ގަތަރުގެ ކޯޓުން އިންޑިއާގެ 8 މީހަކު މަރަން ޙުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

ކުރީމަހުގައި ކެނެޑާއާއި ޖެހިގަތީއެވެ. މިއަދު ގަތަރާއި ޖެހިގަތީއެވެ. އިންޑިއާގެ ޕޮރިން ޕޮލިސީއާއި ހަމަޖެހުން ޓެރަރިޒަމްއަށް މިބަދަލުކޮށްލީ ކީއްވެބާވައެވެ؟ އިންޑިއާގެ މީހުންވެސް ޙައިރާން ކުރުވައިފިއެވެ. އެހެނީ ގަތަރާއި އިމިރެޓްސް އަދި އެސަރަޙައްދުގެ ގިނަ އިސްލާމީ ގައުމުތަކަކީ އިންޑިއާ މީހުންގެ އެންމެ ބޮޑު ވަޒީފާގެ ބާޒާރެވެ!

އިންޑިއާގެ ޚާރިޖިއްޔާއިން  މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަނޑު ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކޮށްފައިވާ 8 މީހަކަށް ގަތަރުގެ ކޯޓުން މަރުގެ ނިޔާ ޙުކުމް ކޮށްފިއެވެ. 

އެ 8 މީހުން ގަތަރުގެ ބަންދުކޮށްފައި ވަނީ 2022 ވަނައަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ސަބްމެރިންއާއި ގުޅުން ހުރި ހާދިސާއެއްގައި ޖާސޫސުކުރި ކަމުގެ ތުޙުމަތު ގައެވެ. 

އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެއީ ކަނޑުސިފައިންގެ ތެރޭގައި މަސައްކަތްކުރި އޮފިސަރުންތަކެއް ކަމަށާއި ފުރަތަމަ މަރުޙަލާގެ ކޯޓުންއެ މީހުން މެރުމަށް ކުރި ޙުކުމުން ކުއްލި ޙައިރާންކަމެއް ލިބިގެންދިޔަކަމަށެވެ.

އެމީހުން ވަޒީފާ އަދާކުރަމުން ގެންގޮސްފައި ވަނީ އަލް ދަހްރާ ކުންފުނީގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މިނިސްޓްރީން އެމީހުންގެ އާއިލާތަކަށް ޚަބަރު ދެމުން ގެންދާ ކަމަށާއި ގާނޫނީގޮތުން ކުރެވެން ހުރި ކަންތައްވެސް ބަލަމުން ގެންދާ ކަމަށާއި އަދި ކޯޓުގެ ނިޔާ ގަތަރުގެ ސަރުކާރަށް ހުށައަޅައިގެންވެސް ބަލަމުންގެންދާނެ ކަމަށެވެ. 

މައްސަލައިގެ ބާވަތަށް ބަލައި އިތުރު މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.            

އެމީހުން ބަންދުގައި ތިބިއިރު އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު އިންޑިއާގެ އެމްބަސީއަށް ލިބިދީފައިވާ ކަމަށާއި އެމީހުން މިނިވަންކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންގެންދިޔަ ކަމަށްވެއެވެ.

ބަންދު ކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން އެކަކުގެ ތިމާގެ މީހަކުގެ ފަރާތުން އެމީހުން މިނިވަން ކުރެވޭތޯ މަސައްކަތްކޮށް ދެއްވުން އެދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެންނެވި ކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ. 

އެކްސް ގައި ކެނެޑާގައި މަރާލެވުނު ސިކުންގެ ލީޑަރގެ ކާރިސާ އާއި ގަތަރުގައި މިހިންގި ނުބައި ޢަމަލާއި ބެހޭގޮތުން ކޮމެންޓްކޮށްފައިވާ ގިނަ ބަޔަކު އިންޑިޔާގެ މިފަދަ ޓެރެރިޒަމްގެ ޢަމަލުތަކާއި މެދު ނުރުހުން ފާޅުކޮށްފާވެއެވެ. 

އެގޮތުން އިންޑިއާއިން އިސްރާއީލަށް ޖާސޫސްކޮށްދީ އަދި ދުނިޔޭގެ ގައުމުތަކާއި ކުރިންއޮތް އިންޑިއާގެ ގާތްގުޅުން ގެއްލިއްޖެކަމުގައި ބުނެ ހިތާމަފައުޅުކޮށްފާ ވެއެވެ.

Loading

One Response

  1. ދަ ޓެލެގްރާފުން މިއަދު ޚަބަރު ފަތުރާފައިވާގޮތުގައި އިންޑިއާ ކަނޑުގެ ސިފައިންގެ ކެޕްޓަނުން ލެވެލްގައި މަސައްކަތްކޮށްފައިވާ މީހުންވެސް ހިމެނޭގޮތުގައި އެ 8 މީހުން ޖާސޫސު ކޮށްދީފައިވަނީ އިސްރާއީލަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް