ދެވަނަ ބުރުގައި ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅާފައިވޭ

Loading

October 24, 2023
sandhaanu news
Facebook
Twitter
WhatsApp

ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅައިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދެވަނަ ބުރުގައި ބިމަށް އެދި 19،347 ފޯމު ހުށަހަޅައިފައިވާ ކަމަށެވެ. ހަމަ އެހެންމެ ފްލެޓަށް އެދި 21،247 މީހަކު ހުށަހަޅައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ދެ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މިއަދުގެ 15:00 އަށް ހަމަވިއިރު ހުށައެޅި ފޯމުތަކުގެ އަދަދު އެ މިނިސްޓްރީން ހާމަކުރި ނަމަވެސް އެ ފޯމުތަކަށް ގޯއްޗާއި ފްލެޓް ދޭނެ ގޮތެއް ހާމައެއް ނުކުރެއެވެ.

ބިންވެރިޔާ މަޝްރޫޢުގެ ދެވަނަ ފިޔަވަހިން ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށްވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވުމެވެ. އަދި ގެދޮރުވެރިންގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ކަނޑައެޅި ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ.

ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމާފައެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް