މަސްތުވާތަކެތީގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި، މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި، ހދ. ކުޅުދުއްފުށި / މަރިޔާޒް، ޢިނާޔަތު ޢަލީ (34އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުން ބުނީ، ކޯޓު އަމުރެއްގެދަށުން މި މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25ވަނަ […]
ބެނަރތައް ނެގިކަން އެނގުނީ ރާއްޖޭން ބޭރުގައި ހުއްޓައި: ޢާޒިމް

އޮކްޓޯބަރު 3ގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލޭގައި ދަމާފައިވާ ބެނަރތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވެފައިވަނީ، މި އެއްވުމާ ގުޅޭގޮތުން އެމްޑީޕީން ދަމާފައިވާ ބެނަރތަކެއް ސިޓީ ކައުންސިލުން ނެގުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިޓީ ކައުންސިލުން މި ތަކެތި ނަގަމުންދާއިރު، ކައުންސިލުގެ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު ކޮބައިތޯއެވެ. މޭޔަރަށް […]
ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙް ނިޔާވެއްޖެ

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޤައުމީ ޓީމުގައި ހިމެނުނު އެއް ކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް (އިފުރާ) މިރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އުމުރުން 36 އަހަރުގެ އިފުރާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އިފުރާއަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް އެޅުނު ލޭތައް ނެގުމަށް އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ނަމަވެސް އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާއެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވާފައެވެ. […]
އިންޑިޔާގެ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ ”އެމްއެސްވީ ޑައުލާ“އިން ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ. އެމްއެންޑީއެފުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށާއި، ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށެވެ. އެ މީހާ ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ސެޕްޓެންބަރު 22ވަނަ ދުވަހުގެ ރޭ 11:35ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެ […]
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. “ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވޭ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް […]
މޫސަ މަރާލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ. މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ މި މައްސަލައިގައި ދައުވާކުރުމަށް […]
އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީކޮށް ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހަދަނީ

ކޮޅުމަޑުލު އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީ ނުކުރެވޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ މިހާރުވެސް އެ […]
ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ރޭ ދަންވަރު 12.00ން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު 12.00ން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ. މިގޮތުން ގެނެވިފައިވާ އަންނަނިވި ބަދަލުތަކަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. * އުޅަނދުތައް އެއާޕޯޓަށް ވަނުމަށް އެންމެ ބޭރު މަގު ބޭނުންކުރުން. * އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ޓެކްސީ މަޑުކުރާ […]
އެސްޓީއޯ އިން ބާޒާރަށް މިރުސް ނެރެނީ ކަނޑޫދޫ ވިޔަފާރިވެރިންނަށް ގެއްލުން ނުވާގޮތަށް

އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް […]
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މިސްކިތް ”މަސްޖިދު ޢުމަރު ފާރޫޤް“ އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މިސްކިތް ”މަސްޖިދު ޢުމަރު ފާރޫޤް“ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ތ. ވިލުފުށީގައި ހުންނަ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގައެވެ. އެގޮތުން އެ ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެ ކަމަށް ރައީސް ވަނީ ރޭ […]