މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ހަނދުކޭތަ ނަމާދުކުރުން އޮންނާނެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި މާދަމާރޭ ހަނދުކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީއިން މިރޭ ސިޓީ ކައުންސިލުތަކުގެ އިދާރާތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތަކާއި ރަށު ކައުންސިލުތަކުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ, މާދަމާރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01 ގައި ކަމަށެވެ. އަދި މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ މެންދަމުން އަލިވެ […]

ޑރ.މުޢިއްޒު މާދަމާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ހަވީރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ބައްދަލުވުމުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކޯލިޝަނުން ވަނީ އެދިފައެވެ. ޑރ.މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ މި މަހުގެ 20 ވަނަ […]

ގަތަރުގެ ކޯޓުން އިންޑިއާގެ 8 މީހަކު މަރަން ޙުކުމްކޮށްފި

ކުރީމަހުގައި ކެނެޑާއާއި ޖެހިގަތީއެވެ. މިއަދު ގަތަރާއި ޖެހިގަތީއެވެ. އިންޑިއާގެ ޕޮރިން ޕޮލިސީއާއި ހަމަޖެހުން ޓެރަރިޒަމްއަށް މިބަދަލުކޮށްލީ ކީއްވެބާވައެވެ؟ އިންޑިއާގެ މީހުންވެސް ޙައިރާން ކުރުވައިފިއެވެ. އެހެނީ ގަތަރާއި އިމިރެޓްސް އަދި އެސަރަޙައްދުގެ ގިނަ އިސްލާމީ ގައުމުތަކަކީ އިންޑިއާ މީހުންގެ އެންމެ ބޮޑު ވަޒީފާގެ ބާޒާރެވެ! އިންޑިއާގެ ޚާރިޖިއްޔާއިން  މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަނޑު ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކޮށްފައިވާ 8 މީހަކަށް ގަތަރުގެ ކޯޓުން މަރުގެ ނިޔާ ޙުކުމް ކޮށްފިއެވެ.  އެ 8 މީހުން ގަތަރުގެ ބަންދުކޮށްފައި ވަނީ 2022 ވަނައަހަރު އޮކްޓޯބަރ […]

ޑިމޮކްރެސީ އާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވީމާ ދެން ވާނެގޮތަކީ މިއީ

ވިސްނާ ފިކުރުކުރުން ހުއްޓެވެ. ދުނިޔޭގައި އޮތް އެންމެ އަދުލެވެރި އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން އެންމެ ފުރިހަމައަށް ރައްކާތެރި ކުރެވިފައިވާ ގައުމަކީ އެމީހުންބުނެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފ އެމެރިކާއެވެ.  އެމެރިކާއިން މުޅި ދުނިޔެއަށް ގޮވަމުން އެގެންދަނީ އެމެރިކާ އަކީ ނަމޫނާއަކަށް ބަލައިގެން ގައުމުތައް ކުރިއަށް ދިއުމަށެވެ. އެކަމަކު އެބުނާ ރިވެތި ޑިމޮކްރެސީގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވަނީ ކިހާވަރަކަށްތޯ ވިސްނާ ފިކުރު ކުރަން ޖެހެއެވެ.  އެހެން ހުރިހާ ކަމެއް އެއްފަރާތް ކޮށްފާ ހަމައެކަނި އަތްފަސޭހައަކަށް ނޫނީ މީހުން […]

“ނަޝީދުގެ މައްސަލަ ނުނިމި އޮތުމަކީ މުޢިއްޒު ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން“

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް ނުނިމި އޮތުމަކީ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދު ﷲ ދީދީ ވިދާޅުވެއްޖެއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުގެ އިދާރާއިން ވަނީ އެޖެންޑާކޮށްފައެވެ. އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުން ކުރިއަށްގެންދާ […]

ފާއިތުވި 5 އަހަރު ގިނަ ގޮންޖެހުންތަކަކާއެކު ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު: ފައިޞަލް

ފާއިތުވި 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު މެންދުރުފަހު ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ ފަސް އަހަރަކީ […]

އަހަރެމެންނާ ދެކޮޅު ސިޔާސަތުގެ އަގު ރަޝިޔާއަށް ވަރަށް ބޮޑުވާނެ- އިސްރާއީލް

ރަޝިއާ ސަރުކާރުގެ ޓެލިވިޒަން ސްޓޭޝަން ( އާރް. ޓީ ) އިންޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ސިޔާސީ ބޭފުޅުން ރަޝިޔާއާއި ދެކޮޅަށް ހޫނު އިންޒާރުތަކެއް ދީފިއެވެ. ގައްޒާއާއި ޔޫކްރެއިން ހަނގުރާމައިގާ މޮސްކޯއިން ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި އިންޒާރު ދެމުން އެމީހުން ވައުދުވަމުންގެންދަނީ ރަޝިޔާއާއި ދެކޮޅަށް ނިކުންނާނެ ކަމަށެވެ. ބެންޖާމިން ނަތަންޔާހޫގެ ލީކުޑް ޕާރޓީގެ ޑިމޮކްރެޓިކް ވިންގުގެ ޗެއަރމަން އަމީރް ވެއިޓްމަން ބުނެފައިވަނީ އަހަރެމެން ފަލަސްތީނުގެ ޙަމާސް ބަލިކުރުމަށްފަހު “ ރަޝިޔާގެ އަމަލުތަކުގެ އަގު އަދާކުރަން ޖައްސާނަމެވެ ”. ރަޝިޔާއިން އަގު އަދާކުރަން ޖައްސާނަމެވެ.  ތަކުރާރުކުރަމުން އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގެ ރަޝިއަން […]

އަހަރެމެންގެ މިލިޓްރީ ބާރުވެރިކަންހުރި މިންވަރު ދައްކާލާނަން – އެމެރިކާ

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ޕެންޓަގަނުން ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާއިރު އީރާނާއި އީރާނުގެ ބައިވެރިން ހަމަހިމޭނުން ތިބުމަށް އެމެރިކާގެ ވަރަށް އިސް ދެ އޮފިޝަލަކު އިންޒާރު ދީފިއެވެ. މެދު އިރުމަތީގެ ޙާލަތު ގޯހުން ގޯހަށް ބަދަލު ވެގެންދާ މިދަނޑިވަޅުގައި ލެބަނަން އާއި އިރާގުގައި ތިބި އެމެރިކާގެ ނޮން އިމަރޖެންސީ ( ކޮންމެހެން ބައިތިއްބަންޖެހޭ މީހުން ފިޔަވައި) ހުރިހާ މުއައްޒިފުންއެގައުމުން ބޭރުވާންވެސް އެމެރިކާއިން އަންގައިފިއެވެ. އަހަރެމެންގެ ރައްޔިތުންނަށް އީރާނުގެ ބައިވެރިން ދީފާނެ ގެއްލުމަކާމެދު އަހަރެމެން ކަންބޮޑުވަމެވެ. އަދި ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް އަހަރެމެން ލަފާކުރަމެވެ. ފުރުސަތުގެ […]

ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ގަވާއިދާ ޚިލާފަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދޭނަން: އެމްޑީޕީ

ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަޖިލީސް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް، ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ހުއްޓުވާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމްޑީޕީން ބުނީ އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އެކަހެރިވެ ވަޑައިގަތުން ކަމަށެވެ. އަދި ރައްޔިތުންގެ […]

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ހަމަޖައްސައިފިއެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވީ ފަނޑިޔާރު ޙުސައިން ޝަހީދު އެކަންޏެވެ. ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝަހީދު ހަމަޖެއްސުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ […]