އިޓަލީގެ ސްކޫލްތަކުގައި ބުރުގާ އެޅުމާއި މޫނު ނިވާކުރުން މަނާ ކުރަން ކެބިނެޓްގައި އެއްބަސް ވެއްޖެ

Loading

September 25, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިޓަލީގެ ސްކޫލްތަކުގައި ބުރުގާ އެޅުމާއި މޫނު ނިވާކުރުން މަނާކުރުމަށް އެގައުމުގެ ކެބިނެޓުން ނިންމާފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން މޫނު ބުރުގާ އެޅުންވެސް މަނާކޮށް އަދި މި އުސޫލާ ހިލާފުވާ ބެލެނިވެރިން ބޮޑު އަދަދަކުން ޖޫރިމަނާކުރަން ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.


އަލަށް އަމަލު ކުރަންފަށާ ގަވާއިދުގެ ދަށުން އިޓަލީ ގެ ރައްޔިތުންނަށް ނުވާ، އަދި އިޓަލީ ބަސް ނޭގޭ ކިޔަވާ ކުދިންގެ ނިސްބަތް ތިރީސް އިންސައްތަޔަށް ވުރެ އިތުރު ނުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިފިޔަވަޅާގުޅިގެން ބޮޑުވަޒީރު މެލޯނީ ވިދާޅުވީ މިއީ ހަމަ ބުއްދިން ވިސްނައިގެން އެޅި ފިޔަވަޅެއްކަމަށާ މިކަމުން މުޖްތަމައު ބައިބައި ވުމުގެ ބަދަލުގައި މުޖްތަމައުގައި ބަދަހިކަން އިތުރު ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.މީގެ އިތުރުން ހުރިހާ ކިޔަވާ ކުދިންވެސް ސްކޫލް އަށް ދާންވާނީ މޫނު ނިވާނުކޮށްކަމަށް މެލޯނީ ވިދާޅުވެފައި ވެއެވެ.
މިގަވާއިދުގެ ދަށުން ސިއްހީ ނުވަތަ ސަލާމަތީ ޚާއްސަ ސަބަބަކަށްޓަކައި މެނުވީ ކާކުކަން ނޭގޭގޮތަށް މޫނު ނިވާކޮށްގެން ސްކޫލް ހަރަކާތްތަކުގެ އިތުރުން ސްކޫލުން އިންތިޒާމް ކުރާ އިތުރު ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެއެވެ.
މިއުސޫލާއި ޚިލާފްވާ ކުދިންގެ މައިންބަފައިން ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރާނެކަންވެސް ވަނީ ހާމަ ކޮށްފައެވެ.
ނިޤާބް އަކީ ހަމައެކަނި ދެލޯ ފެންނަ ގޮތަށް އަޅާ ބުރުގާއަކަށްވާއިރު ބުރުގާ ކިޔަނީ ބޮލާ މޫނާއެއްކޮށް ނިވާކުރަން އަޅާ މޫނު ބުރުގާ އަށެވެ.
ގިނަ ދިވެހިން މޫނު ފެންނަ ގޮތަށް މިއަޅާ ބުރުގާ އަކީ ހިޖާބް އެވެ.
އެގައުމުގެ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ މިފިޔަވަޅަކީ ހަމައެކަނި ކިޔަވާކުދިންނަށް އިޓަލީ ބަސް ދަސްކޮށް ދިނުމަށް ބާރު އެޅުމަށް އެޅި ފިޔަވަޅެއްކަމުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް