ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެ ޤައުމުގައި ހުންނަ ރާއްޖޭޭގެ އެމްބަސީން އެދިއްޖެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ލަންކާގައި ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވުމަށާއި ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އިލްތިމާސް ކޮށްފައެވެ.
ހަމައެހެންމެ ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ ޤައުމުގެ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށް ވެސް އެ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ އެމްބަސީން ވަނީ ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށާއި ކުރިޔަށް އޮތް ހަފުތާ ބަންދުގެ ދުވަސްތަކަށް ވިސްނައި، ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށްވެސް އެދިފައެވެ.