ޝައިޚް ޒައިދުގެ ތާއީދު ޑރ.މުޢިއްޒަށް: މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބީ މުޢިއްޒު

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން އައްޝައިޚް ޢަލީ ޒައިދު މިއަދު ހާމަކުރައްވައިފިއެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް ކަމަށެވެ. “ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި  އަޅުގަނޑުގެ ތާއީދު އޮތީ ޑރ.މުޢިއްޒު އަށް! މިގޮތަށް މިނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީވެ!“ […]

ޤައުމު އެއީ ރައްޔަތުންގެ މަންމަ

ދިވެހިރާއްޖެ އަކީ މީގެ އެތަކެއް ހާސް އަހަރުކުރިން މީހުން އާބާދުވެފައިވާ ކުދި ޖަޒީރާ ރައްތަކަކުން އުފެދިފައިވާ ޤައުމެކެވެ. އަހުރެމެންގެ ކާބަފައިން މި ޤައުމު އަހުރެމެނާ ހަމައަށް ގެނެސްދިނީ ވަރަށް މަތިވެރި ޤުރުބާނީ ތަކެއް ވެގެންނެވެ. ވަރަށް ފުދުންތެރިކަމާއެކު ވަރަށް އަބުރުވެރިކަމާއި އެކުއެވެ.  ނަމަވެސް އެދުވަސް މާޒީވެއްޖެއެވެ. އެއީ އިއްޔެއެވެ. މިއަދު މިވަނީ ތަރައްޤީގެ އެކިއެކި ކުލަކުލައިން ޤައުމު ޖަރީވެފައެވެ. އެކަމަކު ރައްޔިތުން އުޅެނީ ހާސްކަންމަތިގައެވެ. ގައުމު މިއޮތީ ބޮޑުތަނުން ދަރުވާލައިފައެވެ. ޒިންމާނަގާނެ ވެރިޔަކު ނެތެވެ. ހުރިހާ ދަރަންޏެއް ރައްޔަތުންގެ ބޮލުގައި އަޅުވާފައެވެ. އަދި ނުވިތާކަށް […]

ހުޅަނގު ބައިބައި ކޮށްލަން ރައީސް ޕޫޓިން ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ރައީސް ޕޫޓިން ހީކުރެއްވިގޮތަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު ހަމަޔަގީނުންވެސް ހުޅަނގުގެ ކުރިއަރާފައިވާ ބަރު ހަތިޔާރުގެ މަދަދާއިއެކު ޔޫކްރެއިނުން ފަށާގަތް ކައުންޓަރ އޮފެންސިވް ޙަމަލާތައް އުންމީދުކުރި މިންވަރާ ގާތަކަށްވެސް ކުރިއަކަށް ގެންގޮސް ކާމިޔާބުވުމަށްވުރެ ވަނީ ގެއްލުން ބޮޑުވެފައެވެ.  އެ ބަރު ހަތިޔާރުތަކާއި ފޯރުކޮށްދެމުން ގެންދާ ވަސީލަތްތަކާއި އެކުގައިވެސް ޔޫކްރެއިނަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބެމުންދޭތޯ މިއީވެސް ތަޖްރިބާކާރުން މިހާރު ވަރަށް ބޮޑަށް އުފައްދާ ސުވާލެކެވެ. ޔޫކްރެއިނުން މިހާރު އުންމީދުކުރަމުން ގެންދަނީ މިއަންނަމަހު އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށްބުނެފައިވާ އަބްރާމް މަރުކާގެ ހަނގުރާމަމަތީ ޓޭންކު ތަކަށެވެ.  އެ ޓޭންކުތައް ލިބުމުން ހަނގުރާމަ […]

އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މ.ހައުސްޕްލާޒާގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މާފަންނު ޝީ ބިލްޑިންގ ކައިރީގައި ހުންނަ ހައުސްޕްލާޒާގޭގައި ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައ އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވާލައިފައެވެ. މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން  ދެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ […]

މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ, އެތަން އެއްކޮށް އަނދައި ހުލިވެއްޖެ

ރޭ ފަތިހު މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އެއްކޮށް އަނދައި ހުލިވެއްޖެއެވެ. ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގައި މި ހާދިސާ ހިނގީ ފަތިހު 4:30 ހާއިރުއެވެ. މި ހާދިސާގައި އެ ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި އަޅިއަށްވެފައެވެ. އެމްއެންޑީއެފްއިން ބުނީ ފިހާރަ ކުރިމަތީގައި ޕާކްކޮށްފައިހުރި 15 ވަރަކަށް ސައިކަލުގައި ވެސް އަލިފާން ރޯވި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމުގެ މައުލޫމާތެއް […]

