ޔޫރަޕުގެ ޝެންގެން ގައުމުތަކަށް ދަތުރުކުރުމަށް އޮންލައިންކޮށް ވިސާ ނެގޭ ގޮތް ހަދަނީ

Loading

Facebook
Twitter
WhatsApp

ޔޫރަޕުގެ ޝެންގެން ޒޯނުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ނެގުމުގެ ޚިދުމަތް އޮންލައިން ވިއުގަ މެދުވެރިކޮށް ލިބޭގޮތް ހެދުމަށް ތައްޔާރުވެއްޖެއެވެ.

މި ޚިދުމަތް ތައާރަފުކުރުމާއެކު ކޮންސުލޭޓްއަށް ގޮސް ވިސާ ހޯދުމާއި، ޕާސްޕޯޓުގައި ސްޓިކާ ޖެހުންފަދަ ކަންކަން ކުރާކަށް ނުޖެހޭނެއެވެ. އަދި ކަރުދާސް ވިސާގެ ޒަމާނަށް އަލްވަދާއު ކިޔާނެއެވެ. 

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ގުޅިގެން ޝެންގެން ވިސާ ޑިޖިޓަލައިޒްކުރުމުގެ ޤާނޫނެއް ފާސްކޮށްފައިވަނީ އެތައް މަސްދުވަހުގެ ތަޝްރީޢީ މަރުހަލާތަކަށް ފަހުގައެވެ. އަދި އީޔޫގެ އިދާރީ ގެޒެޓުގައި ޝާއިއުކުރާތާ ތިން ހަފްތާތެރޭގައި މި ޤާނޫނަށް އަމަލުކުރަން ފެށޭނެއެވެ. 

މިކަމާއި ގުޅިގެން ވާހަކަދައްކަމުން އީޔޫގެ ރިޔާސަތު ބަލަހައްޓާ ސްޕެއިންގެ އިންޓީރިއާ މިނިސްޓަރ ފަނާންޑޯ ގްރާންޑޭ-މާލާސްކާ ބުނީ އޮންލައިން ވިސާގެ ނިޒާމު ތައާރަފްކުރެވުމާއެކު ދަތުރުވެރިންނަށް ވިސާނެގުމުގެ ކަންކަން ފަސޭހަވެގެން ދާނެކަމަށެވެ. 

އެގޮތުން، ޝެންގެން އީ-ވިސާއަށް އެޕްލައިކުރުމަށްޓަކައި، ލިޔެކިއުންތައް ހުށައަޅަން ޖެހޭނީ އޮންލައިން ވިއުގައެއް މެދުވެރިކޮށެވެ. މި ލިޔެކިޔުންތަކުގެ ތެރޭގައި ދަތުރުގެ ލިޔެކިޔުންތަކާއި، ބަޔޯމެޓްރިކް ޑޭޓާ ހިމެނޭއިރު، ފައިސާ ދައްކަން ޖެހޭނީ ވެސް މި ވިއުގަ މެދުވެރިކޮށެވެ. 

ޝެންގެން ސަރަހައްދުގައި ހިމެނެނީ ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމުގެ ތެރެއިން 23 ގައުމުގެ އިތުރުން، ސްވިޒްލެންޑް، ނޯރވޭ، އައިސްލެންޑް އަދި ލިކްޓަންސްޓައިންއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް