ފުލެޓު ގުރުއަތުގައި 76 ޕޮއިންޓުގެ ގުރު ނުނަގައި 75 ޕޮއިންޓުގެ ގުރު ނެގި މައްސަލަ އޭސީސީއަށް

ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ލިސްޓުގެ ގުރުއަތު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނެގިއިރު، 76 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ މީހުންގެ ގުރުއަތު ނުނަގައި، 75 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ. މި އުސޫލުގެ ދަށުން ގުރުއަތު ނަގައި، 315 ފުލެޓު ހަމަޖައްސައިދީފައިވާ މައްސަލަ ފެންމަތިވީ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާގައެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. މި މައްސަލާގައި […]
ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދަޢުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދަޢުވާކޮށްދޭން އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ. އޭސީސީން ދައުވާކޮށްދޭން އެދިފައި ވަނީ 4 މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ […]
ކުރީގެ މެޖަރ ޖެނެރަލް ޝިޔާމަށް ދަޢުވާ ކުރަން ފޮނުވައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އޭސީސީއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީއިން ވިދާލުވެފައިވަނީ، ދައުވާ ކުރަން ފޮނުވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި ދިރިއުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިންކަމަށެވެ. ޝިޔާމް ގެ މައްޗަށް ކުރަން […]