އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން: މުޢިއްޒު

Loading

Facebook
Twitter
WhatsApp

އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓްގައި މުޢިއްޒު ވިދާޅުވީ ޤައުމީ ދިފާޢީ ބާރުން ވިދާޅުވިޔަސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށެވެ. އަދި ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ.

“މިތަނުގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއް ނޫން. 51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް އެޅޭނެ ބާރެއް.“ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ބުރިޖާއި ގުޅޭ އެއްބަސްވުމާއި ގުޅޭ މާއްދާ އެއް ހާމާކުރަން އެދުނަސް ސުޕްރީމް ކޯޓަށް ދާން އެބަޖެހޭ ކަމަށެވެ. އަދި އެއިން މާއްދާއެއް އިއުލާންކޮށްފިއްޔާ އިގުތިޞާދީ ދަތިތައް އެބަ ކުރިމަތިކުރުވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

Loading

One Response

  1. އެމެރިކާއާއި އެމީހޫނާއި ގުޅުނު ލަޝްކަރުތަކުން އިރާގާއަ ހަނގުރާމަކުރީ ދުނިޔެއަށް ނުރައްކާވާ ވަރަށް އިރާގުގައި ނިއުކްލިއާ ހަތިޔާރު ހުރިކަމަށް ބުނެ. އެކަމަކު އެމެރިކާކޮޅަށް ހަނގުރާމަ ކާމިޔާބުވެ އިރާގުބަލާ ފާސްކުރުމުން ދުނިޔެއަށް ސާބިތުވެގެން ދިޔައީ ވަކި މަގުސަދެއް ހާސިލު ކުރަން އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ދޮގުހަދާ އޮޅުވާލިކަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް