ލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެ ޤައުމުގައި ހުންނަ ރާއްޖޭޭގެ އެމްބަސީން އެދިއްޖެއެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ލަންކާގައި ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވުމަށާއި ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އިލްތިމާސް ކޮށްފައެވެ. ހަމައެހެންމެ ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ […]
ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ރަނިލް ގޮވާލައިފި

ސްރީ ލަންކާގެ މުސްލިމު މުޖުތަމައުން އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ޤައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ރަނިލް ވިކްރަމަނސިންހަ ގޮވާލައްވައިފިއެވެ. ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ […]