މުލީއާގެ މަރާމާތު ކުރާތީ ރައީސް އުޅުއްވާނީ ގެކޮޅުގައި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫހުރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާ
މުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތް ނިމެންދެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައެވެ.

އެނގިފައިފައިވާ ގޮތުގައި މުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ނަމަވެސް އެ މަސައްކަތަށް ނަގާނީ ސީދާ ކިހާދުވަހެއް ކަމެއް ނޭނގެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މުލީއާގެއިން ނުކުމެވަޑައިގަތީ މިމަހުގެ 10ވަނަ ދުވަހުއެވެ.

މީގެ 104 އަހަރުކުރިން އައްސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކުރައްވާފައިވާ މުލީއާގޭގައި ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވެސް ކުޑަދުވަސްކޮޅަކު ދިރިއުޅުއްވިއެވެ. އެއީ 1994 ވަނައަހަރު ތީމުގެ މިހާރު އެ ހުރި ގޮތަށް ހަދާ ނިމެންދެނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު 2008 ވަނައަހަރުން ފެށިގެން 2012 ވަނައަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް ދިރިއުޅުއްވީ ވެސް މުލީއާގޭގައެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ވަކި ހިސާބަކުން ފެށިގެން ދިރިއުޅުއްވީ ވެސް މުލީއާގޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް