ރިޔާސީ އިންތިޚާބު: އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މީގެއިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެކްރެޑިޓް ކުރެވި ފާސް ދޫކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ފާސް ދޫކުރެވިފައިވާ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ފާސް ބޭނުންވާ ނަމަ އަލުން ފޯމް […]
ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓި މައްސަލައެއް ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ބެހެއްޓި މައްސަލައެއް ބަލަން ފަށައިފިއެވެ. ރޭގެ ވަގުތެއްގައި ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ހުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާތީ އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމެއްކަން ފާހަގަކޮށް ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް […]
މެލޭޝިޔާގެ ޔޫތު ޕާރޓީ ސަރުކާރާ ދުރަށް

ކުއާލާލަމްޕޫރުން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މެލޭޝިޔާގެ ޒުވާނުން ތަމްސީލު ކުރަމުންގެންދާ ސިޔާސީ ޕާރޓީ ޔުނައިޓެޑް ޑިމޮކްރެޓިކް އެލަޔަންސް ( މުޑާ ) އިން އަންވަރު އިބްރާހިމްގެ ސަރުކާރުންވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރަމުންގެންދާ ކަމަށް ތުޙުމަތުކޮށް އެ ސަރުކާރާއެކު ބައިވެރިވެފައިވާ ބައިވެރިވުމުން ވަކިވެއްޖެއެވެ. އެ ޕާރޓީން ހާމަކޮށްފައިވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު އަޙުމަދު ޒާހިދު ޙަމީދީގެ މައްޗަށް ކުރެވުނު ގިނަ އަދަދެއްގެ ކޮރަޕްޝަންގެ މައްސަލަ އޮއްބާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ އަންވަރުގެ ސަރުކާރު އުފެއްދުމަށްޓަކައި ޙަމީދީ ކުރިން ހުންނެވި ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަންގެ ބައިވެރިވުން ބޭނުންވާތީ […]
ކީރިތި ގުރުއާނުގެ އަޖައިބުތަކުގެ ތެރެއިން

ސަންދާނުގެ ކިއުންތެރިންނާ ހަމަޔަށް މި ލިއުން ގެނެސްދިނުމުގެ ކުރިން ޢަރަބި ބަހާއި ކީރިތި ގުރުއާނުގެ އިލްމާއި އަދި އިސްލާމީ ތަޢުލީމުގައި އަޅުގަނޑު އެންމެފުރިހަމަ ނޫންކަމަށް އިއްތިރާފް ވަމެވެ. ހަމައެއާއިއެކު ޢިލްމުގެ އަހުލުވެރިން ހާމަކުރައްވަމުންގެންދަވާ މަޢުލޫމާތު ތަކުން އެނގި އޮޅުންފިލާ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ހާމަކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމުގައިދަންނަ ބޭކަލުންގެ ވިދާޅުވުން ވަރަށް ގިނައިން އަޑުއަހަމެވެ. މި ސަބަބަށްޓަކައި އަޅުގަނޑު ދެކެނީ އެމީހަކަށް އެނގިހުރި އެއްޗެއް އެނގިހުރި މިންވަރަކަށް ހާމަކުރުމަކީ ތިމާއަކީ މާމޮޅު މީހެއްކަމުގައި ދުށުމެއްނޫނެވެ. އަޅުގަނޑުގެ އާދޭހަކީ މިލިއުމުގައި ކުށް މަޢުލޫމާތެއް ހާމަކުރެވިފައި ވާނަމަ އެނގިވަޑައިގަންނަވާ ބޭފުޅަކު […]
އިންތިޚާބާ ގުޅިގެން ހުށަހެޅި ކޮރަޕްޝަންގެ 7 މައްސަލައެއް ތަހުގީގު ކުރަނީ

ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ 29 ޝަކުވާގެ ތެރެއިން 7 މައްސަލަ ތަހުގީގުކުރަން ފެންނާތީ ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ހަތްމައްސަލައެ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ: – ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެމައްސަލަ. -ރިޝްވަތާ ގުޅުން ހުރިމައްސަލަ. މީގެ […]
ލީބިޔާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި

ލީބިޔާގެ އިރުމަތީ ސަހަރުގައި އޮންނަ ދެރްނާ ސިޓީގައި ހިނގައިދިޔަ ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި މަރުވި މީހުންގެ އަދަދު 5200 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ. އިރުމަތީ ލީބިޔާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އަލް ޚަރަޒްއާއި ހަވާލާދީ އަނާދޮލޫގައި ލިޔެފައިވަނީ ދެރްނާ ސިޓީގައި އެކަނިވެސް 5200 މީހުން މަރުވެފައިވާކަމަށެވެ. އެގޮތުން، އާއިލާތަކުން މަރުވާ މީހުންގެ ހަށިގަނޑު ބަލައި މަރު ސާބިތުކުރުމަށްފަހު 1300 މީހުން ވަޅުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ”މި ބިރުވެރި ކާރިސާގައި އާއިލާތައް މުޅިން ފުހެވިގެން […]
އިންޑޮނޭޝިޔާގެ ހައިސްޕީޑް ރޭލުގެ ފުރަތަމަދަތުރު ލީ އާއި އެކު

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެދަށުން އިންޑޮނޭޝިޔާގެ ބޮޑު ދެ ސިޓީ އެއް ގުޅާލަދޭ ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ޗައިނާގެ ޕްރިމިއަރ ލީ ގިއާންގް ބައިވެރިވެ ވަޑައިގެންވިކަމަށް ޖަކާޓާއިން އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރުދީފިއެވެ. ޕްރިމިއަރ ލީ އިންޑޮނޭޝިޔާއަށް ވަޑައިގެން މި އުޅުއްވަނީ އާސިއާން އާއި އަދި ބައެއް އެހެން ގައުމުތަކުގެ ވެރިންނާއިއެކު ދެ ދުވަހުގެ މަޝްވަރާ އަކަށެވެ. އޭގެ ތެރޭގައި ހުޅަނގުގެ ބައެއް ލީޑަރުންނާއި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހަރިސް އަދި ޖަޕާނުގެ ބޮޑުވަޒީރު […]
ޑރ.މުޢިއްޒު މާދަމާ އަރިއަތޮޅަށް, ސެމްބެ ހުވަދުއަތޮޅަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ އަރިއަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ.މުޢިއްޒުގެ އިންތިޚާބީ އެެޖެންޓް މުޙައްމަދު ޠޮލާލް ވިދާޅުވީ އއ.އަތޮޅާއި އދ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޑރ.މުޢިއްޒު މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ކަމަށް ޠޮލާލް ވިދާޅުވިއެވެ. މީގެއިތުރުން ޑރ.މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު […]
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު މަގާމުން ވަކިކޮށްފި

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު ވަޙީދު ޙަސަން މަނިކު އެ މަގާމުން ވަކިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނައުޝާދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައުޝާދަކީ ދިވެހި ދައުލަތަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ހަރަކާތްތަށް އެންމެ ޚިދުމަތް ކުރެއްވި އެކަކު ކަމަށާއި އޭނާ […]
ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުޢިއްޒު

ދަޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން ދާކަމަށާއި އެކަމުގައި ގޮތް ނިންމުމަށް “ ބޯޅަ އޮތީ އެޕާޓީގެ ކޯޓުގައި“ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދަޑިމޮކްރެޓްސް ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ޕީޕީއެމް ޕީއެންސީއާއި އެކު މަޝްވަރާތައް ބާއްވާފައިވާއިރު ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމްއެންޕީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު“ ޑިމޮކްރެޓްސް“ ގެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި […]