ޑިމޮކްރަސީ ވެރިކަމެއްގައި ލަދުހަޔާތް ނެތިގެންދާނެ

ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތައާރުޕުވުމާގުޅިގެން ސިޔާސީ އެކުވެރިންނާ ދުޝްމަނުން ވަކިކުރުން ވަރަށް އުދަނގޫ ކަމަކަށް ވެއްޖެއެވެ. އޭގެ ކުރިން ދިވެހިރާއްޖޭގައި އޮންނަނީ ހަމައެކަނި ނަމޫނާ ޑިމޮކްރެސީއެކެވެ. އެ ދުވަސްވަރު ސިޔާސީ ގޮތުން މީހަކު ދުޝްމިނުވެއްޖެކަން އެނގޭ ހިސާބުން އެމީހަކު މުރުތައްދު ވުމަށްވުރެންވެސް ބޮޑު ކުށްވެރިވާނެއެވެ. ގާނޫނުލް އުގޫބާތުގައިވެސް އެކަން އެގޮތަށް އޮންނަނީ ކަނޑައަޅާފައި ކަމަށް ވެއެވެ. ސަރުކާރާ ދެކޮޅު ވިސްނުމެއް ނުގެންގުޅެވޭނެއެވެ. ޑިމޮކްރެސީގައި ދިމާކުރުން އޮންނަން ޖެހޭނެކަމަށް ލިއެފާއޮވއެވެ. އެއީ ޑީމޮކްރެސީގެ މަތިވެރި އަސާސެކެވެ. އަޅުގަނޑުމްންނަށް އާކަމަކަށް […]
24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

24 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން އިއްޔެ ބުނީ މި މަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.އަދި އައިޖީއެމްއެޗުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 24 އަހަރުގެ […]
ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި އުޅޭތާ 15 އަހަރު ވުމުން

މާލެ ސަރަހައްދުން މި ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އެ އުސޫލުގައި ހިމަނައިފި އެވެ.
ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަށް ލުއިކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް […]
އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ 10ނޮވެންބަރު 2025ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށެވެ. ެއެގޮތުން މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް […]
ކަނޑު އުޅަނދުފަހަރުގެ ކަންކަން ބެލުމަށް އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް

ކަނޑު އުޅަނދުފަހަރުގެ ކަންކަން ބެލުމަށް އެމްއެންޑީއެފުން ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ، މިއީ މިހާރަކަށްއައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ގިނަވެފައި ވުމާއެކު ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. މިފަދަ ވަރަށް ގިނަ ހާދިސާތަކުގައި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އަތުގައި ލައިސަންސް ނޯންނަކަން ފާހަގަކުރެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ފެށުނު އޮކްޓޯބަރު މަހުގެ ތެރޭގައި މި އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާއިރު، ދާދި ފަހުންވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އޭގެތެރޭގައި، މިދިޔަ ޖުލައި […]
ކައްދޫ އެކްސިޑެންޓު: މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން މި […]
ފަޅު ގެއެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުން: ފުލުހުން ދަނީ މައްސަލަ ބަލަމުން

އުތުރުގެ ރަށެއްގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިންތަކެއް އެ ފުރާގެ އެހެން ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފުލުހުން ބަލަން ފަށާފައި މި ވަނީ މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވަނިކޮށެވެ. މި ކަން ހިންގާފައިވަނީ ފަޅު ގެއެއްގެ ތެރެއަށް އެ ކުއްޖާ ގެންގޮސްގެން ކަމަށް މަޢުލޫމާތު ލިބެއެވެ. ދައުރުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އެ ކުއްޖާގެ ކަންފަތްމަތީގައާއި ބޮލުގައި، އަދި ބޮނބިފަޅިމަތީގައި ގޮށްމުށްކަވާފައި ދެ ކުއްޖަކު […]
ސިވިލް، ޝަރުޢީ ދާއިރާ، އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރުން ފެށިގެން ބޮޑުކުރަނީ

ޕޭ ހާމަނައިޒޭޝަންގެ ތެރޭން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް، ޝަރުޢީ ދާއިރާ، އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރުގެ ނޮވެމްބަރު 1 ން ފެށިގެން ބޮޑުކުރުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މި އަހަރު ބޮޑުވާނެކަމަށް ވާނީ ވިދާޅުވެފައި ކަމަށެވެ. ހަމަ އެއާއެކު، މި އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ […]
އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވޭ: އެމްއެންޑީއެފް

ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައި ކަމަށެވެ. މި ހާދިސާގައި އަލިފާން ނިއްވަން އުޅުނު ފަޔަރފައިޓަރެއްގެ ހާލުދެރަވެގެން ސެނަހިޔަ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:00ހާއިރު ކަމަށާއި، […]