ފުލިދޫ ސަރަހައްދުގެ ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަނީ

ވ.ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށުގެ ބޮޑު ސަރަހައްދަކަށް ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލިން މިހާރު ދަނީ ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަމުން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ގޮތުގައި ކަޅުތެޔޮ ފެތުރިފައިވަނީ ރަށުގެ ހުޅަނގު ދެކުނު ފަރާތު ގޮނޑުދޮށަށެވެ. އެދިމާއިން ގޮނޑުދޮށުގައި އެއްކޮޅުން އަނެއްކޮޅަށް ވަނީ ތެޔޮ ފެތުރިފައެވެ. މިއީ ތެޔޮ އުފުލާ ބޯޓަކުން މޫދަށް އެޅުނު […]
ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. […]
މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ކަފިހިހުރަސް މަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުގެ ރޭ 9:30ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރަކުން ޖެހިގެންނެވެ. ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން […]
ކާގޯ ބޯޓަކުން އިންޑިއާ މީހަކު ކަނޑަށް ވެއްޓިގެން ހޯދަން ފަށައިފި

ކާގޯ ބޯޓަކުން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓި ގެއްލިގެން އޭނާ ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ރޭ ބުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:35 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކަނޑާއި ވައިގެ […]
ބޭހެއް އާސަންދައިން ކަވަރު ނުކުރާކަމަށް ބުނާނަމަ ޝަކުވާ ހުށަހެޅުމަށް އާސަންދައިން އެދިއްޖެ

އާސަންދައިން އެއްވެސް ބޭހެއް ކަވަރު ނުކުރާކަމަށް ބުނާނަމަ ބޭސް ފިހާރައިގެ މަޢުލޫމާތާއެކު ޝަކުވާ ހުށަހެޅުމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނެފައިވަނީ ”ތައިރަނޯމް 25 މައިކްރޯގްރާމް“ އާސަންދައިން ނުލިބުނު ކަމަށާއި، އެކި ބޭސްފިހާރަތަކުން ތަފާތު ބޮޑު އަގުތަކުގައި އެ ބޭސް ލިބެންހުރި ކަމަށް ބުނެ، ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު ފޭސްބުކްގައި ޕޯސްޓެއް ކުރުމާ ގުޅިގެންނެވެ. ”މިއީ އަޅުގަނޑުގެ 6 އަހަރަށްދާ ޑައުންސިންޑްރޯމް، އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ދަރިފުޅު ގަވާއިދުން […]
ހުޅުމާލޭގައި ހުންނަ އާންމު ބަލިތަކާ ބެހޭ ކްލިނިކުގެ ޚިދުމަތް 24 ގަޑިއިރަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލުގެ އާންމު ބަލިތަކާ ބެހޭ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށައިފިއެވެ. މާލެ ގްރޫޕް އޮފް ހޮސްޕޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެއިން ފެށިގެން އެ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމުގެ މަތިން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފެށި ޚިދުމަތެއް ކަމަށް ޙަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުކުރު ދުވަސް […]
މާލެއާއި ވިލިމާލޭގައި ހުންނަ ކާބޯތަކެތި ހަދާ ތަންތަން ބަލައިފާސްކުރަނީ

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، މާލެއާއި ވިލިމާލޭގައި ކާބޯތަކެތި ހަދާ ތަންތަން ބަލައިފާސްކުރަން ފަށައިފިއެވެ. މި ގޮތުން، ބަލައިފާސްކުރުމަށް ހަމަޖެހިފައިވަނީ ސައިހޮޓާ، ކެފޭ/ރެސްޓޯރެންޓް، ޓޭކްއަވޭ, އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަދީފައިވާ އެހެނިހެން ތަންތަނާއި، ހުއްދަ ނުނަގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނެވެ. އަދި، އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި […]
ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އެހީތެރިވާ ދިވެހިންނަށް ފިޔަވަޅު އަޅަނީ

ގާނޫނާއި ގަވައިދާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިވާ ދިވެހިން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙު ވިދާޅުވެއްޖެއެވެ. ޕީއެސްއެމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ފަޞީޙު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގިނަ ވިޔަފާރިތަކެއް ގަވައިދާ ޚިލާފަށް ހިންގާއިރު، މިފަދަ ވިޔަފާރިތަކުގެ ފަހަތުގައި ދިވެހިން ތިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ. އެހެންކަމާއެކު، ގާނޫނުގައިވާ ގޮތުގެ މަތިން މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަޞީޙު މި މޭރުމުން ވާހަކަފުޅުދައްކަވާފައި މި ވަނީ، […]
އެންސްޕާއިން މިދިޔަ މަހު އެހީގެ ގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވޭ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ އޯގަސްޓް މަހު އެހީގެ ގޮތުގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފާއިތުވި މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14492 މީހަކަށް މާލީ އެހީގެ ގޮތުގައި 52،664،000 (ފަންސާސް ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް) ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ މަހު އަލަށް މި ދަފުތަރުގައި 125 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން […]
ފެންފޯއް ރުކަކުން ވެއްޓި މީހަކަށް ބޮޑު އަނިޔާއެއް

ލ. ގަމުގައި ރޭ ފެންފޯއް ރުކަކަށް އަރައި އޮއްވާ ވެއްޓުނު މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ރުކަށް އަރައި އޮއްވާ ރުއް ބިންދައިގެން ދިއުމުގެ ސަބަބުން އޭނާ ވެއްޓިފައިވަނީ އެތަނުގައި ހުރި ވެލިފުންޏެއްގެ މައްޗަށެވެ. އޭނާއަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އޭނާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ވެއްޓި ނޭވާ ނުލެވިގެން ކަމަށް މަޢުލޫމާތު ލިބިފައިވީނަމަސް، ލިބިފައިވާ އަނިޔާގެ ތަފުސީލެއް […]