އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު ވަޙީދު ޙަސަން މަނިކު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނައުޝާދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައުޝާދަކީ ދިވެހި ދައުލަތަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ހަރަކާތްތަށް އެންމެ ޚިދުމަތް ކުރެއްވި އެކަކު ކަމަށާއި އޭނާ ސަރުކާރުން ވަކިކުރުމަކީ ލަދުވެތިކަމެއް ކަމަށެވެ.

“ވަކިކުރުމުން ގެއްލުންވާނީ ސަރުކާރަށް އެކަންޏެއް ނޫން, ރައްޔިތުންނަށް ވާ ގެއްލުން  ބޮޑުވާނެ.“

ނައުޝާދަކީ ފެށުނީއްސުރެ އެމްޑީޕީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަބަދުވެސް ފާހަގަ ކުރެވެނީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް