ދެމުންދިޔަ އަސްކަރީ ހަމަލާތައް މެދުކަނޑާލައިފިއެވެ. މީގެ ސަބަބުން، ފަސްވަނަ މަހަކަށް އަޅާފައިވާ މި ހަމަނުޖެހުމުގައި މިވަގުތަށް އޮތް ނުތަނަވަސްކަން ވަނީ ކުޑަވެފައެވެ. ހަމަލާތައް މެދުކަނޑާލީ ހަތިޔާރު ހުސްވަމުންދާތީ ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ. އަދި ކޮންމެ ފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަރަށް އެގައުމުގެ އަސްކަރީ […]

ފައިބުރިކޮށްލުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު: ދުނިޔޭގެ ސަރފިންގ ޗެމްޕިއަނެއް

ޓީނޭޖް އުމުރުގައި އެއްފައި ބުރިކޮށްލަން ޖެހުމުގެ ސަބަބުން އޭނާގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު ކަމަށް ސަރފިންގެ ދުނިޔޭގައި ހަތަރުފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ލޫވެލީން ވިލިއަމްސް ބުނެފިއެވެ. 2011 ވަނަ އަހަރު ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ރަނގަޅު ވަމުން އައި ދުވަސްތަކުގައި ސަރފިންގ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އުމުރުން 16 އަހަރުގައި ސްކޭޓް ކުރަން އުޅެނިކޮށް ކާރަކުންޖެހި އެކްސީޑެންޓް ވީއިރުވެސް ސަރފް ކުރުމަކީ އޭނަދެކެމުން އައި ހުވަފެނެއް ކަމަށް ލޫވެލީން […]

އިސްރާއީލުގެ އަނިޔާވެރިކަން އަނެއްކާވެސް ވަރުގަދަކޮށްލައިފި

އިސްރާއީލުގެ ސިފައިން އާދީއްތަ ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ބޮޑެތި ރެއިޑްތަކެއް ޖަހައި، ނާބްލުސް ސިޓީން ގާތްގަނޑަކަށް 40 ފަލަސްތީނު މީހުން ހައްޔަރުކޮށްފިއެވެ. މިއީ އިސްރާއީލުގެ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ އަސްކަރީ އޮޕަރޭޝަން ކުރިއަށް މިދަނީ ވަޒަންވެރިންގެ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ދެ މިސްކިތެއްގައި ރޯކޮށްލުމާއި، ފަލަސްތީނުގެ އާބާދީތަކަށް ފުޅާދާއިރާއެއްގައި ހަމަލާދީފައިވާ ކަމުގެ ރިޕޯޓްތައް ހިމެނެއެވެ. ފަލަސްތީނުގެ މަސްދަރުތަކުން ބުނާ […]

އީރާނުގެ ޝައްކުގެ ރާޑަރަށް ޔޫކްރެއިން އަރައިފި

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް މަރުގެ ހަމަލާއެއް ދީފައިވާ ކަމަށް ބުނެ އީރާނުން ޔޫކްރެއިނަށް ތުހުމަތުކޮށްފިއެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އާ ބަދަލުތަކެއް ވަނީ އައިސްފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން އުޅަނދުގައި ގޮވުމެއް އިތުރުވެ، އެކަކު މަރުވެ އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ”ދުޝްމަނު އަދި ޖިނާއީ“ އަމަލެއްގެ ގޮތުގައި ސިފަކޮށް […]

އީރާނުގެ ނުރައްކާތެރި ބާރުގަދަ ހަމަލާތަކެއް ޖޯރޑްންއަށް

އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ ފޮޓޯ ތަކުގެ ތެރެއިންއީރާނުގެ ބާރުގަދަ ހަމަލާތަކެއް ޖޯރޑްއަށް އަމާޒުވެ ޖޯރޑްންގައި ހުންނަ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެމެރިކާ ސިފައިންގެ ދެމީހުން މަރުވެ އެކަކު އަދިވެސް ނުފެނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެފައިވަނީ އީރާނުގެ މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމުން ޖައްވުގެ ތެރެއަށް ނައްތާލެވުނުކަމަށާއި އެހެންނަމަވެސް އެއް މިސައިލް އޭގެ އަމާޒަށް ވާސިލުވީ ކަމަށާއި އެއީ ވަރަށް ދެރަކޮށް މެދުވެރިވި ކަމެއްކަމަށެވެ. އެހެންނަމަވެސް […]

ނިއުކްލިއަރ އެއްބަސްވުމަށް އަމަލު ކުރާނީ އަބްރަހަމް އެކޯރޑާއި ގުޅުމުން: ރައީސް ޓްރަމްޕް

އެމެރިކާއާއި ސައޫދީ އެރޭބިއާއިން ނިއުކްލިއަރ ހަކަތައާއި ބެހޭ ގޮތުން އެއްބަސްވުމެއް ގާއިމްކުރެވިފައިވީ ނަމަވެސް ސައޫދީ އެރޭބިއާއިން އަބްރަހަމް އެކޯރޑް ގަބޫލުކޮށް އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރާ ދުވަހަކާހަމަޔަށް އެ އެއްބަސްވުމަށް އަމަލުކުރަން ނުފަށާނެ ކަމަށް ޖުލައި 24 ވީ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރައްވައިފި ކަމުގައި ރޮއިޓާރސް ޚަބަރު ދީފިއެވެ. ސައޫދީ އެރޭބިއާގައި ފުރަތަމަފަހަރު މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފެއްދުމާބެހޭ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރީ ހަކަތައާ ބެހޭ ވަޒީރު […]