މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ވިދާޅުވެއްޖެ

މިފްކޯ އޮތީ ވަރަށް ޙާލުގައި ކަމަށާއި މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ޒަހާ ވިދާޅުވެއްޖެއެވެ. ވަޒީރާ ޒަހާ މިހެން ވިދާޅުވެފައި މިވަނީ މަސްކިރާ އަގު ދައްވެ މަސްވެރިނަށް މަސްކިރުމުގައި ދިމާވަމުންދާ ދަތިތަކާއި މެދު ހިތްހަމަ ނުޖެހި ޅ ފެލިވަރުގައި މަސްވެރިން އިހްތިޖާޖްކުރުމުން އެމަސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި […]

ބިދޭސީން އާޓިފިޝަލް ބީޗުގައި ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވައިފި

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެ އަޑު އުފުލަމުން ދަނިކޮށް ފުލުހުން އެ މީހުން ފައްސާލައިފި އެވެ. އެނގިފައިވާ ގޮތުގައި 200 އެއްހާ ބިދޭސީން މިއަދު ހަވީރު އާޓިފިޝަލް ބީޗަށް އެއްވެފައިވަނީ އެ މީހުނަށް މުސާރަ ނުދީ އެތައް މަސްތަކެއްވުމާއި އެ މީހުން އަނބުރާ ގައުމަށް ދިއުމަށް ހުރަސްތަކެއް ހުރުމުންނެވެ. އެއްވި ބިދޭސީންގެ ތެރޭގައި އެކި ކުންފުނިތަކަށް ނިސްބަތްވާ ބިދޭސީންގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ވެސް ހިމެނެވެ. […]