ހަތް އަހަރުގެ ކުއްޖަކު އުސްފަރުބަދައެއްގައި އެކަނި ބޭންދި ބައްޕައަކަށް ފިޔަވަޅު އަޅައިފި

Loading

Facebook
Twitter
WhatsApp

 

ޖަޕާނުގައި ހުންނަ އެންމެ އުސްފަރުބަދަ މައުންޓް ފުޖީ އަށް ކުޑަ ދެދަރިން ގޮވައިގެން އަރަންދިޔަ ބައްޕަޔަކު، ފަރުބަދައިގެ ވަކިހަމަޔަކަށް އެރުމަށްފަހު އެތަނުން އެއްކުއްޖަކު އެކަނި ތަނަކަށް ދޫކޮށް މައްޗަށް އެރުމުން އޭނަޔާއި މެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިފިއެވެ.
ހަމައެކަނި ލުއިކާނާ ޕެކެޓަކާ ސޮފްޓް ޑްރިންކެއް އަތަށް ދިނުމަށްފަހު އުމުރުން ހަތް އަހަރުގެ ކުއްޖާ އެކަނި ދޫކޮށް ބައްޕަދިޔަ ހިސާބަކީ ބިމުން ފެށިގެން ގާތްގަނޑަކަށް ދެހާސް މީޓަރު އުސް ހިސާބެއް ކަމަށް ވެއެވެ.ކުއްޖާ އެހެން މީހުންނަށް ފެނިފައިވަނީ ވިއްސާރަ ވެހެން ތައްޔާރުވެ، ދުންފިނީގެ ހާލަތު އޮތް ތަނެއްގައި ހުރި ދިގު ގޮނޑިއެއްގައި އެކަނި އިންދާކަމަށް ވެއެވެ.

 

ފަރުބަދަޔަށް އެރުމުގެ ދަތުރުގައި މައްޗަށް އަރަމުންގޮސް އެކުއްޖާ ވަރުބަލިވާކަމަށް ބުނުމުން މިތަނުގައި އިންނާށޭ ކިޔާ ކުއްޖާ އެތަނަށް ދޫކޮށްލުމަށް ފަހު، އުމުރުން 48 އަހަރުގެ ބައްޕަ ދެންހުރި އެޔަށްވުރެ ދޮށީ ކުއްޖާ ގޮވައިގެން ފަރުބަދަޔަށް އެރުން ކުރިޔަށް ގެންދިޔަކަމަށް ވެއެވެ.
ފަރުބަދައިގެ އެންމެ މައްޗަށް އެރުމަށް ހަދާފައިވާ ރޫޓް ތަކުގެ ހަވަނަ ސްޓޭޝަންގައި ކުއްޖާ އެކަނި އިންދާފެނިފައިވަނީ ހަޓްތައް ބެލެހެއްޓުމަށް ތިބޭ މުވައްޒަފުންގެ މީހަކަށް ކަމަށް ވެއެވެ.އަދި ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވެއެވެ. ފުހުންނާއި އެހީތެރިންގެ ޓީމް ތަކުން ކުރިމަސައްކަތުން ކުއްޖާގެ ބައްޕަ ލޮކޭޓް ކުރެވިފައިވަނީ ކުއްޖާހުރިތަނުން ތިންގަޑިއިރެއްހާއިރުން އެރޭ ހިސާބުން، ރޫޓުގެ 8 ވަނަ ސްޓޭޝަން ކައިރިން ކަމަށް ވެއެވެ.
ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ބައްޕައަށް ތިރިޔަށް ފޭބި ކުއްޖާއާއި ބައްދަލްވިއިރު ކުއްޖާއެކަނި ހުންނަތާ 8 ގަޑިއިރު ވަނީ ވެފައެވެ.އޭރު ކުއްޖާވަނީ ވަރުބަލިވެ ބިރުގަތުމުގެ ސަބަބުން ރޮވެންފަށާފައެވެ.
ކުދިންގޮވައިގެން ފަރުބަދަޔަށް އެރުމުގެ ހުވަފެން ދޫކޮށްލާފައިނަމަވެސް ކުއްޖާ އެހާ އުސްހިސާބަކަށް އެކަނި ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށްބުނެ ފުލުހުންނާއި އޮފިޝަލުން އެމީހާއަށް ހަރުކަށިއިބާރާތުން އެއްޗެތި ކީކަމަށްވެއެވެ.އެއަށްފަހު އެފަދަ ގޮތަކަށް ކަންތައް ކުރެވުނީތީ އޭނަވަނީ މައާފަށް އެދިފައި ކަމަށް ވެއެވެ.
މައުންޓް ފުޖީ އަށް އަރަންދާ މީހުންނަށް ފަސޭހަ ކުރުމަށްޓަކާ ބައެއް ރޫޓް ތަކުގައި ފަސްވަނަ ސްޓޭޝަނާ ހަމަޔަށް ޕަބްލިކް ޓްރާންސްޕޯޓްގައި ދެވޭގޮތަށްވެސް ވަނީ ހަދާފައެވެ.އެހިސާބުން އެންމެ އުހަށް އެރުމަށް ފަސްގަޑިއިރު ނަގާއިރު، އެނބުރި ފައިބަން ތިންގަޑިއިރު ނަގާކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް