ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދަން ޚާއްސަ އޮޕަރޭޝަނެއް ފަށަނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަދު ފަށާ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށެވެ. އަދި […]

ފަރުވާ ދެނިކޮށް ޑޮކްޓަރަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރީ, ގދ. ވާދޫ/ ފުރުސަތު, ލޫތު އިބްރާހީމް, 28އ ކަމަށެވެ. ފުލުހުން ބުނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެން އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ޖީބުން ވަޅިއެއް ފެނިފައިވާއިރު […]

ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމަށް “އިސްލާމިކް ލީޑާޝިޕް“ ވޯކްޝޮޕެއް!

ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމަށް “އިސްލާމިކް ލީޑާޝިޕް“ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.   އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ދެ ދުވަހުގެ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 […]

ވ. އަތޮޅުގައި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

ވ. އަތޮޅުގައި ޕާސްޕޯޓާއި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތްތައް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިގޮތުން މި ބައްދަލުވުމުގައި ޕާސްޕޯޓު ޚިދުމަތްތައް ފަށްޓަވާދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާންއެވެ. ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާފަވާއިރު, މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގައި އެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު […]

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްވަތްވާ ސައްބިރް ހޮސައިން (33އ) އާއި، މުހައްމަދު ބަދަލް (52) އާއި އިންޑިއާ އަށް ނިސްބަތްވާ ރާޖު ދަސް (20އ) އެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައި ފާސްކުރުމުގެ ތެރެއިން ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި […]

މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. . މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ. މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމެވެ. އަދި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ […]

1037 ބައިވެރިންނާއެކު ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށަނީ

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް 1037 ބައިވެރިންނާއެކު މިރޭ ފަށަން ހަމަޖެހިއްޖެއެވެ. މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެ ކަމަށެވެ. “އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 […]

ބާސެލޯ ނަސަންދުރާގައި ރޯވި އަލިފާން ނިއްވާލައިފި

މިއަދު ހެނދުނުގެ ވަގުތެއްގައި ބާސެލޯ ނަސަންދުރާގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ރޯވެފައިވަނީ އެތަނުގެ ބިއްދޮށު ފަޅީގައި ބަހައްޓާފައި ހުރި ކުނިތަކެއްގައެވެ. މިހާދިސާަގައި އެއްވެސް މީހަކަށް އަނިޔާވީކަމުގެ މަޢުލޫމާތެއް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ.  ކުރިން ނަސަންދުރަ ޕެލަސް ހޮޓެލްގެ ނަމުގައި ހިންގި އިމާރާތް ހުރި ބިމުގައި މިހާރު ހުޅުވާފައިވާ ބާސެލޯ ނަސަންދުރައަކީ 126 ކޮޓަރިއާއި 118 ސަރވިސް އެޕާޓްމަންޓް ހިމެނޭ، 5 ތަރީގެ ލަގްޜަރީ ހޮޓަލެކެވެ. މި ހޮޓާ އަލުން އިމާރާތްކޮށް، ބާސެލޯ ނަސަންދުރައިގެ […]

ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް

ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްވީ ކްރައިސިސްއިން ޕޯސްޓުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އެތަނުގެ އެތެރޭގެ ތަނެއްގައި ދަނީ ވަރަށް ގަދައަށް ހުޅުހިފައި އަނދަމުންނެވެ. މަންޒަރު ފެންނަގޮތުން، ހުޅު ހިފާފައިވަނީ އެ އިމާރާތުގެ ބިއްދޮށު ފަޅީގައި ހުރި ތަނެއްގައެވެ. ކުރިން ނަސަންދުރަ ޕެލަސް ހޮޓެލްގެ ނަމުގައި ހިންގި އިމާރާތް ހުރި ބިމުގައި މިހާރު ހުޅުވާފައިވާ ބާސެލޯ ނަސަންދުރައަކީ 126 ކޮޓަރިއާއި 118 ސަރވިސް އެޕާޓްމަންޓް ހިމެނޭ، 5 ތަރީގެ ލަގްޜަރީ ހޮޓަލެކެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ޓޯ ކުރަނީ

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ.   ޓޯ ކުރަމުންދަނީ އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ހުރި އުޅަނދުތަކާއި ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިއީ، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމާއެކު މިފަދަ ގޮތްގޮތަށް އުޅަނދުތައް ޕާކުނުކުރުމަށާއި އަދި، ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އުޅަނދުތައް ދުއްވާ […]