ރައީސް މައުމޫންގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު, އެކަމަށް މައާފަށް އެދެން: ފާރިސް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބުނުކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބައްޕާފުޅު ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުގައި ބައެއް މީހުންނަށް އަނިޔާތަކެއް ލިބި ހިތާމަތަކެއް މެދުވެރިވިކަމީ ހަގީގަތެއް ކަމަށެވެ. “އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބިކަމީ […]

ޗައިނާއިން އެކުލަވާލި އެގައުމުގެ ޗާޓުގެ މައްސަލާގައި އަރާރުން ނުވަން ބުނެފި

މިހާރު އިންޑިއާގެ ސަރަޙައްދުތަކެއް ކަމުގައި ބަލަމުންގެންދާ އިރުމަތީ އަރުނާޗަލް ޕްރަދޭޝް ސްޓޭޓާއި އަދި މިހާތަނަށް އެއްބަސްވުމަކަށް ނާދެވިފާއޮތް އަކްސާއި ޗިން ސަރަޙައްދަކީ ޗައިނާގެ ތަންތަން ކަމުގައި އެގައުމުން އަލަށް އެކުލަވާލި ޗާޓަށް އިންޑިއާއިން އިއްތިރާޒް ކުރަން ފެށުމުން އަމިއްލައަށް އެ ޗާޓު ތަރުޖަމާކޮށްގެން ޒުވާބު ނުކުރަން ޗައިނާއިން ބުނެފިއެވެ. ޗައިނާއާއި އިންޑިއާއިން ދެބަސްވުން އުފެދިފައިމިވާ ސަރަޙައްދަކީ ހިމާލިޔާފަރުބަދަ ތަކުގެ ސަރަޙައްދުގައި ރަނގަޅަށް އިންވަކި ނުކޮށް އޮތް އަދި ދޭތެރެ ދޭތެރޭން ދެގައުމުގެ ސިފައިންގެ މެދުގައި ޙަމަލާތައް ބަދަލު ކުރެވެމުންދާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ނުވަތަ […]

ޒެލެންސްކީގެ ވެރިކަން ސްޕޮންސަރ ކުރި ބިލިއަނަރު ހައްޔަރުކޮށްފި

މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކާއެކު, ޔޫކްރޭނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަދި ޔޫކްރޭނުގެ މިހާރުގެ ރައީސް ވެރިކަމަށް ގެނައުމުގެ ފަހަތުގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަހުޖަނެއްކަމަށްވާ އިގޯރް ކޮލޮމޮއިސްކީ ހައްޔަރުކޮށްފިއެވެ. 500 މިލިއަން ޔޫކްރޭނު ހަރިވްނިޔާ (13.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަޅު ފައިސާ ހުދުކުރުމަށްފަހު ގައުމުން ބޭރުކޮށްފައިވާކަމަށް ބުނެ ޔޫކްރޭނުގެ ސެކިއުރިޓީ ސާރވިސް (އެސްބީޔޫ) އިން ކޮލޮމޮއިސްކީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ކީވް ޝެވްޗެންކޯ އަވަށުގައި ހުންނަ ކޯޓަކަށް އޭނާ […]

އިލްމުވެރިންގެ %87 ތާއީދު ޑރ.މުޢިއްޒަށް, ރައީސަށް %4

ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ “އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާގައި ތިއްބަވާ އިލްމުވެރިންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވޯޓެއް ނަގައިފިއެވެ. “އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާއަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާގައި 150 އަށްވުރެ ގިނަ އިލްމުވެރިން ތިއްބަވައެވެ. އެ ޖަމްއިއްޔާއިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ ދިރާސީ ރިޕޯޓެއް ހަދާފައެވެ. އެ ދިރާސާގެ ހޯދުންތަކާބެހޭ މައުލޫމާތު އެ ޖަމްއިއްޔާގައި ހިމެނިވަޑައިގަންނަވާ […]

މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން އިރާނަށް

ރަސްމީ ދަތުރުފުޅެއްގައި، ތުރުކީގެ ޚާރިޖީ ވަޒީރު، ހާކަން ފިޛާން، އިރާނަށް ވަޑައިގެންފިއެވެ. ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހު ފިޛާން އިރާނަށް ވަޑައިގެންނެވީ އިރާނުގެ ޚާރިޖީ ވަޒީރު، ޙުސައިން އާމިރް އަބްދުﷲއައިންގެ ދައުވަތަކަށް ކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ދެގައުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިރާނުގެ ވެރިކަން ކުރާ ތެހްރެއިންގައެވެ. މިނިސްޓަރ ފިޛާން އިރާނުގެ ޚާރިޖީ ވަޒީރާއެކު ތަފާތު އެކި މައުޟޫއުތަކާ ގުޅޭ އެކި މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ސަރަހައްދީ […]