އަހަރެމެންނާ ދެކޮޅު ސިޔާސަތުގެ އަގު ރަޝިޔާއަށް ވަރަށް ބޮޑުވާނެ- އިސްރާއީލް

Loading

Facebook
Twitter
WhatsApp

ރަޝިއާ ސަރުކާރުގެ ޓެލިވިޒަން ސްޓޭޝަން ( އާރް. ޓީ ) އިންޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ސިޔާސީ ބޭފުޅުން ރަޝިޔާއާއި ދެކޮޅަށް ހޫނު އިންޒާރުތަކެއް ދީފިއެވެ. ގައްޒާއާއި ޔޫކްރެއިން ހަނގުރާމައިގާ މޮސްކޯއިން ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި އިންޒާރު ދެމުން އެމީހުން ވައުދުވަމުންގެންދަނީ ރަޝިޔާއާއި ދެކޮޅަށް ނިކުންނާނެ ކަމަށެވެ.

ބެންޖާމިން ނަތަންޔާހޫގެ ލީކުޑް ޕާރޓީގެ ޑިމޮކްރެޓިކް ވިންގުގެ ޗެއަރމަން އަމީރް ވެއިޓްމަން ބުނެފައިވަނީ އަހަރެމެން ފަލަސްތީނުގެ ޙަމާސް ބަލިކުރުމަށްފަހު “ ރަޝިޔާގެ އަމަލުތަކުގެ އަގު އަދާކުރަން ޖައްސާނަމެވެ ”. ރަޝިޔާއިން އަގު އަދާކުރަން ޖައްސާނަމެވެ. 

ތަކުރާރުކުރަމުން އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގެ ރަޝިއަން ޓެލިވިޒަންގެ ހޯސްޓް ރޯއި ސަކެޓްގެ ވާހަކައިގާ ރަޝިޔާއިން އިސްރާއީލުގެ ދުޝްމަނުންނަށް ތާއީދު ކުރާވާހަކަ ބުނުމާއެކު ވެއިޓްމަން ރުޅިއައިސް ރަތްވެގެންދިޔައެވެ. އަދި ރަޝިޔާއިން އަހަރެމެންނާ ދޭތެރޭ ބޮޑުވެގެންވާ ގަތުލު އާންމެއް ހިންގި ނާޒީންނާއި އެވަނީ އެއްބައިވެފައެވެ. އަހަރެމެން ރަޝިޔާއިން އެކުރާ ކަންތައް ހަނދާން ނައްތާނުލާ  އަހަރެމެން އަދި އެނބުރި އަންނާނަމެވެ. ޔޫކްރެއިނަށް އެ ހަނގުރާމަ އަހަރެމެން ކާމިޔާބު ކޮށްދޭނަމެވެ.       

ބުރާސްފަތި ދުވަހުގެ ރޭ ޙަމާސް އާއި ރަޝިޔާ އެކުވެގެން މަސައްކަތްކުރަނީ އިސްރާއީލުގެ ޑިމޮކްރެސީ ހަލާކުކޮށްލާން ކަމަށްބުނެ އެމެރިކާ ރައީސް ޖޯ ބައިޑްން ވަނީ އިސްރާއީލުގެ ނަގުލަށް ފިއްތާފައެވެ.         

Loading

2 Responses

  1. ތީ ޔޫ.ކޭ އާއި އެމެރިކާ ގެ ޙަރާމް ދަރިއެކެވެ. ވީމާ އެބަސްމޮށެވިދާނެއެވެ. އެހެނަސް ގައިން ހަމެއްވެސް ދާނެއެވެ. މިއަދު ހީރޯޝިމާއަށް ނިއުކުލިއަރ ބޮށް އެމެރިކާއިން އަޅާ ޖަޕާނު ސުންނާފަތިކޮށްލިހެން އެހެން ގައުމުތައް ސުންާފަތިކޮށްލަން ޙަމަލަދީފާ ސްންޓުޖަހައިގެން އަޗާތަޅަން ނޫޅެވޭނެ ކަން ޔަގީނެވެ. އެހެނަސް އެފަދަ އަނިޔާވެރި ހަނގުރާމައެއް ގިނަ މީހުން ބޭނުމެއް ނުވެއެވެ. ތީ ދުނިިޔެއަށް ދިމާވެފާއޮތް ބޮދު ބަލާވެރިކަމެއް.

  2. އަގުބޮޑު ގިނަ އެއްޗެއްސަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއްވެސް ނޫނެވެ. ރަޝިޔާ ބޭނުން ނޫނީ ވިއްޔާ ތިޔަ ބުނާ އަގުބޮޑު އެތި ނުގަނެ ދޫކޮށްލީމާ ނިމުނީ ނޫން ހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް