ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ދެން ޖަހައިދޭނީ އެމްކިޔުއޭއިން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ދެން ޖަހައިދޭނީ އެ އޮތޯރިޓީން ކަމަށް އެމްއިޔުއޭއިން ބުނެފިއެވެ. މިގޮތަށް އުސޫލު ބަދަލުކޮށްފައި މި ވަނީ ޞައްޙަ ނޫން ސެޓުފިކެޓުތަކުގެ މައްސަލަތައް ފެންމަތިމަވުންދާ މިންވަރު އިތުރުވަމުންދާން ފެށުމުންނެވެ. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ރ)އަށް ރިޢާޔަތްކޮށް އެ އެތޯރިޓީން މިފަދަ އުސޫލެއް އެކުލަވާލިއިރު، އެ ގާނޫނުގެ އެ މާއްދާއަށް ރިޢާޔަތްކޮށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ ގަވައިދެއް ދިވެހިރާއްޖޭގެ […]
މާލޭގެ މަގުތަކުގައި ޕާކިންއަށް ދޫކުރި ތަންތަން އާންމުންނަށް ހުޅުވާލަނީ

މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ. މިކަންހާމަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުއްޔަށް ނުދެވޭނެ […]
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. https://youtube.com/watch?v=OAefKiUFV2s%3Fsi%3Dkb38lAmZfuB_aDz އެހެންކަމުން ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް […]
ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ނިންމަވައިފި

ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން އެ މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ […]
ކުރީގެ ރައީސުންނާއި މެންބަރުންގެ ޢިނާޔަތްތަކަށް ބަދަލު ގެންނަނީ

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބިދޭ ޢިނާޔަތްތަކަށް ބަދަލު ގެންނެވުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ ބައެއް ޢިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން ޢިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި، […]
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރަނީ

ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ ބައެއް ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކާއި، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ […]
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އުފަންވާ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެ ދާއިރާގެ ތާރީޚީ ލިޔުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ […]
މަސްތުވާތަކެތީގެ މައްސަލާގައި ލަންދޫން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ނ. ލަންދޫން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 6ވަނަ ދުވަހާއި 8ވަނަ ދުވަހު ލަންދޫ ފުލުހުންގެ މަރުކަޒުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ، މި މަހުގެ 6ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ، މާލޭން ނ އަތޮޅަށް ދަތުރުކުރަމުންދިޔަ ފެރީއަކުން ލަންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / […]
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ހޯދައިފި

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، އެ ސަރަހައްދު ބަލައިފާސްކޮށްފައި ވަނީ މި ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެމީހުން ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެ ސަރަހައްދު ބެލިބެލުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، އެ ތަކެތި ފެނިފައިވަނީ ކަންނެލި […]
ސިނަމާލެ ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް

ސިނަމާލެ ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އާރްޓީއެލް ބަހަކާއި ތިން ސައިކަލެއް ޖެހިގެންނެވެ. އޭގެތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނެއެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަގޮތުގައި ހާދިސާގައި ހިމެނޭ އެއް ސައިކަލު އޮތީ ބަހުގެ އަރިމަތިން ބަސްދަށުވެފައެވެ. މި ހާދިސާގައި އަނިޔާވެގެން ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވީނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.