އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދިވެހި ފިރިހެނެއްގެ ފޮޓޯއާއެކު ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައި ވާގޮތުން ކުޑަ އަންހެން ކުއްޖެއްގެ ކޮޓަރީގައި ސިއްރު ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑް ކުރާ ކަމަށް ތުހުމަތުކުރެވޭ ސިފައިންގެ މީހެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ސިފައިންގެ މީހާގެ ވަނަވަރު އާންމުކޮށް އޭނާ އަތުލައިގެންފައިވާ ކަމަށް ބުނެ ވަނީ ޕޯސްޓުތަކެއް ދައުރުކޮށްފައެވެ.
![]()
