އީރާނާއެކު ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭގޮތުން އެމެރިކާއާއި އެކު ކުރިޔަށްދާ ވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވުން ވަރަށް ކައިރިކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ”އަހަރެން ބޭނުންވާ ވާހަކަ ބުނެދޭން 300 ސަފްހާގެ ބަޔާނެއް ނެރެން ބޭނުން ނުވާނެ ކަމަށާއި ހަމައެކަނި އެންމެ ޖުމުލައަކުން ފުދޭނެ ކަމަށެވެ. އެ ޖުމުލައަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިގެން ނުވާނެއެވެ.“ ގަތަރުގެ ދޯހާގައި މީޑިއާ ރިޕޯރޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޚާއްސަ ސަފީރު ސްޓީވް ވިޓްކޯފް އާއި އީރާނުގެ […]

މަޝްވަރާތައް ލަސްކުރުމުން ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ކަށަވަރު ވެއްޖެ

އެމެރިކާއާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބުރު ބޭއްވިދާނެ ދުވަހެއް ނޭންގުމެއްގެ ތެރެއަށް ދިއުމާގުޅިގެން އީރާނުން ޔުރޭނިއަމް ފައްކާކރުން ކުރިއަށްގެންދިއުމުގެ ހައްގު އޮތްކަން ކަށަވަރު ކުރެވިއްޖެކަމަށް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މީޑިއާއަށް ހާމަކޮށްދީފިއެވެ. ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާއަށް ހަވާލާދީ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ނިއުކްލިއަރ ފިއުލްގެ އެންމެ ފަހު މަރުހަލާއަށް ދިއުމުގެ ހައްގު އީރާނަށްވެސް ލިބިދޭ ކަމަށެވެ. ނިއުކްލިއަރ ހަތިޔާރު ހެދުމުގެ ބޭނުމުގައި ނޫނަސް ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާގެ ކިތަންމެ މެމްބަރ […]

އަހަރެން ލައްވާ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުވާކަށް ނަތަންޔާހޫއަކަށް ނުކެރޭނެ: ޓްރަމްޕް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭގޮތުން ވޯޝިންގްޓަނާއި ތެހެރާނުގެ މަޝްވަރާތަކުގެ 3 ވަނަ ބުރު ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ޓައިމް މެގަޒިން އަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކަށް އެމެރިކާ ލައްވާ އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުވަން ފުރުސަތެއް ނުދެއްވާނެކަމަށާއި އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްދާކަށްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. ތިމަން މަނިކުފާނު ކުރިން ހީފުޅު ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން […]

އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކާބެހޭގޮތުން ރަޝިޔާއާއި އޮމާނުގެ ވެރިން ވާހަކަ ދައްކަވައިފި

މޮސްކޯއަށް މިހާރު ވަޑައިގެން އުޅުއްވާ އޮމާނުގެ ރަސްގެފާނު ސުލްތާން ހައިތާމް ބިން ތާރިގް އަލް ސައީދު އާއެކު ރައީސް ޕޫޓިން ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ފެށިފައިވާ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. އޮމާނުން ގެންދަނީ އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އެމެރިކާއިން ދެކެމުންދަނީ އީރާނުގެ މަޝްރޫއަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫއެއް ކަމަށެވެ.                       ކްރެމްލިންގެ ފޮރިންޕޮލިސީ އެއިޑް ޔޫރީ އުޝާކޯވް އިންޓަރފެކްސްގައި ބުނެފައިވަނީ ދެ […]

ޓްރަމްޕްގެ އީރާން މަޝްވަރާތަކަށް ކެޕިޓްލް ހިލްގެ ބޮޑު ސުވާލު

މި ހަފުތާބަންދުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށް އަންގައި އެގައުމުން އެމެރިކާއާއެކު މެދުވެރިއަކާ ނުލައި މަޝްވަރާތަކަށް އައުމަށް ކުރިމަތި ކުރަމުން ގެންދާ ނުރައްކާތެރި ފިއްތުންތަކާ ދޭތެރޭ ގާނޫނު ހަދާ މަޖިލިސް ކެޕިޓްލަ ހިލްގައި ހިމެނޭ 2 ސިޔާސީ ޕާރޓީގެ މެމްބަރުންގެ ބޮޑެތި ސުވާލުތަކެއް ސަރުކާރަށް ކުރިމަތި ވެއްޖެއެވެ.                                                           މިދިޔަ ހަފުތާގެ ހޯމަދުވަހު އީރާނުން ބުނެފައިވަނީ އެމެރިކާއާއެކު މަޝްވަރާ ކުރެވޭނީ އޮމާން މެދުވެރިއެއްގެ ދައުރު އަދާކުރާގޮތަށް ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަނީ އެ މަޝްވަރާތައް ކުރެވޭނީ […]

އެމެރިކާ-އީރާނުގެ އާ ނިއުކްލިއާ މަޝްވަރާތައް ކާމިޔާބުވުމުގެ ފުރުސަތެއް އެބައޮތް ހެއްޔެވެ؟

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ ނަމުން މަޝްހޫރުވެފައިވާ 2015  ވަނަ އަހަރުގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަކީ އެ ގައުމުގެ އޭރުގެ އެންމެ ބޮޑު ޑިޕްލޮމެޓިކް ކާމިޔާބީގެ ގޮތުގައި ސިފަކުރެވުނެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ގޯސް އެއްބަސްވުމެއް ކަމަށް އެތައް އަހަރެއް ވަންދެން އޮތް ފަދައިން، އަމިއްލަ އަށް އެއަށް ވުރެ ރަނގަޅު ކަމެއް ކުރެވިދާނެ ކަމަށް ވިދާޅުވެ، އެ ގައުމުން […]

އީރާނުން ދީފައިހުރި މިސައިލްތަކުން ޔޫކްރެއިން ސިފައިންގެ ކުރީސަފަށް ނުރައްކާ ވެދާނެ

އީރާނުން ރަޝިޔާއަށް ދީފައި ހުރި މިސައިލްތަކުން ޔޫކްރެއިން ސިފައިންގެ ކުރީ ސަފަށް ބޮޑެތި ނުރައްކާ ކުރިމަތިވެދާނެކަމަށް މިލިޓްރީ ތަޖުރިބާކާރުން ހާމަކޮށްފިއެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އީރާނުން ރަޝިޔާއަށް ދީފައިހުރި އަގުހެޔޮ ކުރުރާސްތާ ބެލިސްޓިކް މިސައިލްތަކަކީ ޔޫކްރެއިން ސިފައިންގެ ކުރީ ސަފުތަކުން ވަރަށްބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ހަތިޔާރެކެވެ. އަދި އޭގެ ސަބަބުން ރަޝިޔާގެ އަގުބޮޑު މިސައިލްތައް އެހެން ސަރަހައްދުތަކަށް އަމާޒުކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ. އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޓްރާޓީޖިކް ސްޓަޑީޒް ގެ މިސައިލް ޓެކްނޯލޮޖީ ތަޖުރިބާކާރު […]

އީރާނުގެ މަދަދާއެކު ހޫތީ މުޖާހިދުންނަކީ ވަރުގަދަ މިލިޓްރީ ބާރަކަށް ވެއްޖެ

ހޫތީ މުޖާހިދުން ވަކިމިންވަރެއްގެ މިލިޓްރީ ހަރަކާތެއްގެގޮތުގައި ވަރަށް މަދު މިލިޓްރީ ވަސީލަތްތަކަކާއެކު ހާރަކާތްތެރިވަމުން ދިއުމަށްފަހު އީރާނުގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު އެވަނީ މެދުއިރުމަތީގައި ވަރުގަދަ މިލިޓްރީ ބާރަކަށް ބަދަލުވެފައިކަމަށް ޔުނައިޓެޑް ނޭޝަންސްގެ .ތަޖްރިބާކާރުންނާ ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ރިޕޯރޓްކޮށްފިއެވެ އެމެރިކާއާއި އިނގިރޭސި ވިލާތުން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ ހިންދެމިލުމަށް ނުކުޅެދިފައިވާ ހޫތީ މުޖާހިދުންނަކީ އީރާނުގެ އެކްސިސް އޮފް ރެޒިސްޓޭންސްގައި ހިމެނޭ މެދު އިރުމައްޗާއި އަދި އެއަށްވުރެން ދުރަށްވެސް ފާހަގަކުރެވޭ މިލިޓްރީ ބާރަކަށް ވެއްޖެކަމަށް ޔުނައިޓެޑް ނޭޝަންސްގެ […]

ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލީ ޚާމަނާއިގެ ފަތުވާއަށް އިޙުތިރާމް ކުރުމުގެ ގޮތުން

އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާފައިވަނީ ސުޕްރީމް ލީޑަރ އަލީ ޚާމަނާއިގެ ފަތުވާއަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ ކަމާލް ޚައްރާޒީ ރޮއިޓާރސް އަށް މައުލޫމާތު ދެއްވައިފިއެވެ. އެމަނިކުފާނުގެ ފަތުވާގައި ނިއުކްލިއަރ ހަތިޔާރަކީ ގިނަ އިންސާނުންތަކަކަށް އެއްވަގުތެއްގައި ފަނާކުރަނިވި މުސީބާތަކަށްވެދާނެތީ އެފަދަ ހަތިޔާރު އުފެއްދުމަށް ރުހުން ދެއްވާފައި ނުވަނީއެވެ. ނަމަވެސް މިހާރު އީރާނުގެ ގައުމިއްޔަތާއި ރައްޔިތުނާއި ގައުމުގެ ސިޔާދަތު އެވަރުގެ ފަނާކުރަނިވި ހާލަތަކަށް ހުރަހޮޅިގެންދާއިރު ސުޕްރީމް ލީޑަރުގެ ފަތުވާ ބަދަލު ކުރައްވާފާނެ ކަމަށް ބެލެވެން […]

އީރާނުން މިރޭ ޔަހޫދީ އިސްރާއީލަށް ޙަމަލާ ދީފާނެ – އެމެރިކާ

އީރާނުން މިރޭ އިސްރާއީލަށް ހަމަލާދީފާނެ ކަމަށް ބުނެ ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާ އެމެރިކާއިން އިންޒާރު ދީފިއެވެ. އެމެރިކާއިން އިސްރާއީލަށް މިގޮތަށް އިންޒާރުކޮށްފައި މިވަނީ އީރާނަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއިލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަޔަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިރޭގެ ވަގުތެއްގައި އީރާނުގެ ހަމަލާތަށް ފޮނުވާލާފާނެ ކަމަށް ބުނެ އެމެރިކާ އިން ވަނީ އިސްރާއީލުން […]