ުމެދުއިރުމަތީގެ ހަނގުރާމައިގާ ބޮޑެތި މީޑިއާތަކުން ސިއްރުކުރަން ބޭނުންވާ ޚަބަރުތައް

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ފޮޓޯއެއްވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ޚިލާފުވެ އިސްރާއީލާއި އެމެރިކާއިން އަނެއްކާވެސް ހަމަލާ ދޭން ފަށައިފިކަން އިއުލާންކުރުމާއެކު އީރާނުން އިތުރު ހަމަލާތައް ދިނުމުގެ ހައްގު ލިބިއްޖެކަން އެ ގައުމުން އެމެރިކާއަށް އިންޒާރު ދީފިއެވެ. މި އިންޒާރާއެކު އީރާނާއި ހިޒްބު ﷲ ގުޅިގެން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އިސްރާއީލުގެ އިމާރާތެއްގެތެރޭގައި ރައްކާތެރިކަން ލިބިގަނެގެންތިބި ތިންހާސްމީހުން މަރާލައިފިކަމާއި އަދި މިހަމަލާތަކާ ގުޅިގެން އިސްރާއީލުގައި ބިރުވެރިކަމާއި ނާމާންކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އީރާނުން ދިން ހަމަލާގެ […]

16،500އެއްހާ ޣައްޒާގެ ރައްޔިތުން މަރުގެ ތުންފަތްމައްޗަށް!

އިސްރާއީލުގެ ޔަހޫދީންގެ އަނިޔާވެރިކަމުގެ ވާހަކައަކީ މުޅި ދުނިޔެ ފަރިތަވެފައިވާ ހަޤީޤަތެކެވެ. ލާއިންސާނީ އަމަލުތައް އެ ޔަހޫދީން ހިންގަމުން އެ އަންނަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެގޮތުން، އިސްރާއީލުގެ ޔަހޫދީންގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް އަނިޔާތަކުގެ ބޮޅަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެފައެވެ. އެމީހުންވަނީ. ޣައްޒާގެ 16,500 އަށްވުރެ ގިނަ ބަލިމީހުންނަށް ފަލަސްތީނުން ބޭރުން އަވަސް ފަރުވާ ހޯދުމަށް ފުރައިގެން ދިއުމުގެ ފުރުސަތު ބަންދުކޮށްފައެވެ. މި ނިންމުމާއެކު، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ”ކްރިޓިކަލް“ ސިއްޙީ ފަރުވާ، އެތައް […]

އިސްރާއީލުން 7 މަހުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯންގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ހަތް މަހުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލުމާއި ގުޅިގެން، ފަލަސްތީނުގެ އާއިލާއަކުން ދަނީ ބަޔާންކުރަންދަތި ބޮޑު ހިތާމައެއް ތަހައްމަލު ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އެ އާއިލާ ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ. ތުއްތު ސޭމް އަބޫ ހައިކަލް ދަތުރުކުރަމުން ދިޔައީ އޭނާގެ މައިންބަފައިންނާއި، ބޭބެ އަދި މާމައާއެކު ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. އާއިލާއިން ބުނާ ގޮތުގައި، އެމީހުން ހެބްރޯންގެ ތެލް ރުމައިދާ ސަރަހައްދުން ކާރުގައި ދަނިކޮށް، ކުއްލިއަކަށް […]

އެމެރިކާގެ ’ބެސްޓް ފްރެންޑް‘ ކަމުން އިސްރާއީލް ވަކިކުރަނީ؟

އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ކުރިއަށްގެންދާނަމަ، އިސްރާއީލު ވަރަށް އަވަހަށް ”އެކަނިވެދާނެ“ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އެއް އިންޒާރު ދެއްވުމާ ގުޅިގެން، މެދުއިރުމަތީގެ ނާޒުކު ސުލްހަ މިވަނީ ނުރައްކަލެއްގެ ތެރޭގައެވެ. މި ވަރުގަދަ އިންޒާރު އައިސްފައިވަނީ، އޭޕްރީލް މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، މެދުކެނޑިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ސަރަހައްދީ ހަނގުރާމައެއް އަލުން ފެށިދާނެ ފަދަ ނުރައްކާތެރި މިސައިލް ހަމަލާތަކެއް، […]

މި ފެންނަނީ އެމެރިކާ އެކަނިވެރިވެ ދުނިޔޭގެ ސަފުން ބާކީވުމުގެ ކޮޅުމަތި ހެއްޔެވެ ؟

ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ ކަމަށް ދައުވާކުރާ އެމެރިކާއާއި މެދުއިރުމަތީގައި މިލިޓްރީގޮތުން އެންމެ ބާރުގަދަ އިސްރާއީލުން އީރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައުގެ އެންމެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި އެމެރިކާގެ 17 ފައިޓަރޖެޓް އީރާނުންވަނީ ވައްޓާލާފައެވެ. އޭގެ އިތުރުން ތާޑު ފަދަ އެންމެ ޒަމާނީ ދިފާއީ ނިޒާމްތައް ހިމެނޭ ގޮތުގައި އެމެރިކާގެ ހައި-ޕްރޮފައިލް ރާޑަރ ސިސްޓަމްތަކާއި އެފް-35 މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓެއްވެސް ވަނީ ހަލާކުކޮށްލާފައެވެ. ކަނޑައެޅިގެން ސަބަބު ހާމަވެފައިނެތް […]

އީރާނުން އިސްރާއީލަށް ރޭދިން ހަމަލާއާ ގުޅޭ ހުލާސާ

އެމެރިކާއާއެކު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް މަހަކަށްވުރެ ގިނަ ދުވަސްވީފަހުން، އީރާނުން ރޭ އިސްރާއީލަށް މި ސައިލް ހަމަލާތަކެއް ދީފިއެވެ. މިސައިލް ހަމަލާ ދީފައިވަނީ ހިޒްބުالله ގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދާހިޔާ އަށް އިސްރާއީލުން ހަމަލާތަކެއް ދިންތާ ދެތިން ގަޑިއިރު ތެރޭގައެވެ. އިސްރާއީލުގެ އެ ހަމަލާތަކުގައި ދެ މީހަކު މަރުވެ ވިއްސަކަށް މީހުން ޒަހަމްވިއެވެ. އިސްލާމީ ޖުމްހޫރިއްޔާއިން މީގެ ކުރިން ވަނީ މިފަދަ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމުގެ އިންޒާރު […]

ފިލިޕީންސް އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، މަރުވި މީހުން ގެ އަދަދު 32 އަށް އަރައިފިއެވެ. މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކު ޒަޚަމްވެސް ވެފައި ވެއެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނެފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހޯމަދުވަހު ހެނދުނު 7:40 އެހާކަންހާއިރު، ބިމުގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި […]

ކުރީގެ ރައީސް ޖޯ ބައިޑްން އަށް މަލާމާތްކުރެއްވި ރައީސް ނިދިޖެހިފައި

އާންމު ބައްދަލުވުންތަކުގައި ރައީސް ޓްރަމްޕް ނިދިޖެހުން އާންމުވަމުން ދިއުން ވައިޓްހައުސްގެ މުއައްޒިފުން ލަދުވެތިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. ރައީސް ޖޯ ބައިޑްންގެ ރިޔާސަތުގައި އެކިއެކި ބައްދަލުވުންތަކުގައި އިންނަވާއިރު އަވަހާރަފުޅު ލެއްޕެވުން އާންމުވެފައިވުމުން މަލާމާތުގެ ބަސްތަކާ އަދި ފާޑުކިއުންތައް އެމަނިކުފާނަށް އަމާޒުކުރެވިގެންދިޔަ ދުވަސް އެއީ ވަރަށް ކައިރި މާޒީއެވެ. އެ މަލާމާތްކުރުމުގައި އެންމެ ކުރީ ސަފުން ފެންނަމުން ދިޔަ މީހުން މިއަދު ކުރިމަތިލާންޖެހިފައިވަނީ އަދި މާބޮޑު ލަދުވެތި ކަމެކެވެ.ވައިޓްހައުސްގެ އޯވަލް އޮފީހުގައިއޮތް އާންމު ބައިވެރިވުމެއްގައި ރައީސް ޓްރަމްޕް ނިދިޖެހިފައިއިން މަންޒަރު […]

މުޅި ދުނިޔެ އަނދަވަޅަކަށް ވެއްޓި، ސަލާމަތް ނުވެވިފައި!

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފެށިތާ ސަތޭކަ ދުވަސް ފަހުން، މި ހަނގުރާމަ ވަނީ ބައިނަލްއަގުވާމީ ސިޔާސަތުތައް ބަދަލުކޮށް، ހަކަތައިގެ ބާޒާރުތަކަށް ބުރޫއަރުވައި، އަދި ދުނިޔޭގެ ލީޑަރުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާ ދުނިޔެވީ ކާރިސާއަކަށް ބަދަލުވެފައެވެ.އަސްކަރީ ކުރިމަތިލުމެއްގެ ގޮތުގައި ފެށުނު މި ކަންތައްގަނޑު މިހާރު ވަނީ މެދުއިރުމައްޗަށްވުރެ މާ ދުރަށް އަސަރުކުރާ ހާރިޖީ އަދި އިގްތިސާދީ ގޮންޖެހުމަކަށް ވެފައެވެ. ތެލުގެ އަގު އުފުލުމާއި، މުދާ އުފުލުމުގެ ނިޒާމަށް އެރި ބުރޫތަކާއެކު، ހަނގުރާމަ ނާޒުކު މަރުހަލާއަކަށް […]

މެދުއިރުމަތި: ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ

އީރާނުން ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނުމާއި، އިޒްރޭލުގެ ހަމަލާތަކެއްގައި ލުބުނާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް މަރުވުމާއި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާތީ، މެދުއިރުމަތީގައި ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ހޮނިހިރު ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަހުގެ މަސްތަކުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކުގެ ތެރެއިން، އީރާނުން ވަނީ ކުވެއިތާއި، ބަހްރޭނާއި އަދި އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯންތަކެއް […]