ސިކުންގެ ދީނީ ލީޑަރ މަރާލުމުގައި އިންޑިއާގެ އަތެއްވޭ – ކެނެޑާ
މިއަހަރު ޖޫންމަހުގެ 18 ވަނަދުވަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި ސިކުންގެ މަޝްހޫރު ލީޑަރ ހަރދީޕް ސިންގހް ނިއްޖާރު ބަޑިޖަހާ މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ އެކަމުގައި ނިއުދިއްލީގެ ބައިވެރިވުން އޮތްކަން ކެނެޑާގެ އިންޓެލިޖެންސް އޭޖެންސީ ތަކަށް ގަބޫލުކުރެވޭވަރަށް ހެކި ލިބިފައިވާކަމަށެވެ. ޕާރލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވިދާޅުވެފައިވަނީ މިފަދަ ޓެރެރިޒަމްގެ ޢަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ސިޔާސީގޮތުން ބޮޑު ހަމަނުޖެހުމެއް އަތުވެދާނެކަމަށެވެ. އަދި އަމުދުން ސްޓޭޓް ސްޕޮންސަރޑް ޓެރެރިޒަމްގެ […]
އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން: މުޢިއްޒު
އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓްގައި މުޢިއްޒު ވިދާޅުވީ ޤައުމީ ދިފާޢީ ބާރުން ވިދާޅުވިޔަސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށެވެ. އަދި ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ. “މިތަނުގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއް ނޫން. 51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ […]
ރީ-ރަޖިސްޓަރީ ލިސްޓަށް ޖުމްލަ 361 ޝަކުވާ, ޝަކުވާތަކަށް ދަނީ ޖަވާބު ދެމުން
ރީ-ރަޖިސްޓަރީވުމަށް ހުށަހެޅި ފޯމުތަކާ ގުޅޭ ގޮތުން ޖުމްލަ 361 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް 42867 ފޯމު ހުށަހެޅިއިރު ދެވަނަބުރުގައި ގާތްގަނޑަކަށް 47000 ފޯމު ހުށަހެޅިއެވެ. ެއެ ފޯމުތަކުގެ ތެރެއިން ސައްހަވީ 38763 ފޯމު ސައްހަކަމަށް ނިންމިއިރު, 11284 ފޯމުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. ރަޖިސްޓަރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ […]
“ދިވެހީންގެ ރާއްޖެ ހޯދުމަށް މިއަދު ނުތެދުވެއްޖެނަމަ ދެން ދުވަހަކު ވެސް ނުހޯދޭ ހާލަތަށް ހިނގައިދާނެ“
ދިވެހީންގެ ރާއްޖެ ހޯދުމަށް މިއަދު ނުތެދުވެއްޖެނަމަ ދެން ދުވަހަކު ވެސް ދިވެހީންގެ ރާއްޖެ ނުހޯދޭ ހާލަތަށް ހިނގައިދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާފަންނުގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ދިވެހިންނަށް މިހާ އަމާންކޮށް ސުލްހަވެރިކޮށް ތިބެވެނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހީންގެ ރާއްޖެ ދިވެހީންގެ އަތުން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް ދިވެހި ގައުމީ އަބުތާލުން ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވި […]
ޗައިނާގެ ޚާރިޖީ ވަޒީރުގެ ވަޒީފާ ގެއްލުނީ ކަސްބީ އަންހެނަކާ މަންޖޯޅި ޖެހުނީތީ – ޗައިނާ
މަޢުލޫމާތު އެނގޭ މީހުންގެފަރާތުން ހާމަކޮށްފައިވާކަމަށް ވޯލްސްޓްރީޓް ޖާރނަލް އަށް ޙަވާލާދީ ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި މީގެ ކުރިން ހުންނެވި ޗައިނާގެ ޚާރިޖީ ވަޒީރު ވަޒީފާއިން ވަކިކުރައްވާފައިވަނީ އެމަނިކުފާނަކީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިހުރިސަފީރު ކަމުގެ ދުވަސްވަރު ކަސްބީ އަންހެނަކާއިއެކު ގުޅުން ބާއްވަވައި އަދި އެ ގުޅުމަށް ދަރިއަކުވެސް ލިބިވަޑައިގެންފައިވާކަން ފަޅާއެރުމުންނެވެ. ސީނިއަރ ޗައިނީޒް އޮފިޝަލުން ކޮމިއުނިސްޓް ޕާރޓީގެ އެތެރޭގެ ތަޙްގީގަށް މަޢުލޫމާތު ދީފައިވާގޮތުގައި ޚާރިޖީ ވަޒީރު، ކިން ގާންގް އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގައި ހުންނެވި މުއްދަތުގައި އެގުޅުން ދެމެހެއްޓެވިކަމަށް ތަޙުގީގުގައި އެއްބަސްވެ ވަޑާއިގެންފާވެއެވެ. އަދި ތަޙްގީގުގައި އެމަނިކުފާނު ގެންދަވަނީ […]
