ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ރިޓަޔަރ ކުރައްވައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު 12 ވަނަ ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވި ޝަމާލް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ވެވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އެމްއެންޑީއެފްއިން ރޭ ބުނީ 35 އަހަރަށްވުރެ ގިނަދުވަހު ކުރެއްވި ޚިދުމަތަށްފަހު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ […]

ގައުމުގެ ހުންގާނުގައި ހުރީ، ހާހަލާއި ގިރިތަކާއި ފަރުތައް ދަންނަ ކެޔޮޅެއް، އޮޑިއެއް ނުބީހޭނެ!

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ދޮންހަސަން ތަކުރުފާނުގެ ޚަތީބު ހުސައިން ތަކުރުފާނުގެ އަލްހާއްޖު އަބްދުއްރަހުމާން ހުސައިން ތަކުރުފާނުގެ އައިޝައިޚު ހުސައިން އަބްދުއްރަހުމާނުގެ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނަކީ އުތީމު ރަސް ހާންދާނަށް ނިސްބަތްވާ ބޭފުޅެކެވެ. އެއޯ ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިއުމާރުގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އުތީމު ތިންބެއިންގެ ތެރެއިން ޝަހީދު އަލިތަކުރުފާނުގެ ސީދާ އައުލާދެވެ. ޑރ. މުއިއްޒު ރާއްޖޭގެ އޮޑީގެ ހުންނާނުގައި ހިތްޕެވިއިރު، އެ އޮޑިވަނީ […]

ނަތަންޔާހޫ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ ކުރިމައްޗަށް

އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ހަނގުރާމައިގެ ގަތުލު އާންމުގެ މޭސްތިރިއަކީ ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމުގައި ތުރުކީ ވިލާތުން ބުނެފިއެވެ. އަދި އޭނާއާއި އެކުގައި އެ ޖަރީމާގައި ބައިވެރިވަމުން ގެންދާ ހުރިހާ މީހުންގެ މައްޗަށް ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ދައުވާކުރަން ތުރުކީގެ ގާނޫނީ ވަކީލުން ތަކެއްގެ ފަރާތުން އެކޯޓަށް ހުށައަޅައި ދިނުން އެދި ތުރުކީގެ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ވަނީ މައްސަލަ ހުށައަޅުއްވައިފައެވެ.   އެބޭފުޅުންގެ ތެރޭގައި ތުރުކީގެ ކުރީގެ ޕާލަމެންޓް މެމްބަރުންނާއި އަދި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެބޭފުޅުން ހުށައެޅުއްވި […]

އިންޑިއާ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެއެވެ. ރައީސްކަމުގެ މަގާމާ އިއްޔެ ހަވަލުވެވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒު މިކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓައޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އެމަނިކުފާނު ވެރިކަމާ […]

ކުރީގެ ރައީސް ޞާލިޙް މާފު ދެއްވައި މިނިވަން ކުރެއްވުމާއެކު އަދީބު ރާއްޖެއިން ފުރާވަޑައިގެންފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފު ދެއްވައި މިނިވަން ކުރެއްވުމުން ރާއްޖެއިން ފުރާވަޑައިގެންފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ޚިޔާނާތްތެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގ ގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަށް އިއުތިރާފުވެވަޑައިގަތުމުން އަދީބަށް […]

މުސާރަ ނުނަންގަވާ ގޮތަށް ރައީސް އެޑްވައިޒަރަކަށް ޖަނާހު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ މަގާމުގެ ހުވާކުރެއްވުމަށްފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރޭ 20:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް […]

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވީ ރޭ އިރާކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައެވެ. ޢަބްދުއްރަޙީމް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ޢަބްދުއްރަޙީމް މި […]

ސައުދީގެ ދައުވަތަށް އަފްޣާނިސްތާނު ސަރުކާރުގެ ރައްދު

ސައުދީ އަރަބިއާގެ ރިޔާދުގައި އަރަބި ގައުމުތަކުން ބައިވެރިވާ ގޮތަށް ބޭއްވި ބޮޑު ބައްދަލުވުމުގައި ބައިވެރިވުމަށް އެ ގައުމުން އަފްޣާނިސްތާނަށް ދައުވަތު ދިންކަމަށް އަފްޣާނިސްތާނުގެ ވެރިކަންކުރާ ޠާލިބާނުން ބުނެފިއެވެ.  ޠާލިބާން ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުގެ އެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މުސްލިމް ގައުމުތަކުގެ ތެރެއިން މި މަހާސިންތާގައި ބައިވެރި ނުވަނީ ހަމައެކަނި އަފްޣާނިސްޠާނުންނެވެ. އަދި ސައުދީ އަރަބިއާއިން ދައުވަތު ދިންކަމަށާއި، އެހެންނަމަވެސް، ޠާލިބާނުގެ ވެރިޔާ އެދައުވަތަށް ރައްދު ދެއްވިކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.  ”(ބައްދަލުވުމަކަށް) ދައުވަތެއް ބޭނުމެއްނުވޭ. […]

ޔޫރަޕުގެ ޝެންގެން ގައުމުތަކަށް ދަތުރުކުރުމަށް އޮންލައިންކޮށް ވިސާ ނެގޭ ގޮތް ހަދަނީ

ޔޫރަޕުގެ ޝެންގެން ޒޯނުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ނެގުމުގެ ޚިދުމަތް އޮންލައިން ވިއުގަ މެދުވެރިކޮށް ލިބޭގޮތް ހެދުމަށް ތައްޔާރުވެއްޖެއެވެ. މި ޚިދުމަތް ތައާރަފުކުރުމާއެކު ކޮންސުލޭޓްއަށް ގޮސް ވިސާ ހޯދުމާއި، ޕާސްޕޯޓުގައި ސްޓިކާ ޖެހުންފަދަ ކަންކަން ކުރާކަށް ނުޖެހޭނެއެވެ. އަދި ކަރުދާސް ވިސާގެ ޒަމާނަށް އަލްވަދާއު ކިޔާނެއެވެ.  ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ގުޅިގެން ޝެންގެން ވިސާ ޑިޖިޓަލައިޒްކުރުމުގެ ޤާނޫނެއް ފާސްކޮށްފައިވަނީ އެތައް މަސްދުވަހުގެ ތަޝްރީޢީ މަރުހަލާތަކަށް ފަހުގައެވެ. އަދި އީޔޫގެ އިދާރީ ގެޒެޓުގައި ޝާއިއުކުރާތާ […]

މުލީއާގެ މަރާމާތު ކުރާތީ ރައީސް އުޅުއްވާނީ ގެކޮޅުގައި

ރައީސުލްޖުމްހޫހުރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާމުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތް ނިމެންދެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައެވެ. އެނގިފައިފައިވާ ގޮތުގައި މުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ނަމަވެސް އެ މަސައްކަތަށް ނަގާނީ ސީދާ ކިހާދުވަހެއް ކަމެއް ނޭނގެއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މުލީއާގެއިން ނުކުމެވަޑައިގަތީ މިމަހުގެ 10ވަނަ ދުވަހުއެވެ. މީގެ 104 އަހަރުކުރިން އައްސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކުރައްވާފައިވާ މުލީއާގޭގައި ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވެސް ކުޑަދުވަސްކޮޅަކު ދިރިއުޅުއްވިއެވެ. އެއީ […]