ދެތިން އަހަރުތެރޭ އިރާނުން ނިއުކްލިއަރ ބޮން އުފައްދާނެކަމަށް ނަތަންޔާހޫ ކިޔާތާ މިއީ 33 ވަނަ އަހަރު!

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލުން އިރާނަށް ހަމަލާދިނީ އިރާނުން ނިއުކްލިއަރ ބޮމެއް އުފައްދަން ވަރަށް ކައިރިވެފައިވާތީ އެކަން ހުއްޓުވުމަށް ކަމަށް ބުނެއެވެ. ނަމަވެސް އދ ގެ ނިއުކްލިއަރ ވޮޗް ޑޯގް ވެސް އިރާނުގައި އެފަދަ މަސައްކަތެއް ކުރިޔަށް ދާކަން ޔަގީން ކޮށްދީފައެއް ނުވެއެވެ. އިރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމާ ވަރަށް ކައިރިވެފައިވާ ކަމަށް ނަތަންޔާހޫ ކިޔަމުންދާތާ މިއީ 33 ވަނަ އަހަރެވެ.އެންމެ ފުރަތަމަ 1992 ވަނަ އަހަރު އިޒްރޭލުގެ މަޖިލީސް ”ކްނެސެޓް“ އާ މުހާތަބު ކުރަމުން […]
އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ފަހުގެ ބައެއް އަޕްޑޭޓްތައް!

އިޒްރޭލުން ހުކުރު ދުވަހު ފަތިހު އީރާނަށް ދޭން ފެށިހަމަލާތަކާ ގުޅޭ ފަހުގެ ބައެއް އަޕްޑޭޓް ތަކަށް ބަލާއިރު،ހަމަލާތަކަށް ފަސްދުވަސް ވެފައިވާއިރު ދެފަރާތުންވެސް އަދިވެސް ދޫނުދީ ގެންދަނީ ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި އީރާނުން 224 މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުން މަރުވިކަމަށް އެމީހުން ބުނަނީ 24 މީހުންނެވެ. ކެނެޑާގެ ރިސޯޓް ރަށެއް ކަމަށްވާ އަލްބާޓާގައި މިހާރު ކުރިޔަށްދާ އެންމެ ކުރިއަރާފައިވާ 7 ގައުމު ހިމެނޭ ގްރޫޕް ޖީ7 ގެ ސަމިޓް ބައްދަލުވުން ދޫކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު […]
އިސްރާއީލުން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން ރޭ ފަތިހުގެ ވަގުތެއްގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ. އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށާއި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން […]
އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އައިއާރްޖީސީގެ ވެރިޔާ ސަލާމީ ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިސްރާއީލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ދިން ހަމަލާގައި އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް(އައިއާރްޖީސީ)ގެ ވެރިޔާ ހުސައިން ސަލާމީ ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުން އިރާނަށް ހަމަލާދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.އެ ހަމަލާތަކާއި ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ވަނީ ބޮޑެތި ގޮވުންތަކެއްގެ އަޑު ގުގުމާލާފައެވެ.އޭގެ ކުޑަ އިރުކޮޅެއް ފަހުން އިސްރާއީލު ސަރުކާރުން ވަނީ އީރާނަށް އަމާޒުކޮށް އޮޕަރޭޝަނެއް ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.އީރާނުންވެސް ވަނީ މި […]
އިސްރާއީލުން އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

މިއަދު، ހުކުރު ދުވަހު ހެނދުނު ވަގުތެއްގައި އިސްރާއީލުން ތެހެރާނަށް ހަމަލާދީފިއެވެ. އިސްރާއީލުން ބުނެފައިވަނީ އެގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވާނީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓްރީ ބާރުގަދަ ތަންތަނަށް ކަމަށެވެ. އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތަފްސީލު ހާމަ ނުކުރިއަސް އީރާނުގެ ރަސްމީ މީޑިއާ އިރްނާއިން އެ ޚަބަރު އިއުލާންކުރިވަގުތު އެ ހަމަލާއަކީ ގައުމީ ހިތާމައަށް ހުޅުވާލްންޖެހޭފަދަ ވަރުގަދަ ހަމަލާއެއްކަން އެންގުމުގެ ގޮތުން ޓެލިވިޒަންގެ އެއްކަނުގައި ކަޅުކުލައިގެ ފަށެއް ވަނީ ދަމާފައެވެ. އެ ހަމަލާގައި އީރާނުގެ ޕަރަމިލިޓްރީގެ އެންމެ […]
އީރާނުގެ ނިއުކްލިއަރ ވަސީލަތް ގަލްފުގެ ޖަޒީރާއަކަށް

އެމެރިކާއާއި އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއާ ބެހޭ ވާހަކަތައް ކާމިޔާކުރުމުގެ ބޭނުމުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ގަލްފުތެރޭގެ ޖަޒީރާއަކަށް ބަދަލުކުރުމަށް ސައޫދީ އެރޭބިއާއާއި އޮމާނުން މަޝްވަރާ ދީފިއެވެ. މީގެ ހިފުތާއެއްހާ ދުވަސް ކުރިން އީރާނުންވެސް ވަނީ ސައޫދީ އެރޭބިއާއި އަދި ގަލްފުގެ އެހެން ގައުމުތަކާގުޅިގެން މަދަނީ ބޭނުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރުމަށް ކޮންސޯރޓިއަމެއް އުފެއްދުމުގެ ޚިޔާލުފާޅުކޮށްފައެވެ. އީރާނާއި އަދި އަވަށްޓެރި އެހެން ގައުމުތައް ހިމެނޭ ކޮންސޯރޓިއަމަކުން މަދަނީ ބޭނުމަށްޓަކައި ނިއުކްލިއަރ ހަކަތަ އުފައްދަން ބޭނުންވާނަމަ ނުވަތަ […]
އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ސައޫދީގެ އިންޒާރު އީރާނަށް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއެކު ނިއުކްލިއަރ އެއްބަސްވުމަކަށް އައިސް އިސްރާއީލާއެކު ހަނގުރާމައަކަށް ދިއުމުން އެއްކިބާ ވުމަށް ސައޫދީ އެރޭބިއާގެ ދިފާއީ ވަޒީރުގެ ބްލަންޓް މެސެޖެއް އީރާނުގެ އޮފިޝަލުންނަށް ރައްދު ކުރެއްވި ޚަބަރެއް އާންމު ވެއްޖެއެވެ. އެ މެސެޖް ރައްދު ކުރެއްވިކަމަށްވަނީ މި ހުސްވި މަހު އެމަނިކުފާނު ތެހެރާނަށް ކުރެއްވި ޒިޔާރަތުގައެވެ. ގަލްފް ސަރުކާރުތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުންނާއި އަދި އީރާނުގެ 2 އޮފިޝަލަކަށް ހަވާލާ ދީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ޖެހިލުންވެ ވަޑައިގަންނަވާތީ […]
އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދާ މަޝްވަރާތައް ފޭލިކޮށްލަން އުޅެގެން ނުވާނެ

އެމެރިކާއިން އީރާނާއެކު ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އަދި އިސްރާއީލުން އީރާނަށް ބޮން އަޅަން ރާވާފައި ރޭވުން ކުރިއަށް ނުގެންދަން ރައީސް ޓްރަމްޕް އިސްރާއީލްގެ ބޮޑުވަޒީރަށް އިންޒާރު ދެއްވައިފިއެވެ. ނަތަންޔާހޫ އާއި ޓްރަމްޕްގެ ދެބަސްވުން މީޑިއާތަކަށް ފުޅާ ދާއިރާއެއްގައި އެނގިފައިވާ މިދަނޑިވަޅުގައި އެމެރިކާގެ މަދަދާ ނުލައި އިސްރާއީލުން އެކަނިވެސް އީރާނަށް ހަމަލާ ދޭނެކަމަށް ނަތަންޔާހޫ ރައީސް ޓްރަމްޕް އަށް ފޯނުން ދެންނެވިކަމަށް ނިއުޔޯރކް ޓައިމްސްއިން ވަނީ […]
އީރާނުގެ ރަތް ރޮނގު އެނގިވަޑައިގަންނަވާނަމަ ރައީސް ޓްރަމްޕްއާއެކު ކުރިއަށް ދެވިދާނެ

އީރާނާއި އެމެރިކާއިން ކުރިއަށް ގެންދާ އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ބެހޭ ވާހަކަތަކުގައި އެމެރިކާގެ މަންދޫބަށް އީރާނުގެ ރަތް ރޮނގު އެނިވަޑައިގަންނަވާނަމަ ކުރިއަށް ދެވިދާނެކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣެރީ ސީ އެން އެން އަށް ވިދާޅުވެއްޖެއެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ނު އުފެއްދުން ކަމަށްވާނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އީރާނުގެ ވިސްނުމުގައި މިހާތަނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އޮތް ކަމެއްވެސް ނޫނެވެ. އަދި ސުޕްރީމް ލީޑަރ ތަކުރާރުކޮށް ވިދާޅުވަމުން […]
އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން އިސްރާއީލުން ތައްޔާރުވަނީ

ދަ ޓެލިގްރާފަށް އެކިފަރާތްތަކުން ލިބިފައިވާ ރިޕޯރޓް ތަކުން އެނގޭ ގޮތުގައި ރައީސް ޓްރަމްޕްގެ ތާއީދާ ނުލައި އިސްރާއީލުން ގެނަދަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން ތައްޔާރު ވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އީރާނަށް ހަމަލާދޭން އިސްރާއީލުން ވަރަށް ސީރިއަސް ކަމާއެކު ރާވަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިފަދަ ހަމަލާއެއް ދިނުމުގެ ސަބަބުން އެމެރިކާއާއި އިސްރާއީޅުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުންވެސް ވަރަށް ކައިރިއެވެ. މައުލޫމާތު ދިން ފަރާތުން ސީ އެން އެން އަށް […]