ޙޫތީންގެ ޙަމަލާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މައްކާގައި ވައިގެ ޙަމަލާގެ އިންޒާރު ނެރެފި

ޔަމަނުގެ ޙޫތީ ހަނގުރާމަވެރިންގެ ޙަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން މާތްވެގެންވާ މައްކާ ސިޓީގައި ފުރަތަމަ ފަހަރަށް ވައިގެ ޙަމަލާގެ އިންޒާރު ނުވަތަ އެއާ ރެއިޑް އެލާޓް ނެރެފި ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފިއެވެ. ސަޢޫދީގެ ސިވިލް ޑިފެންސުން އަންގާރަ ދުވަހު ވަނީ އެ ޤައުމުގެ ހުޅަނގު އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ވަގުތީ އިންޒާރުތަކެއް ނެރެފައެވެ. މީގެ ތެރޭގައި މައްކާ، ޖިއްދާ އަދި ތާއިފް ހިމެނެއެވެ. އޭގެ ފަހުން މައްކާއަށް ނެރުނު އިންޒާރު ވަނީ އުވާލާފައެވެ. ކަމާބެހޭ ފަރާތްތަކުން […]
މައްކާއަށް އަމާޒުވި ހަމަލާއަކުން ސަލާމަތްވީ ހަމަ ކިރިޔާ!

ޔަމަނުގެ ހޫތީން ޖަމާއަތުން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް، އެގައުމުގެ ކޯލިޝަން ފައުޖުތަކުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މިދަނޑިވަޅުގައި މި ހާދިސާއާ ގުޅިގެން އިސްލާމްދީނުގެ އެންމެ މާތް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ހާދިސާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދޭ ކަމަށް ބުނާ މިފަދަ ހަމަލާތަކަކީ މާތްވެގެންވާ ބިންތަކާއި މިސްކިތްތަކުގެ ހުރުމަތް […]
ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފި

ގަވާއިދާއި ހިލާފަށް މައްކާގެ ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފިއެވެ. ސައުދީގެ ޕަބްލިކް ސެކިއުރިޓީގެ ތަރުޖަމާން ވިދާޅުވެފައި ވަނީ ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަތް 16 މީހުންވެސް މިހާރު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި، އެމީހުން ޖޫރިމަނާކޮށްފައި ވަނީ މީހަކު 2،666 ޑޮލަރު ދައްކަން ޖެހޭ ގޮތަކަށް ކަމަށެވެ. ހުރިހާ ހައްޖުވެރިންވެސް ހަރަމްފުޅަށް ވަނުމުގެ ކުރިން ސެލްފް ކަރަންޓީންވާން ޖެހެއެވެ. ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ގަވައިދުތައް އެކުލަވާލައިފައި ވަނީ މިހާރު ފެތުރެމުން އަންނަ […]