ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ. އެމްޑީޕީގެ 48 މެންބަރަކު ސޮއިކުރައްވައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. މި މައްސަލަ ބަލައިގަނެ މި މަހުގެ 12 ވަނަ ދުވަހު ނަޝީދަށް ނޯޓިސް ފޮނުވާފައިވާއިރު ނޯޓިސްގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ. […]

އިޒްރޭލުގެ ޕާސްޕޯޓް “ބޭން“ ކޮށް, އެ މީހުންގެ މުދާ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް ހަދަން ހުށަހެޅުމެއް

އިޒްރޭލުގެ ޕާސްޕޯޓް “ބޭން“ ކޮށް އެ މީހުންގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް އެކުލަވައިލުމަށް ކުޅުދުށްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައިފިއެވެ. ފަލަސްޠީން މައްސަލާގައި ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށަހެޅުއްވި ގަރާރަށް ބުދަ ދުވަހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޔާސިރު ވިދާޅުވީ މިހާ ހިސާބަށް އައިއިރުގައި މި މައްސަލައިގެ ބޮޑުކަމާއި, މުހިންމުކާއި, މިކަމަށް ވަކާލާތު ކުރުމުގެ މުހިންމު ކަމަކީ އޮޅިފައި އޮންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް […]

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފި

ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފިއެވެ. ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރީ މާލެ ސަރަހައްދަށެވެ. މި ޚިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. ހެލްތު މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި މި ޚިދުމަތް  ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށްފައެވެ. މި ކޯލް ސެންޓަރުގެ ނަންބަރަކީ 100 އެވެ. […]

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރެވިފައިނުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ. ކ.މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުން އަންނަނީ ށ.ފުނަދޫ / ތަރަހަ، ރައްޒާނު އާދަމް (32އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ […]

ކުއްޖެއްގެ ބަރަހަނާ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަނީ

އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.  މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު […]

އިންޑިއާއިން ކަންތައް ކުރާގޮތުން އެތައް ބަޔަކު އުދަނގުލާ ކުރިމަތިލާން ޖެހިފާ

ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ކުއްލިއަކަށް ކެނެޑާގެ ސިޔާސީ ބޭފުޅުންނާއިދޭތެރޭ އިންޑިއާއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދެގައުމުގެ އެތައް މިލިއަން ރައްޔިތުންނަށް ބޮޑެތި އުދަނގޫތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ބޮޑު ވަޒީރު ޓުރޫޑޯ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގައި ތިއްބެވި ކެނެޑާގެ 41 ސިޔާސީ ބޭފުޅަކަށް ދެވިފައިވާ އިމްތިޔާޒުތައް ނިގުޅައިގަތުމާއި ގުޅިގެން އެބޭފުޅުން އަނބުރާ ގައުމަށް ގެނައުމުގެ އެއް ދުވަސް ފަހުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވެފައި ވަނީ އިންޑިއާއާއި ކެނެޑާގައި އެތައް މިލިއަން މީހުންނަކަށް މި އުދަނގޫތަކާއިކުރިމަތިލާން ޖެހިފައި މިވަނީ ސިޔާސީ ބޭފުޅުންނަށް ދޭންޖެހޭ އެންމެ އާދައިގެ އިމްތިޔާޒް […]

“ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2018 ނޮވެމްބަރުގެ ކުރިން ހިންގި ބައެއް މުއާމަލާތްތަކާ ގުޅޭ ފައިސާ“

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާއިރު, އެ ފައިސާއަކީ 2018 ނޮވެމްބަރު މަހުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާ ގުޅޭ ފައިސާކަމަށް ފެނަކައިން މިއަދު ބުނެފިއެވެ. އޭސީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ […]

ފަލަސްތީނަށް އެހީވުމަށް ދިވެހި ސަރުކާރުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފައިވާ ކަމަށެވެ. މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަޤްޞަދަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން […]

ދެވަނަ ބުރުގައި ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅާފައިވޭ

ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅައިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދެވަނަ ބުރުގައި ބިމަށް އެދި 19،347 ފޯމު ހުށަހަޅައިފައިވާ ކަމަށެވެ. ހަމަ އެހެންމެ ފްލެޓަށް އެދި 21،247 މީހަކު ހުށަހަޅައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މި ދެ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މިއަދުގެ 15:00 އަށް ހަމަވިއިރު […]

ހަމަ ރަނގަޅަށް ވެސް ރައްޔަތުން ފެލައިލީ

ހެޔޮވެރިކަމެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ހޯދަން ކުރި ދަތުރު ނިމުނީ ޗާޓުން ބޭރުވެ ކައްޕިިތާނުގެ ގަޅިކަމުން އޮޑި ފަރަށް އަރައި ފޫގޮސް ފަޅުވެރިންތައް ކަނޑުވެގެންނެވެ. އެންމެ ދެރަކޮށް ދިމާވި ކަމަކީ ފަޅުވެރިން ދޫކޮށްލައި އަދި އޮޑީގެ ވެރިފަރާތަށް އެންގުމެއްނެތި ކައްޕިތާނު އޮޑިން ފުންމާލައި ފިލައި ރައްކާވީތީއެވެ. އެހެންވުމުން ދެންވާނޭ ގޮތް އަމިއްލައަށް ހިތްޕުޅަށް ގެންނަވާށެވެ. އޮޑިގަނޑު އޮތީ އިންޝުއަރެންސް ނުކޮށެވެ. ގެއްލުމާއި ނިކަމެތިކަމާއި ކުރިމަތިލާންޖެހުނީ އޮޑިވެރީންނާއި އޮޑީގެ ފަޅުވެރީންނަށެވެ. އެއީ ފުރަތަމަ ހުވަފެނީ ދަތުރެވެ. އަނެއް ދިވެހިރާއްޖެއަށް […]