އަހަރެމެންގެ މިލިޓްރީ ބާރުވެރިކަންހުރި މިންވަރު ދައްކާލާނަން – އެމެރިކާ

Loading

October 26, 2023
profile
Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ޕެންޓަގަނުން ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާއިރު އީރާނާއި އީރާނުގެ ބައިވެރިން ހަމަހިމޭނުން ތިބުމަށް އެމެރިކާގެ ވަރަށް އިސް ދެ އޮފިޝަލަކު އިންޒާރު ދީފިއެވެ.

މެދު އިރުމަތީގެ ޙާލަތު ގޯހުން ގޯހަށް ބަދަލު ވެގެންދާ މިދަނޑިވަޅުގައި ލެބަނަން އާއި އިރާގުގައި ތިބި އެމެރިކާގެ ނޮން އިމަރޖެންސީ ( ކޮންމެހެން ބައިތިއްބަންޖެހޭ މީހުން ފިޔަވައި) ހުރިހާ މުއައްޒިފުންއެގައުމުން ބޭރުވާންވެސް އެމެރިކާއިން އަންގައިފިއެވެ.

އަހަރެމެންގެ ރައްޔިތުންނަށް އީރާނުގެ ބައިވެރިން ދީފާނެ ގެއްލުމަކާމެދު އަހަރެމެން ކަންބޮޑުވަމެވެ. އަދި ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް އަހަރެމެން ލަފާކުރަމެވެ. ފުރުސަތުގެ ފައިދާ ނަގަން އެއްވެސް ބަޔަކު އިސްރާއީލަށް ނުވަތަ އަހަރެމެންނާއި އަހަރެމެންގެ މުދަލަށް ގެންލުމެއް ދޭން ހިތަށްވެސް ނާރުވައްޗެވެ.އަހަރެމެންގެ 2 އެއަރކްރާފްޓް ކެރިއަރ އެއޮތީ މެޑިޓެރޭނިއަން ކަނޑުގައި ތައްޔާރަށެވެ. އެ ދެއުޅަނދުން އިސްރާއީލާއި އެމެރިކާނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ. 

އަދި ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި ވަގުތުން ޙަރަކާތަށް ގެނެވޭނެއެވެ. ސީ. ބީ. އެސް. އަށް ދެއްވި ބަސްދީގަތުމެއް ގައި ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ އިންޒާރު ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވަނީ އަކުރު ފަލަކޮށް އަދި ކަޅުކުލައިން ފަވާލާފައެވެ. އަދި އޭ. ބީ. ސީ. ޚަބަރުގައިޅޮއިޑް އައުސްޓިން ބުނެފައިވަނީ އެހެން އެއްވެސް ގައުމަކުން މިފުރުސަތުގެ ފައިދާ ނަގަން ވިސްނަމުން ގެންދާނަމަ އަހަރެން ބުނަން އޮތްހާވެސް އެއްޗަކީ ތިޔަ ވިސްނުން ދޫކޮށްލާށޭ މިހެންނެވެ. 

އަދި އަހަރެމެންގެ ދިފާއުގައި އަހަރެމެން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއޭ ދިފާއީ ވަޒީރުގެ އިންޒާރުގައި އިތުރު ކޮށްފައިވެއެވެ. އަދި އެމެރިކާގެ ( ތާޑް ) ތާމަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް ގެ ނިޒާމް ޙަރަކާތްތެރި ކުރުވަން އަމުރު ނެރުއްވާފައިވާ ކަމަށާއި އިތުރު ސިފައިން ވެސް ވަރަށް އަވަހަށް ފޮނުވާނެކަމަށް އެ އިންޒާރުގައި ބުނެފައިވެއެވެ.                                             

އެބޭފުޅުންގެ އިންޒާރު އައިސްފައިމިވަނީ ފަލަސްތީނާއިި އިސްރާއީލާ ދެމެދު ކުރެމުންދާ ހަނގުރާމަ ބިރުވެރި ޙާލަތަކަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި އީރާނާއި ބައިވެރިން ހަނގުރާމަ ފުޅާކުރުމަށް ފުރުސަތުގެ ބޭނުން ކޮށްފާނެކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.                                                

އީރާނުގެ ތާއީދު ލިބިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުގައި ހުރި އެމެރިކާގެ ވަސީލަތްތަކާއި އެމެރިކާއާއި ގުޅުންހުރި ތަނަތަނަށް ޙަމަލާދެމުން ގެންދާނެކަމް މިހާރުވެސް ވަނީ ހާމަކޮށްފައެވެ.                      

އިސްރާއީލުގެ ޙަމަލާތަކުގައި މިހާތަނަށް 4650 ފަލަސްތީނީން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ގަނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.           

Loading

3 Responses

  1. އެމެރިކާ ބަލިވެއްޖެ ކަމުގެ ސިނގުނަލް މިހާރު އެދެނީ! ރަޝިޔާގެ ހަނގުރާމަ އަދި ދެއަހަރަށް ދިގުލައިފިނަމަ، އެމެރިކާގެ ބަނޑުފުށް މައްޗަށް ޖެހޭތަން ދުނިޔޭގައި ތިބި ބަޔަކަށް ﷲ އިރާދަ ކުރެއްވިއްޔާ ފެންނާނެ! ހަނގުރާމަ ކާމިޔާބު ކުރާނީ ﷲ އިރާދަކުރެއްވިއްޔާ ޗައިނާއެވެ. އެހާއިރުން ޔޫރަޕުގެ ޤައުމުތައް ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ފެންވަރަށް ވެއްޓޭނެ!

  2. މީގެ 70 ވަރަކަށް އަހަރު ކުރިން ތިޔަހެން ބުނީމާ ބިރުން މުންޑުކަނޑު ވެއްޓޭނެ ގައުމުތައް ހުއްޓެވެ. މިހާރު އެމީހުންގެ މުންޑު ވެއްޓޭއިރު ކަލޭމެންގެ ސޯޓުބުރިވެސް ބާލާނެ ގައުމުތައް މަދެއް ނުވާނެއެވެ.

    1. އަސްލުވެސް! އެހެން ވަރުގަދަ ބަސް ބުނެބުނެ ތިއްބާ ރަޝިޔާ ބޭނުންގޮތަށް ޔޫކުރޭން ހަނގުރާމަ ނިންމަން މަޖުބޫރުއެވީއެވެ. ޔޫކުރެންގެ ޔަހޫދީ ވެރިިިިިިިިިޔާ ބޮލައްއެރިގެން އެތަން ފުޑާލާފާ ރަޝިޔާ ބަލިކުރަން ވެވުނު އެހީއެއްވެދޭނަމޭކިޔާ ހުވާކޮށްފާ އެފަކީރު ޕުޓީންއަށް ދޫކޮށްލާފައ އެދިޔައީ މިހާރު ނަތަން-ޔާހޫ ގެ ހަނގުރާމައިގާ ބައިވެރިވާށެވެ. ގައުމުތަކުގެ ހަލާކަކީ އެމެރިކާކަން މިހާރު އެންމެނަށްވެސް އެނގެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް