މީޑިއާ ބިލު ތަޞްދީޤު ނުކުރެއްވުން އެދި އެމްއެމްސީން ރައީސަށް ސިޓީއެއް

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަޞްދީޤު ނުކުރެއްވުން އެދި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. މި ކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ، ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަޖިލީހުން ބިލު ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ. ރައީސަށް ސިޓީ ފޮނުވީ އެ ބިލަކީ މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލެއް ކަމަށް ދެކޭތީ ކަމަށް […]
ވީއައިއޭގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފިއެވެ. މި ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިޤުލް އިސްލާމް (30އ) އެވެ. ފުލުހުން ބުނީ އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. ”ޓޫރިސްޓު […]
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން އޭނާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު ރައްބީ (32އ) ކަމަށެވެ. ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. އެގޮތުން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ […]
މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ ގެއެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 7.22ގައި ކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެ މީހާގެ ކަރަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން ދާކަމަށެވެ.
ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ޞައްޙަ ވިސާ ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ހީނާމާގެ ޕާކިންގ ސަރަހައްދުގައި މި މަހުގެ 14ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 19 ބިދޭސީން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކުވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ […]
ފުށިދިއްގަރު ފަރަށް އުރުނު ލޯންޗަކުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި

ރޭ ދަންވަރު ފުށިދިއްގަރު ފަރަށް އުރުނު ލޯންޗަކުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. ފުލުހުން ބުނީ، 8 މީހުންނާއެކު ދަތުރުކުރި މި ލޯންޗު ފަރަށް އުރިފައިވަނީ ރޭ ދަންވަރު 12.45ހާއިރު ކަމަށެވެ. މި ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްތެރިކަމާއެކު މާލެގެނެވިފައި ވާކަމަށާއި، ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެއެވެ. އުރުނު ލޯންޗުގެ ވެރިފަރާތުން ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
ޞައްޙަ ނޫން ސްލިޕްތަކެއް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ޞައްޙަ ނޫން ބޭންކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ، މުޙައްމަދު ޝާރިފް (37އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި، މި މަހުގެ 12ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ، ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަތުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކިކަމަށް ބުނެ ޞައްޙަ ނޫން ސްލިޕް ފޮނުވާކަމުގެ ތުހުމަތުގައި ކަމަށެވެ. މިހާތަނަށް ބެލިބެލުމުން، ޞައްޙަ ނޫން […]
އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެ

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ […]
ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. “މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވަމެވެ. […]
ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، މި ލޯނު ސްކީމްގެ މަގުސަދަކީ، ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގެ […]