ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، މި ލޯނު ސްކީމްގެ މަގުސަދަކީ، ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގެ […]

ވީއައިއޭގެ އާ ޓަރމިނަލް ކުރިމަތީގައި އޮތް ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓަރމިނަލް ހުޅުވުމަށްޓަކައި ޖުލައި 17އިން ފެށިގެން ބަންދުކުރި ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފިއެވެ.  އޭރު ބަންދުކުރިފަހުން އެ ޒޯނު ހުޅުވާފައި ނުވާތީ، އެއާޕޯޓުގެ މުވައްޒަފުންވެސް ޑިއުޓީއަށް ގޮސްއައިސްވުމަށް މިހާރު ދަތުރުކުރަންޖެހެނީ ފެރީގައެވެ. މިކަމާ ގުޅިގެން، ސެޕްޓެންބަރު 11ވަނަ ދުވަހު އެމްއޭސީއެލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާ ޓަރމިނަލުގެ އުތުރު ފަރާތުގައި އޮންނަ ޕާކިންގ ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫންކަމަށާއި، އެހެންކަމުން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް، […]

ޖަރުމަނުގައި އެއްޗެއް ގޮވި ހާދިސާގައި ފިހުނު ދިވެހި މީހާ ނިޔާވެއްޖެ

ޖަރުމަނުވިލާތުގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފިހުނު ދިވެހި ފިރިހެންމީހާ ނިޔާވެއްޖެއެވެ. މިދިޔަ މަހު 8ވަނަ ދުވަހު ހިނގި މި ހާދިސާގައި ބ. ތުޅާދުއަށް ނިސްބަތްވާ ފައްޔާޒު ދާއޫދު (36އ) ވަރަށް ބޮޑަށް ފިހުމާ ގުޅިގެން އޭނާއަށް ފަރުވާދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ. އޭނާއަށް ފަރުފާދީފައިވަނީ ޖަރުމަނުވިލާތުގެ މިޔުނިކުގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލުގައެވެ. ޚަބަރު ލިބިފައިވާގޮތުގައި، އޭނާގެ ހާލު ރަނގަޅުވާން ފެށުމާއެކު ފަހުން ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އަނެއްކާވެސް ހާލު ދަށްވާން ފެށުމާއެކު ވަނީ […]

ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ އެ ފެންޑާ އުވާލައިފި

ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ އެ ފެންޑާ އުވާލައިފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 […]

ވިލިމާލޭ ފަޅުތެރޭން ކޮންމެ ދުވަހަކު 10 ކޮތަޅަށްވުރެ ގިނަ ކުނި ނެގޭ: ސިޓީ ކައުންސިލް

ވިލިމާލޭ ފަޅުތެރޭން ކޮންމެ ދުވަހަކު 10 ކޮތަޅަށްވުރެ ގިނަ ކުނި ނެގޭކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނީ، ކޮންމެ ދުވަހަކުވެސް ހެނދުނުން ފެށިގެން މުޅި ދުވަހު ކައުންސިލް މުވައްޒަފުން، މާލެ ސިޓީގެ އެކި ސަރަހައްދުތައް ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ. މިއީ މާލެ ސިޓީއަކީ ސާފު، ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ ވިދާޅުވެފައެވެ. މިގޮތުން، މާލެއާއި ވިލިމާލޭގެ އެކި […]

ގެދޮރުވެރިޔާ ފުލެޓުތަކުގައި ކޮމަރޝަލް ޚިދުމަތް ދޭނީ 6 ޒޯނަކަށް ބަހާލައިގެން

ގެދޮރުވެރިޔާ ފުލެޓުތަކުގައި ކޮމަރޝަލް ޚިދުމަތް ދޭނީ 6 ޒޯނަކަށް ބަހާލައިގެން ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކޯޕަރޭޝަނުން ބުނީ، ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އަދި ކޮމަރޝަލް ޚިދުމަތްތައްވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ގެދޮރުވެރިޔާ ސްކީމުގެ 4000 ފުލެޓުގެ ތެރެއިން 3000ށްވުރެ ގިނަ ފުލެޓުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި ކަމަށާއި، އަދި މިހާރު ތައްޔާރުވަމުންދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެފްޑީސީން ބުނީ، ކުނި […]

ތިލަފުށީ އެކްސިޑެންޓު: ލޮރީ ޑުރައިވަރު ބަންދުން ދޫކޮށްލައިފި

ތިލަފުށީގައި ހިނގި އެކްސިޑެންޓުގައި ލޮރީ ދުއްވަން އިން ޑުރައިވަރު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ. އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތްކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހުނު މައްސަލައިގައި ބުރާސްފަތި ދުވަހު ހައްޔަރުކުރީ، އެ އުޅަނދު ދުއްވަން އިން 28 އަހަރުގެ އިންޑިއާ ފިރިހެންމީހާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުގައި ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައި ވަނިކޮށް ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައެވެ. އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ހެތްކެއް ހުށަހަޅާފައި […]

ގަވައިދާ ޚިލާފަށް ސިނގިރޭޓު ވިއްކި ބިދޭސީއަކު ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ހައްޔަރުކޮށްފި

ގަވައިދާ ޚިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ ސައްދާމު ހުސެއިން (32އ) ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، 12 ސެޕްޓެންބަރުވީ ހުކުރު ދުވަހު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކަންނެލި ޖެޓީ ކައިރިން، އޭނާގެ ޢަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައިފާސްކުރި ކަމަށެވެ. މިގޮތުން ބަލައިފާސްކުރިއިރު، އޭނާ އަތުން 53،000ށްވުރެ ގިނަ ރުފިޔާއާއި ގިނަ އަދަދެއްގެ ސިނގރޭޓު ފޮއްޓާއި ސިނގިރޭޓު ހެދުމަށް […]

ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަނގުލަދޭޝް ދެ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހުއެވެ. މި ދެ މީހުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި، ބަލައިފާސްކޮށް އަދި އެ މީހުން […]

ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދެނީ

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރު 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީލަންކާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާދެމުން އަންނައިރު އެ ހާދިސާގައި ސީރިއަސް […]