ހދ.އަތޮޅު ކައުންސިލުގެ ރައީސް ސިރާޖު ޕީޕީއެމްއަށް
ހދ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ. ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ. އެ ޖަލްސާގައި ސިރާޖުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ މުޢިއްޒުގެ އިތުރުން ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވިއިރު ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ވަނީ […]
ނަގޯރނޯ ކަރަބާހަކީ އަޒަރބާއިޖާންގެ ސަރަޙައްދެއް – ރަޝިޔާ
އަރްމޭނިއާގެ ނަސްލީ ހަނގުރާމަ ވެރިންނާއި އަޒަރްބާޖާންގެ ސިފައިންނާ ދޭތެރޭ ހިނގަމުންދިޔަ ދެކޮޅުވެރި ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ރަޝިޔާގެ ސުލްޙަބަލަހައްޓާ ސިފައިންގެ ބާރުގައި ގާއިމްކުރެވުނު އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އަރްމީނިޔާގެ ހަނގުރާމަވެރިން އަމާންދީ އެމީހުންގެ ހަތިޔާރުތައް ބަހައްޓައިފިކަމަށާއި އެސަރަޙައްދުވެސް ދޫކޮށް ހިނގައްޖެއެވެ. މިކަން އަޒަރްބާއިޖާންގެ ރައީސް އިލްހާމް އަލީޔޭވް އަޢި އަދި އެގައުމުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަޒަރްބާޖާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު އައިޚާން ހާޖީޒާދާ އަލްޖަޒީރާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ވަކިވެގަތުމަށް މަސައްކަތްކުރާ އާރްމޭނިޔާ ނަސްލުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ބަހައްޓަން މި އެއްބަސްވުމުގެ ދަށުން އެމީހުނަށް މަޖުބޫރު […]
ގެނބެމުންދާ މީހާގެ އަތްދަށު ނުވާށެވެ – ޕޯލޭންޑުގެ ރައީސް
ޔުނައިޓެޑް ނޭޝަންސްގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިނަކީ ގެނބެމުންދާ މީހެއްކަމަށް ސިފަކުރައްވައި އޭނާގެ އަތުގައި ޖެހޭ މީހާވެސް ގަންބާލާނެކަން ދެނެތިބުމަށް ޕޯލޭންޑުގެ ރައީސް ޑޫޑާ އެޖަލްސާގެ ބައިވެރީންނަށް އިންޒާރު ދެއްވައިފިއެވެ. ރައީސް ޑޫޑާގެ ވާހަކަފުޅުގައި ވިދާޅުވީ “ ޔޫކްރެއިނުން ކަންތައް އެކުރަނީ ގެނބެމުންދާ މީހަކު ކަންތައް ކުރާނެ ގޮތަށެވެ. އަތުގާ ޖެހުނު ކޮންމެ އެއްޗެއްގައި ހިފޭއްޓޭތޯ ބަލާނެއެވެ. ގެނބެމުންދާ މީހަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އޭނާ ސަލާމަތްކުރަން ދާމީހާވެސް އޭނާއާއި އެކުގައި ގަންބާލާނެއެވެ.“ […]
ކުޅުދުށްފުށީގައި 2,000 ހައުސިންގ ޔުނިޓުގެ މަޝްރޫއުއެއް ހިންގާނަން: ޑރ.މުޢިއްޒު
ކުޅުދުށްފުށި ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫއުއެއް ހިންގުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ސިޓީއަށް އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ލިބި ސިޓީއަށް އެކަމުން ފައިދާވެގެންދާނެ ކަމަށާއި ގޯތީގައި ގެދޮރު […]
އެކުވެރި ދައުލަތުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް އަލްޖީރިއާއިން ގޮވާލައިފި
އެކުވެރި ދައުލަތްތަކުގެ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ފުރިހަމައަށް ބައިވެރިކުރުމަށް ފެނޭތޯ ބެލުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދް ތައްބޫން އެކުވެރި ދައުލަތްތަކަށް ގޮވާލައްވައިފިއެވެ. އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އެކުވެރި ދައުލަތްތަކުގެ 78 ވަނަ އާންމު ޖަލްސާގައި އަންގާރަ ދުވަހު ދެއްވި ޚިޠާބުގައި ތައްބޫން ވަނީ ދާޚިލީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން، އޭނާވަނީ ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަރަބި ގައުމުތަކުގެ ސުލްޙަވެރިކަމަށް އަލްޖީރިއާއިން ދޭ އެއްބާރުލުމުގެ […]