އިންޑިއާއިން ކަންތައް ކުރާގޮތުން އެތައް ބަޔަކު އުދަނގުލާ ކުރިމަތިލާން ޖެހިފާ

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ކުއްލިއަކަށް ކެނެޑާގެ ސިޔާސީ ބޭފުޅުންނާއިދޭތެރޭ އިންޑިއާއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދެގައުމުގެ އެތައް މިލިއަން ރައްޔިތުންނަށް ބޮޑެތި އުދަނގޫތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ.

ބޮޑު ވަޒީރު ޓުރޫޑޯ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގައި ތިއްބެވި ކެނެޑާގެ 41 ސިޔާސީ ބޭފުޅަކަށް ދެވިފައިވާ އިމްތިޔާޒުތައް ނިގުޅައިގަތުމާއި ގުޅިގެން އެބޭފުޅުން އަނބުރާ ގައުމަށް ގެނައުމުގެ އެއް ދުވަސް ފަހުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވެފައި ވަނީ އިންޑިއާއާއި ކެނެޑާގައި އެތައް މިލިއަން މީހުންނަކަށް މި އުދަނގޫތަކާއިކުރިމަތިލާން ޖެހިފައި މިވަނީ ސިޔާސީ ބޭފުޅުންނަށް ދޭންޖެހޭ އެންމެ އާދައިގެ އިމްތިޔާޒް ތަކަށްވެސް އިންޑިއާ ސަރުކާރުން އިޙުތިރާމް ނުކުރުމުގެ ސަބަބުންނެވެ.

ކެނެޑާގައި ދިރިއުޅެމުން ގެންދާ އިންޑިއަން ސަބްކޮންޓިނެންޓަށް ނިސްބަތް ކުރެވޭ އެތައްބައެއްގެ ހިތްހަމަޖެހުމާއި އަމާން ކަމަކީ އެމަނިކުފާނު ވަރަށް ބޮޑު ސަމާލު ކަމެއް ދެމުންގެންދާ މައްސަލައެއް ކަމަށްވެސް ހާމަކުރެއްވިއެވެ.

އަދި އިންޑިއާ ސަރުކާރުން ކެނެޑާގެ ސިޔާސީ ބޭފުޅުންނަށް ދޭންޖެހޭ އިމްތިޔާޒް ހުއްޓާލުމުގެ ސަބަބުން ދެގައުމުގެ ވިޔަފާރިއަށާއި ދަތުރުފަތުރު ކުރުމަށާއި އަދިކެނެޑާގައިތިބި އިންޑިއާގެ ކިޔަވާ ކުދިންނަށްވެސް އުނދަގޫތަކެއް އުފުލަން ޖެހުން އެކަށީގެންވާ ކަމަށެވެ. 

ކެނެޑާގެ އާބާދީގެ 5% ކަމަށް ބެލެވޭ ދެމިލިއަން މީހުން ނިސްބަތް ކުރެވެނީ އިންޑިއާ ސަބްކޮންޓިނެންޓުގެ ރައްޔިތުންނަށެވެ. އަދި ކެނެޑާގައި ކިޔަވަންތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ތެރެއިން %43 އަކީ އިންޑިއާގެ ކިޔަވާ ކުދިންނެވެ.                                 

އިންޑިއާއިން ހިތްހަމަނުޖެހިގެން މިއުޅެނީ މިއަހަރު ޖޫންމަހު ކެނެޑާގައި މަރާލެވުނު ސިކުންގެ މަޒްހަބަށް ނިސްބަތްކުރެވޭ އިސް ބޭފުޅަކުގެ މައްސަލާގައި މި ހުސްވިމަހު ބޮޑުވަޒީރު ޓުރޫޑޯ ދެއްކެވި ވާހަކަފުޅެއްގައި އޭނާ މަރާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތްކަމަށް އިޝާރާތް ކުރެއްވުމާއި ގުޅިގެންނެވެ. ކެނެޑާގެ އިންޓެލިޖެންސުން މަޢުލޫމާތު ދީފައިވަނީ އެމަރަކީ އިންޑިޔާ އިން ހިންގި ގަތުލު އާމްއެއް ކަމަށެވެ.

އިންޑިއާއިން ގެންދަނީ އެ ތުޙުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި އިންޑިއާއިން ބުނަމުން ގެންދަނީ އެގައުމުން ވިއެނާ މުއާޙަދާއާއި ޚިލާފް އެއްވެސް ކަމެއް ނުކުރާކަމަށެވެ.

އަދި އިންޑިއާގައި ތިބި ކެނެޑާގެ ސިޔާސީ ބޭފުޅުންގެ އަދަދު ކެނެޑާގައި ތިބި އިންޑިއާގެ ސިޔާސީ ބޭފުޅުންގެ އަދަދަށްވުރެން މާ ގިނަވީމާ އިތުރު މީހުންނަށް ދެވިފައިވާ އިމްތިޔާޒުން މަޙުރޫމްކުރީ ކަމަށެވެ. އިންޑިއާގައި މިހާރު ތިބިކަމަށްވަނީ ކެނެޑާގެ 21 ސިޔާސީ ބޭފުޅުންނެވެ.                   

ސިޔާސީ ބޭފުޅުންނާއި ގުޅޭގޮތުން އިންޑިއާ އާއި ކެނެޑާ ދެމެދު އުފެދިފައިވާ ދެބަސްވުމުގައި އެމެރިކާއިން ބުރަވަނީ ކެނެޑާގެ ކޮޅަށެވެ. 

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވަނީ އިންޑިއާގައި ތިބި ކެނެޑާގެ ސިޔާސީ ބޭފުޅުން މަދުކުރަން ގަދަނުހެދުމަށާއި ސިކުންގެ ލީޑަރު މަރާލުން ކެނެޑާއިން ކުރަމުންގެންދާ ތަޙުގީގުގައި އެއްބާރުލުން ދިނުމަށް އިންޑިޔާއަށް ވަނީ ގޮވާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް