ގަލްފުގެ މަސްރަހު އަނެއްކާވެސް ހޫނުވެއްޖެ

އީރާނުން ކުވައިތާއި ބަހްރޭނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، މެދުއިރުމަތީގެ ނުތަނަވަސްކަން ހޮނިހިރު ދުވަހު ވަރަށް ބޮޑަށް އިތުރުވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލުމުގެ ބިރު އަނެއްކާވެސް ބޮޑުވެއްޖެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ފަތިހުގެ ވަގުތެއްގައި އީރާނުން ވަނީ ގަލްފުގެ މި ދެ ގައުމަށް އަމާޒުކޮށް ހަތް ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ހުރިހާ މިސައިލެއްވެސް އަމާޒަށް ވާސިލްވުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށާއި، މީގެ […]

އެމެރިކާގެ އެންމެ ބާރުގަދަ މަނަވަރު ސިއްރު ކާރިސާއަކުން ސަލާމަތްވެއްޖެ!

އެމެރިކާއާއި އީރާނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅޭގޮތުން އަލަށް ފެންމަތިވަމުންދާ ތަފްސީލުތަކުން ހާމަވާ ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބާރުގަދަ މަތިންދާބޯޓު އުފުލާ މަނަވަރު ވަނީ ވަރަށް ނުރައްކާތެރި ކާރިސާއަކާ ކުރިމަތިލާފައެވެ.ސީ.އެން.އެންގެ ރިޕޯޓެއްގައިވާ ގޮތުން، ރަތްކަނޑުގައި އަސްކަރީ އޮޕަރޭޝަންތަކެއް ކުރިއަށް ދަނިކޮށް ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ކުރިން ހާމަކޮށްފައިވާ ވަރަށްވުރެ މާ ނުރައްކާތެރި ހާދިސާއެކެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާރިޗު މަހު، އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާގެ […]

އެމެރިކާ ނޭވީންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބޭ ލިސްޓުން އަންހެނުން ބާކީކޮށްފި

އެމެރިކާ ނޭވީންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބެންޖެހޭ އޮފިސަރުންގެ ނަންތައް ކަނޑައަޅާފައިވާ ލިސްޓުން 9 މީހަކަށް މަގާމުގެ ކުރިއެރުން ނުދޭގޮތަށް ދިފާއީ ވަޒީރު ހެގްސެތު ނިންމައިފިއެވެ. އޭގެތެރޭގައި ހިމެނެނީ ކަޅު ނަސްލުގެ މީހުންނާއި އަދި އަންހެނުންނެވެ. ދިފާއީ ވަޒީރުގެ މި ނިންމުމަކީ މަގާމުގެ ކުރިއެރުމަށް ވާދަކުރާ ދޮން މީހުންގެ ނަސްލަށް ނިސްބަތްކުރެވޭ 22 މީހަކަށް އެއް ސްޓާރ ޖެނެރަލް މަގާމު ފަހިކޮށްދިނުމަށްޓަކައި ނިންމެވި ނިންމުމެއްކަމަށް މައުލޫމާތު އެނގޭ ދެ ފަރާތަކުން ނިއުޔޯރކް ޓައިމްސްއަށް ކިޔާ ދީފައިވާކަމަށް ވެއެވެ. […]

ޓްރަމްޕް އަނެއްކާވެސް އީރާނަށް އިންޒާރެއް ދީފި!

އީރާނުގެ ސިފައިންގެ ހަމަލާއެއްގައި އެމެރިކާގެ ސިފައިން މަރުވެއްޖެނަމަ، އަސްކަރީ ފިޔަވަޅު އެޅުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނާ ވަނީ ކުރިމަތިލާން ޖެހިފައެވެ.ދަ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައިވާ ގޮތުން، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް، އެމެރިކާގެ ސިފައިން މަރުވާ ފަދަ އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، […]

އެމެރިކާ ސިއްސުވާލި އީރާނުގެ މާސްޓަރޕްލޭން!

ދުނިޔޭގެ ސަމާލުކަން ހޯރްމުޒް ކަނޑުއޮޅިއަށާއި އެމެރިކާ-އީރާންގެ އިތުރުވަމުންދާ ކުރިމަތިލުންތަކަށް ހުއްޓިފައިވާއިރު، އަސްކަރީ ފިއްތުންތަކަށް ކެތްކުރުމުގައި މާ ބޮޑަށް ފާހަގަނުވާ މަގެއް ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް ދިރާސާވެރިން ބުނެއެވެ. އާ ދިރާސާއަކުން ދައްކާގޮތުގައި، ކެސްޕިއަން ކަނޑު ވެފައިވަނީ އީރާނުގެ އިގްތިސާދީ އަދި އަސްކަރީ މައިނާރަށެވެ. މީގެ ސަބަބުން، އެހެން ސަރަހައްދުތަކުގައި ހަނގުރާމަ ހިނގަމުންދާއިރުވެސް، ވިޔަފާރި ދެމެހެއްޓުމަށާއި، ހަތިޔާރު ހޯދުމަށާއި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގެ ފުރުސަތު އެ ގައުމަށް ލިބިގެންދެއެވެ.ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން […]

ހަނގުރާމަ ހުއްޓަން އެއްބަސްވިޔަސް ބަޑީގެ އަޑެއް ނުކެނޑޭ!

އިސްރާއީލާއި ލުބުނާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އަލަށް އިޢުލާންކުރި އެއްބަސްވުމާއެކު، އެ ސަރަހައްދުގައި މަސްތަކެއް ވަންދެން ހިނގަމުންދިޔަ ލޭއޮހޮރުވުންތަކަށް ނިމުމެއް އަތުވެދާނެކަމުގެ އުންމީދު އާވެފައިވީ ނަމަވެސް، އިސްރާއީލުން އަލުން ދޭންފެށި ހަމަލާތަކާއި ބިމުގެ ހަގީގީ ހާލަތަށް ބަލާއިރު އަމާންކަން ގާއިމުވުމަކީ އަދިވެސް ވަރަށް ދުރުގައި އޮތް ކަމެއްކަން ހާމަވެއެވެ. މި އެއްބަސްވުން އިޢުލާންކުރީ ވޮޝިންޓަން ޑީ.ސީ. ގައި ބޭއްވުނު ސިލްސިލާ ބައްދަލުވުންތަކަކަށްފަހު، ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ލުބުނާނުގެ އޮފިޝަލުން އެއްބަސްވުމާ ގުޅިގެންނެވެ. ނަމަވެސް، އެއްބަސްވުން އިޢުލާންކުރިތާ މަދު […]

އެމެރިކާ މަޖިލީހުން ޓްރަމްޕަށް ވަރުގަދަ އިންޒާރެއް!

އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ އެމެރިކާގެ ސިފައިން އަނބުރާ ގެނައުމަށް ގޮވާލާ ގަރާރެއް ފާސްކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ވަރުގަދަ ރައްދެއް ދީފިއެވެ. ބުދަ ދުވަހު 215 ވޯޓުގެ ހަނި އަޣުލަބިއްޔަތަކުން ނަމަވެސް ފާސްކުރި މި ގަރާރަކީ، މީގެ ތިން މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން، ތެހެރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުޑަކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވާ ފިޔަވަޅަކަށް ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ހައުސް […]

އީރާނާ ދެކޮޅަށްކުރާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ”ތިރިގެއިން“ ފާސްކޮށްފި

އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންމުންގެންދާ މިލިޓްރީ ހަރަކާތްތައް ހުއްޓާލުމަށް އެމެރިކާ ކޮންގްރެސްގެ “ ތިރީގެ، ދަ ހައުސް “ އިން ފުރަތަމަ ފަހަރު ރައީސް އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު ގާނޫނު ފާސްކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕް އާއި ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ނިސްބަތްކުރެވޭ ރިޕަބްލިކަން ޕާރޓީގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ. މީގެ ދެ ހަފުތާކުރިން އެ ގަރާރު ފާސްކުރެވިދާނެކަމަށް ބެލެވެމުންދިޔަވަގުތު އެ ވޯޓު ކާމިޔާބު […]

ލަދެއްގައި ނުބެދި ހަނގުރާމަ ހުއްޓާލަން ބޭނުންކުރާނެ އުޒުރެއް ހޯއްދަވަނީ

އެމެރިކާގެ ކުރީގެ އާރމީ ކާނަލް ޑަގްލަސް މެގްރެގަރ ދެކޭގޮތުގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ މިހާތަނަށް އައިއިރު ނަތީޖާ ދައްކާގޮތުން އެމެރިކާއިން އަލުން ހަމަލާދޭން ފެށިކަމުގައި ވިޔަސް ނުވަތަ ހަމަލާތައް ހުއްޓާލަން ނިންމިކަމުގައި ވިޔަސް އަދި އެމެރިކާއާއި އިސްރާއީލުން އަޑަށްބާރުލާފައި ހަނގުރާމަ ކާމިޔާބު ކޮށްފިކަމަށް އިއުލާންކުރިއަސް ނުކުރިއަސް ހަގީގަތަކީ މެދުއިރުމަތީގައި އެމެރިކާ ބޮޑުތަނުން ފެއިލްވެއްޖެއެވެ. ނަތަންޔާހޫއަށް ނިދިގެއްލިގެން އުޅޭ ސަބަބަކީވެސް މިއީ އެވެ. ގަލްފު ސަރަހައްދުން “ އީރާނުގެ ގޮންމުށް “ އެމެރިކާއަށް […]

މުޅި ގަލްފު ސަރަހައްދު ހޫނުވެ، ހަނގުރާމައިގެ ބިރު ބޮޑުވެއްޖެ!

އެމެރިކާއިން ދާދިފަހުން ދިން އަސްކަރީ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ކުވައިތާއި ބަހްރޭނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އީރާނުން ދިން ހަމަލާތައް ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް އަރައި، އެކަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފައެވެ.މި […]