ކުޅުދުށްފުށީގައި 2,000 ހައުސިންގ ޔުނިޓުގެ މަޝްރޫއުއެއް ހިންގާނަން: ޑރ.މުޢިއްޒު

Loading

Facebook
Twitter
WhatsApp

ކުޅުދުށްފުށި ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫއުއެއް ހިންގުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ. 

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ސިޓީއަށް އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ލިބި ސިޓީއަށް އެކަމުން ފައިދާވެގެންދާނެ ކަމަށާއި ގޯތީގައި ގެދޮރު ބިނާކުރުމަށް ތައާރަފުކުރާ އެކިއެކި ލޯނުތަކުން އެ ސިޓީގެ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އޭގެތެރޭގައި ހޯމް ސްޓާޓާރ ލޯނާއި، ގެދޮރު އިމާރާތްކުރަން ފަށާ ހުއްޓިފައިވާ ފަރާތްތަކަށް ދޫކުރާ ލޯނާއި، ރިނޮވޭޝަން ލޯން ސްކީމް ވެސް ހިމެނޭ ކަމަށާއި މި ލޯންތައް ދޫކުރާނީ ޤާނޫނުތައް ހަދައިގެންނާއި ހުރި ޤާނޫނުތައް އިސްލާހުކޮށްގެންނާއި ބޭންކް ނިޒާމަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ  މި ލޯނުތަކުން މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ. އަދި އޭނާގެ ފަސްއަހަރު ނިމޭއިރު ގޯތީގައި ގެ ނޭޅިފައި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް