ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓި މައްސަލައެއް ބަލަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ބެހެއްޓި މައްސަލައެއް ބަލަން ފަށައިފިއެވެ.

ރޭގެ ވަގުތެއްގައި ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ހުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާތީ އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމެއްކަން ފާހަގަކޮށް ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ހިއްސާ ނުކުރުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކުރިއެވެ.

އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް