ސްރީލަންކާގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފި

ސްރީލަންކާގެ މެދުތެރޭގެ އުސްބިންތަކަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަދުވެގެން ހަތް މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރުމަށް އޮގަސްޓް 4 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކުން އަމުރުކޮށްފިއެވެ. ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލީ ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރެއިން ފަސް މީހުން މަރުވީ މެދުތެރޭ ސަރަހައްދުގެ ދެ ގެއެއްގެ މައްޗަށް ބިންގަނޑު ކަނޑައިގެން ގޮސް، ގޭގައި ތިބި […]

ލަންްކާ އަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި 2 ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން 2 ދިވެހިން ހައްޔަރުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ވައިގެމަގުން ލަންކާ އަަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ 40 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.މިދިޔަ ބުދަ ދުވަހުގެ ރޭ،މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރާ 40 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.އޭނާ ހައްޔަރުކުރީ، ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި […]

ބާރުގަދަ ސައިކްލޯން އާއި ގުޅިގެން ސްރީލަންކާގައި ވޮލަންޓިއަރ ކުރުމުގެ ރޫހެއް ފެށިގެން ކުރިޔަށް ދަނީ

ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން ޑިޓުވާ ގެ ސަބަބުން ބޮޑެތި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ހާލުގައި ޖެހުނު މީހުން ނަށް އެހީވުމުގެ ރޫހެއް އެގައުމުގައި ފެތުރިފައިވާކަމަށް ޚަބަރުލިބެއެވެ. މިގޮތުން ތޫފާނުގެ އަސަރު ނުކުރާ ހިސާބުތަކުން އެތައް ހާސް މީހުން އެހީގެ މަރުކަޒުތަކަށް ޖަމާވެ އެހީގެ މަސައްކަތުގައި ވޮލަންޓިއަރ ކުރަމުން ދާއިރު ތަކެތި ފޮނުވުމުގެ ރޫހެއްވެސް ފެށިފައިވާ ކަމަށް ވެއެވެ. އެހީވާން ނިކުމެފައިވާ މީހުންގެ ތެރޭގައި ސްރީލަންކާގެ އެކިއެކި މަޝްހޫރު ފަރާތްތައްވެސް […]

ލަންކާއަށްކުރާ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާއަށް މިހާރު ކުރަމުން އަންނަ ބޯވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވެފައި ވާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ […]

ސްރީލަންކާއަށް ވަރަށް ބޮޑަށް މޫސުންގޯސްވެ، ދިމާވި ހާދިސާތަކުގައި 56 މީހުން މަރުވެއްޖެ

ސްރީލަންކާ އަށް ވަރަށް ބޯކޮން ވާރޭވެހި ގިނަ ހިސާބުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ދިމާވި ހާދިސާތަކުގައި 56 މީހުން މަރުވެއްޖެއެވެ. ނިމުނު ހަފްތާގައި އެގައުމަށް މޫސުން ވަރަށް ގޯސްވެފައިވާއިރު،ފަރުބަދަމަތީގެ ހިސަބުތަކުގައި ބޮޑުވިފެންގަނޑު ކިސަޑާއެކު ދެމިގެންގޮސްފައިވާއިރު މީހުންގެ ގެދޮރާއި ފިހާރަތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވެއެވެ. މިފަހަރުގެ މޫސުމީ ކާރިސާއަކީ ފަހުގެ އަހަރުތަކުގައި ކުރިމަތިވި އެންމެ ގެއްލުންދެނިވި ކާރިސާކަމަށް ހަބަރުލިބެއެވެ. 56މީހުން މަރުވިކަން ޔަގީންވެފައިވާއިރު 21 މީހުން ވަނީ ވީނުވީއެއްނޭނގި ގެއްލިފައެވެ. އެންމެ ގިނަމީހުން މަރުވެފައިވަނީ ފަރުބަދަމަތީގެ ޑިސްޓްރިކްޓެއް ކަމަށްވާ […]

ގައުމުގެ ޑިމޮކްރަސީ އެދަނީ ވަޅުލަމުން: މައިތިރިޕާލަ ސިރިސޭނާ

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހާ ހައްޔަރުކުރުމާއި ހަމައިން ގައުމުގެ ޑިމޮކްރަސީ ވަޅުލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. މައިތިރި ވިދާޅުވި ގޮތުގައި ރަނިލް މިނިވަން ކުރުމަށް އެގައުމުގެ ހުރިހާ ޕާޓީތައް ގުޅިގެން ”ހަނގުރާމަ“ ކުރާނެއެވެ. ސްރީލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ކްމާރަތުންގާ ވެސް ވަނީ ރަނިލް ހައްޔަރު ކުރުމަކީ ޑިމޮކްރަސީ އަށް އެޅުނު ހުރަހެއްކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނީ ވެރިކަމަށް އޮތް ނުރައްކަލެއްކަމަށާ […]

ކޮލޮމްބޯ ޑޮކްޔާރޑްގެ ބޮޑު ހިއްސާއެއް އިންޑިއާގެ މެޒަގަން ޑޮކްޔާރޑް ލިމިޓެޑުން ގަންނަނީ

ސުރުޚީގައި އެވާ ޚަބަރަކީ ދިވެހި ރާއްޖޭގައި ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް އެނގެން ބޭނުންވާ މައުލޫމާތަކަށް ވާނެއެވެ. އާންމުގޮތެއްގައި ދިވެހިންގެ ބޯޓުފަހަރު މަރާމާތު ކުރުމާއި އަހަރީ ސާރވޭތަކަށް ބޭނުންކުރަނީ ކޮލޮމްބޯ ޑޮކްޔާރޑްއެވެ. ދިވެހިރާއްޖެއާއި ކައިރިވެފާ ބޭނުންވާ ހުރިހާ ވަސީލަތެއް އެތަނުން ލިބޭތީއެވެ.              ދިވެހިރާއްޖޭގައި އެމް ޓި ސީ ސީ އިން ޑޮކްޔާރޑެއް ފަށަށް އުޅުނު ވާހަކަތަކެއް ތަންކޮޅެއް ކުރިން މީޑިއާއިން ދުށް ހަނދާން ވެއެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ މި ރިޔާސަތުގައި އެމް […]

ކޮލޮމްބޯގެ މެރިން ޑްރައިވް ނައިޓް ޓުއަރިޒަމަށް ތަރައްގީ ކުރަނީ

”ކޮލޮމްބޯ ނިދިން ހޭލެއްވުން“ މަޝްރޫއުގައި ސްރީލަންކާގެ ކޮއްލުޕިޓިޔާއިން ފެށިގެން މައުންޓް ލެވެނިޔާއާ ހަމަޔަށް އޮންނަ ހިތްގައިމު ބީޗް ސަރަހައްދު ރޭގަނޑުގެ ޓްއަރިޒަމަށް ޚާއްސަ ކުރެވިފައިވާ ހޮޓްސްޕޮޓަކަށް ތަރައްގީކުރަން ނިންމައިފިކަމަށް މިނިސްޓަރ ނަލިންދާ ޖަޔަތިއްސާ ވިދާޅުވެއްޖެއެވެ. ”މެރިން ނައިޓްސް، އެވޭކެނިންގ ކޮލޮމްބޯ“ ގެ މި މަޝްރޫއުގައި ކޮއްލުޕީޓިޔާ ރެއިލްވޭ ސްޓޭޝަނުން ފެށިގެން ދެހިވަލާއާ ހަމަޔަށް އޮންނަ 7.4 ކިލޯމީޓަރގެ ދިގު ސަރަހައްދު ތަރައްގީ ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ޖަޔަތިއްސާ ވިދާޅުވިއެވެ. މިއީ އާންމު ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށްޓަކައި ކޮލޮމްބޯގައި […]

ސްރީލަންކާގައި މަރުވާ މީހުންގެ 70 އިންސައްތަ މީހުން މަރުވަނީ ލޭމައްޗަށްދާ ބަލީގައި

ސްރީލަންކާގައި މަރުވާ މީހުންގެ 70 އިންސައްތަ މީހުން މަރުވަނީ ހައިބްލަޑް ޕްރެޝަރ ނުވަތަ ލޭމައްޗަށްދާ ބައްޔާ އަދި މިބައްޔާ ގުޅުންހުރި ބަލިތަކުގައިކަން ހާމަވެއްޖެއެވެ. އެގައުމުގެ ނޮންކޮމިއުނިކަބްލް ޑިޒީސް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި މިނަތީޖާއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން 2021 ވަނަ އަހަރު ހަދާފައިވާ ސާވޭ އެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ނަތީޖާއެކެވެ. އެންޗީޑީގެ ޑިރެކްޓަރ ޑޮކްޓަރ ސަމީދީ ސަމަރަކޫން ވިދާޅުވެފައިވާ ގޮތުގައި އެފަހަރުގެ ސާވޭއިން ހާމަވެފައިވާ ގޮތުގައި ސްރީލަންކާގެ އާބާދީގެ 34.8އިންސައްތަމީހުން ނަށްވަނީ ލޭމައްޗަށްދާ ބަލިޖެހިފައެވެ. […]

ސްރީލަންކާގެ ސިޔާސީ މަސްރަހުން ދަސްކޮށްދިން ފިލާވަޅުގެ އަލީގައި

ސްރީލަންކާއަކީ އަންޒަމާނުއްސުރެން ދިވެހިންގެ ދެވަނަ ވަޒަނޭ ބުނުމަކީ ހަގީގަތާ ޚިލާފު ބުނުމަކަށް ނުވާނެއެވެ. އަބަދުވެސް މި ދެ ގައުމުގެ ރައްޔިތުންނަކީ އެކުވެރި ރަޙްމަތްތެރި ބައެވެ. ނަސްލީ ގޮތުންވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ ކޮލީ ނަންފުޅުތައްވެސް ސިންގަޅަ ބަހާއި ވައްތަރު ގޮތެއް ހުރެއެވެ. ވެރިކަމުގެ ވައްޓަފާޅީގައި މިއަދާ ހަމަޔަށްވެސް އެއްގޮތް ގިނަ ކަންތަކެއް ފެންނާން އެބަހުއްޓެވެ. ވަކި އާއިލާތަކަކުން ނޫންބަޔަކަށް ވެރިކަން ނުކުރެވޭނެ ކަހަލަ ވިސްނުމެއް ދެ ގައުމުގައިވެސް […]