އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ”ޖެންޒީ“ ގެގޮތުގައި މިހާރަކަށް އައިސް ސިފަކުރެވޭ ޒުވާނުންގެ ޖީލުގެ ގިނަ ކުދިންގެ ރަހުމަތްތެރި އެއްނޫނެވެ.ނުވަތަ އެމީހުން ރުހޭ ލީޑަރަކަށް ވެސް ނުވެދާނެއެވެ. ނަމަވެސް މޯދީ، ޒުވާނަކަށް ވެވަޑައިގެން އެމީހުންނާ މުޚާތަބް ކުރައްވައި ރީލް ތަކާއި ވީޑިއޯތައް ހައްދަވަމުން ދާތަން މިދުވަސްކޮޅު ވަރަށް އެބަފެނެއެވެ.
އުމުރުފުޅުން 75 އަހަރުގެ މޯދީގެ ވެރިކަމުގައި މިހާތަނަށްވެސް އާންމުންނަށް ފެންނަމުން އައީ ލިޔެވިފައިވާ ސްޕީޗްތަކާއި ރަސްމީ ބްރޯޑްކާސްޓް ތަކުގެ ތެރެއިންނެވެ.އެހެން ގޮތަކަށް ބުނާނަމަ ފަރުވާތެރިކަމާއެކު ކުރިޔާ ރާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ނެވެ. މިކަމުގެ މަގްސަދަކީ މޯދީ އަކީ ”ސްޓްރޯންގމޭން“ ނުވަތަ ވަރަށް ވަރުގަދަ ހިއްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމެވެ.
ފާއިތުވި މަހެއް ދެމަހެއްހާ ދުވަހުގެތެރޭ މޯދީ ވަނީ އާންމު ތަންތަނުން ފެނުމުގައި ތަންކޮޅެއް ”ކެޝުއަލް“ ނުވަތަ އާދައިގެ ގޮތްތަކެއް ގެންގުޅުއްވަން ފައްޓަވާފައެވެ.ޚާއްސަކޮށް ޒުވާނުންގެ މެދުގައި މަގްބޫލް ސޯޝަލް މީޑިޔާ ޕްލެޓްފޯފް އިންސްޓަރގްރާމް އަށް މޯދީވަނީ ޖެންޒީ ރީލްތައް ލައްވަން ފައްޓަވާފައެވެ.މޯދީގެ ޓައިމް ލައިނުން މިހާތަނަށް ޖެހެންދެންވެސް ފެންނަން ހުންނަނީ ފަރުވާތެރިކަމާއެކު ޕްލޭން ކުރެވި،އަމަލު ކުރެވިފައިވާ ޕޯސްތްތައް ނަމަވެސް މިހާރު ”ގެޓް-ރެޑީ-ވިތުމީ“ ފަދަ ތަންކޮޅެއް ”ކެންޑިޑް“ ރީލްތައް ފެނުން ވަނީ އާންމުވާން ފަށާފައެވެ.އަދި ޒުވާނުންނަކީ މޯދީގެ ފްރެންޑްސް ގެ ގޮތުގައި ސިފަ ކުރައްވަމުން ޒުވާނުންނަށް މުޚާތަބް ކުރައްވާ، ސެލްފީ ސްޓައިލް ޕޯސްޓްތައް ވެސް ލުން ވަނީ އިތުރު ކުރައްވާފައެވެ.
އިންސްޓަގްރާމްގައި ނަރެންދުރަ މޯދީގެ 106 މިލިއަން ފޮލޮވަރުން ތިބެއެވެ.އެހެން ކަމުން މޯދީވަނީ އިންސްޓަގްރާމްގައި އެންމެ ގިނަ މީޙުން ފޮލޯ ކުރާ އެއް ދުނިޔޭގެ ލީޑަރަށް ވެފައެވެ.
ފާހަގަ ކުރެވޭ ގޮތުގައި ނަރެންދުރަ މޯދީގެ ސޯޝަލް މީޑިޔާ ޕޯސްތްތައް ބަދަލު ކުރައްވަން ފައްޓަވާފައިވަނީ މިއަހަރު ފެށިފައިވާ ޒުވާނުންގެ މުޒާހަރާތަކާއި ގުޅިގެންނެވެ. ޒުވާނުންގެ ގިނަބަޔަކު ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ތައް ފަށާފައިވަނީ ކުރަފިޕާޓީގެ ނަމުން ނަންދެވިފައިވާ ކޮކްރޯޗް ޖަންތާ ޕާޓީންނެވެ.އެޕާޓީގެ ގިނަ މެމްބަރުންނަކީ ޒުވާނުން ކަމަށްވާއިރު މީމްތަކާއި ލައިވް ސްޓްރީމް ތައް އަދި އިންސްޓަގްރާމް ރީލްތައް މެދުވެރިކޮށް ޕާޓީން ދެމުން އައި މެސެޖްތައް ގިނަ ބަޔަކު ގަބޫލުކޮށް އިހުތިޖާޖް ކުރުމަށް މަގުތަކަށް ނިކުތެވެ. އަދި ނަތީޖާއެއްގެ ގޮތުން ވަނީ މިނިސްޓަރަކު އިސްތިއުފާ ދެއްވުމަށް މަޖްބޫރު ކުރުވާފައެވެ.
ސީ.ޖޭ.ޕީ އަކީ ޖޯކެއްގެ ގޮތުގައި ފެށިގެން އައި ޕާޓީ އެއްނަމަވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އެޕާޓީން ދެމުން އައި މެސެޖް ތައް އާންމުންނަށް ފޯރާލެއް ވަރުގަދަ ކަމުން ވެރިކަން ކުރާ ބީޖޭޕީ އަށް ވީ ހައިރާން ކުރުވާފަދަ ކަމަކަށެވެ.
އިންޑިޔާގެ އާބާދީ ގެ 60 އިންސައްތަ އަކީ 1997 -2012 އާއި ދެމެދު އުފަން ވެފައިވާ،ޖެންދީ ގްރޫޕަށް ނިސްބަތްވާ ޒުވާނުންނެވެ.އަދި 2029ގެ އާންމު އިންތިޚާބް އަންނަން ވާއިރު އެންމެ ބޮޑު ވޯޓިން ބްލޮކް އަކަށްވާނީވެސް ޖެންޒީ އެވެ. ނުވަތަ ޒުވާނުންނެވެ.
އެހެން ކަމުން ޒުވާނުންގެ ހިތްތައް ފަތަހަ ކުރުމަށްޓަކާ،އެޑިޓް ނުކޮށް ހުންނަ، އަދ ޒާތީ ވީޑިއޯތައްވެސް ލާ ޕްލެޓްފޯމް އިންސްޓަގްރާމް އަށް ގިނަ ގިނައިން ވަނުމަށް މޯދީ އަށް ވެސް ވަނީ މަޖްބޫރު ވެފައެވެ.މޯދީ ކުރިން ދޫކުރައްވަމުން ގެންދެވި ”ޓްރެޑިޝަނަލް“ ސިޔާސީ މެސެޖް ތަކަށް ވުރެ މިފަދަ މެސެޖް ތަކުން މަގްސަދު ހާސިލް ވާލެއް ފަސޭހަ ވީމައެވެ.
މޯދީގެ ޖެންޒީ ޕޯސްތްތައް އިންސްޓަގްރާމްގައި ގިނަވާން ފެށުމުން ގިނަ ޒުވާނުންނަށް ފެނުނީ އެޕޯސްޓްތަކުގައި ހުރި ކުށްތަކެވެ.އަދި މަލާމާތުގެ ބަސްތަކާއެކު ރީޕޯސްޓް ކުރަން ފެށިއެވެ. ވީޑިއޯ ތަކުގެ ލައިޓީން އަދި ކެމެރާ އެންގަލް ތަކަށް ޒުވާނުން ފާޑު ކިޔަން ފެށުމުން މޯދީގެ ޓީމުން އެކަންކަން ރަގަޅު ކުރަންވެސް މަސައްކަތް ކޮށްފައި ވެއެވެ.
މޯދީގެ ވީޑިއޯ ތަކުގައި ޖެންޒީ ބަހުރުވަ އަދި ފޯމެޓްތައް ބޭނުން ކުރައްވަމުންގެންދެވިނަމަވެސް ޒުވާނުންގެ ކަންބޮޑުވުންތަކަށް ވެރިކަންކުރާ ޕާޓީން އެޑްރެސް ނުކުރާކަން ޒުވާނުން ފާހަގަ ކުރެއެވެ. މިސާލަކަށް ޕޭޕަރު ލީކްވި މައްސަލައިގައި އިމްތިހާންބާތިލުކުމާއި ގުޅިގެން ފެށި އިހުތިޖާޖްތައް ކުރިޔަށް ދަނިކޮން އެވާހަކަ ނުވެސް ދައްކަވާ މޯދީ ޕޯސްތްތައް ކުރެއްވިކަން ޒުވާނުން ފާހަގަ ކުރެއެވެ.
އިންސްޓަގްރާމް އަށް ބަދަލުވީ ހަމަ އެކަނި ނަރެންދުރަ މޯދީ އެއްނޫނެވެ. ބީޖޭޕީގެ ސޯޝަލްމީޑިޔާ ޕޭޖްތަކުން ވެސް ވަނީ ޖެންޒީއަށް އަމާޒުކޮށް ޕޯސްޓް ތައްކުރަން ފަށާފައެވެ. ނަމަވެސް މިފަދަ ޕޯސްޓް ތަކަށް ގިނަފަހަރަށް ލިބެނީ ޒުވާނުންގެ ނުރުހުމާއި ނަފްރަތެވެ. ޖިމް އެއްގައި ނަގާފައިވާ ވީޑިއޯ އެއްގައި ޒުވާނުން މުޒާހަރާތަކާ ދުރުވާން ޖެހޭ ކަމަށް ބުނެ ބީޖޭޕީން ވީޑިއޯ އެއްލުމުން ވަރަށް ގިނަ ޒުވާނުން އެވީޑިއޯ ޝެއާކުރީ ”ކްރިންޖް“ މި ސުރުހީގެ ދަށުގައެވެ. މާނައަކީ ޒުވާނުން ނިކުތީ ހަލާކުވެފައިވާ ތައުލީމީ ނިޒާމް ރަގަޅު ކުރުމާއި ސްކޫލްތަކުގައި ފާހާނާ ހަދާދިނުން ފަދަ ކަންކަމަށް ގޮވާލާކަމަށް ވީނަމަވެސް ސަރުކާރުން އެކަންކަމަށް އިސްކަން ނުދީ ޒުވާނުން ގެޔަށް ވައްދަން އުޅޭތީ ލަދުވެސް ގަންނަ ކަމަށް ބުނެފައެވެ.
މީޑިޔާ ރިޕޯޓްތައްބުނާ ގޮތުން ނަރެންދުރަ މޯދީ ބުދަވަހު ބޭއްވެވި ކެބިނެޓް ބައްދަލް ވުމެއްގައި، ޒުވާނުންނަށް ބޮޑަށް ފޯރާނެ ގޮތަށް ސޯޝަލް މީޑިޔާ ހަރަކާތްތައް އިތުރު ކުރުމަށް މިނިސްޓަރުން ނަށްވެސް ވަނީ އަންގަވާފައެވެ. އަދި ޕާޓީގެ ސޯޝަލް މީޑިޔާ ޗީފްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ހުރި އަމިތު މަލްވިޔާ ވަނީ އެމަސައްކަތް ނުކުރެވޭ ކަމަށް ބަލާ އެމަގާމުން ވަކި ކޮށްފައެވެ.
ވަރަށް ގިނަބަޔަކު ބުނާގޮތުގައި ޒުވާނުންނާ ގުޅެން މޯދީ މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ގުނެމުން މިދަނީ ނަރެންދުރަމޯދީގެ ވެރިކަމުގެ ފަހު ދުވަސްތަކެވެ. ސެޕްޓެމްބަރ 17 ވަނަ ދުވަހަކީ މޯދީ ގެ އުފަން ދުވަސް ކަމުން އެދުވަހަށް ބަލާލާލެކަމަށާ އެދުވަހުގެ ފަހުން އިސްތިއުފާ އަށް ގޮވާލާ އަޑު ޒުވާނުން ގަދަ ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
![]()
